އައްޑޫ ސިޓީ
11 Nov 2022
އަދާލަތު ޕާޓީގެ ހިތަދޫ އުތުރު ދާއިރާގެ ރައީސްވެސް ޕީޕީއެމަށް!
އަދާލަތު ޕާޓީގެ ހިތަދޫ އުތުރު ދާއިރާގެ ރައީސް އިނާޒް މުހައްމަދު ދީދީ އިދިކޮޅު ޕީޕީއެމް އާ ގުޅިވަޑައިގެންފި އެވެ.
08 Nov 2022
"ޕީޕީއެމްއަށް ވެރިކަން ލިބިއްޖެނަމަ ހިތަދޫ އާއި ހުޅުދޫ-މީދޫ ބްރިޖަކުން ގުޅާލާނަން"
2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުވެއްޖެނަމަ އައްޑޫ ސިޓީ ހިތަދޫއާއި ހުޅުދޫ-މީދޫ ބްރިޖަކުން ގުޅުވާލަދެއްވާނެކަމަށް ވާދަވެރި ސިޔާސީ ލީޑަރު އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެއެވެ.
08 Nov 2022
"އައްޑޫ ސިޓީގެ ތާއީދު ވޯޓަށް ބަދަލުކޮށްދެއްވާ"
އައްޑޫ ސިޓީއަށް ވަޑައިގަތުމުން ރައްޔިތުން ކީ ހޫނު މަރުހަބާއާއި ދެއްކެވި ތާއީދު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ވޯޓަށް ބަދަލުކޮށްދެއްވުމަށް ވާދަވެރި ސިޔާސީ ލީޑަރު އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު އެދިވަޑައިގެންފިއެވެ.
08 Nov 2022
ހުޅުދޫ-މީދޫއިން މި ސަރުކާރަށް "ނޯ" ބުނެފި: ޝާހިދު
ހުޅުދޫ-މީދޫ ގެ ރައްޔިތުން މި ސަރުކާރަށް ނޫނެކޭ ބުނެފިކަމަށް މަޖިލީހުގެ ހުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ޝާހިދު ވިދާޅުވެއްޖެއެވެ.
08 Nov 2022
އެމްޑީޕީ މެންބަރު ނާޒިލްގެ ކޮއްކޮވެސް ޕީޕީއެމަށް!
އައްޑޫސިޓީ ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މަޖިލިސް މެންބަރު އިބްރާހިމް ނާޒިލްގެ ކޮއްކޮވެސް ޕީޕީއެމަށް ސޮއިކޮށްފިއެވެ.
08 Nov 2022
މަރަދޫ ދާއިރާގެ މެންބަރު، ޝަރީފުގެ މަންމަ ޕީޕީއެމަށް ސޮއިކޮށްފި!
އައްޑޫސިޓީ މަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ) ގެ މަންމަ އާއި އެ އާއިލާއަށް ނިސްބަތްވާ އިތުރު 6 މީހަކު ޕީޕީއެމަށް ސޮއިކޮށްފިއެވެ.
07 Nov 2022
ރައީސް ޔާމިންވެސް ހުރީ ވާނެ ވައުދަކާއި މެދު ވިސްނަން: ނިހާދު
އައްޑޫ ސިޓިގައި މިސަރުކާރުން ހިންގާ މަޝްރޫޢުތައް ގިނަކަމުން، އިދިކޮޅު ކޯލިޝަނުން ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމް ވެސް ހުންނެވީ އައްޑޫޢަށް ވާނެ ވަޢުދަކާއިމެދު ވިސްނަވަން ކަމަށް އައްޑޫ ފޭދޫ ދާއިރާގެ އެމްޑީޕީ މެންބަރު މުޙައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.
06 Nov 2022
ފުރަތަމަ 3 އަހަރު ތެރޭގައި އައްޑޫގައި 5000 ވަޒީފާ އުފައްދާނަން
2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުވެއްޖެނަމަ ވެރިކަމަށް ވަޑައިގަންނަވާތާ ފުރަތަމަ 3 އަހަރު ދުވަހުގެ ތެރޭގައި އައްޑޫ ސިޓީގައި 5000 ވަޒީފާ އުފައްދަވާ ދެއްވާނެކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެއެވެ.