01 Aug 2024
އެލައިޑުން، އާންމުންނަށް ލައިފް އިންޝުއަރަންސް މައުލޫމާތުދޭ ސެޝަނެއް
ލައިފް އިންޝުއަރަންސް އަށް ހާއްސަ މައުލޫމާތު ސެޝަނެއް ކުރިޔަށްގެންދިޔުމަށް އެލައިޑް އިންޝުއަރަންސާއި ކްލިކް ކޮލެޖް ގުޅިގެން ތައްޔާރުވެއްޖެއެވެ.
24 Jun 2024
އެމްއެމްއައިއެފް އިންޝުއަރަންސް ޕާޓްނަރަކަށް އެލައިޑް އިންޝުއަރަންސް
"މޯލްޑިވްސް މެރިން އިންޑަސްޓްރީ ފޯރަމް" އަކީ ރާއްޖޭގެ ކަނޑުގެ ސިނާއަތާއި ގުޅުންހުރި ފަރާތްތަކާއި އެކު ދެމެދު މުހިންމު މަޝްވަރާތަކެއް ކުރުމަށް އަހަރަކު 1 ފަހަރު ބާއްވާ ބައްދަލުމެކެވެ. މީޑިއަމް އިވެންޓްސްއިން ރާވާ މިއިވެންޓްގެ އިންޝުއަރަންސް ޕާޓްނަރެއްގެ ގޮތުގައި މިއަހަރުވެސް ބައިވެރިވުމަށް އެލައިޑް އިންޝުއަރަންސުން ވަނީ ނިންމާފައެވެ.
14 May 2024
އެލައިޑް މަދަހަ މުބާރާތުގެ އިނާމު ހަވާލުކޮށް އާ ޕްރޮމޯޝަނެއް ލޯންޗުކޮށްފި
ކުޑަ ކުދިންނަށް ހާއްސަކޮށްގެން އެލައިޑުން ފޭސްބުކްގައި ކުރިޔަށްގެންދިޔަ މަދަހަ މުބާރާތުގެ ފަހުރުވެރި އެއްވަނަ ހޯދި ހަދީޖާ އަޒްކާ ބިންތް އާދަމްއަށް މުބާރާތުގެ އިނާމުގެ ގޮތުގައި ކަނޑައަޅާފައިވާ ޓެންތް ޖެނެރޭޝަން އައިޕެޑް ހަވާލުކޮށްފިއެވެ.
10 Dec 2023
އެލައިޑްގެ މެނޭޖިންގ ޑިރެކްޓަރަކަށް ލުވައިޒް
އެލައިޑްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް، އެ ކުންފުނީގައި 21 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތްކުރައްވާފައިވާ ހުސެން ލުވައިޒް އައްޔަންކޮށްފިއެވެ.
30 Oct 2023
އަޔާދީ ތަކާފުލް އިން ޝަރަފްވެރި އެވޯޑެއް ހާޞިލް ކޮށްފި.
އެލައިޑް އިންޝުއަރެންސް ގެ ކުންފުނީގެ އިސްލާމިކް ވިންޑޯ، އަޔާދީ ތަކާފުލް އިން ސަރަހައްދީ ފެންވަރުގެ ޝަރަފްވެރި އެވޯޑެއް ހާސިލް ކޮށްފިއެވެ.
14 Jun 2023
ހައްޖު ދަތުރުގެ ޗެކްލިސްޓް ފުރިހަމަކޮށްލަމާ
ކައުބަތުالله ގެފުޅަށް ޙައްޖުގެ އަޅުކަން އަދާކުރުމަކީ މާއްދީ އަދި ރޫހަނީ ގޮތުން ވެސް ބޮޑު ދަތުރެކެވެ. ނަފްސަށް އުފަލާއި ހިތްހަމަޖެހުމާއި ސާފުކަން ގެނެސްދޭ ދަތުރެކެވެ. އުފާވެރި ހަނދާންތަކެއްގެ ދަތުރެކެވެ. އެ ދަތުރުގެ ޒަރިއްޔާއިން އެންމެ ފުރިހަމަ ރޫހާނީ ހިތްހަމަޖެހުން ލިބިގަތުމަށް ޓަކައި، މާއްދީ ކަންކަން ވެސް ހަމައަކަށް އެޅިފައި އޮތުމަކީ މޮޅު ގޮތެކެވެ.
13 May 2023
ވިއްސާރަ މޫސުމުގައި ގެދޮރަށް ލިބޭ ގެއްލުމަށް އެލައިޑްގެ "ހިޔާވަހި" ޕްލޭން
މި ނިމިދިޔަ ހަފްތާއިން ފެށިގެން ދިޔައީ ރާއްޖޭގެ ބޮޑު ބަޔަކަށް ހުޅަނގު މޫސުމުގެ ބާރު ވަރަށް ގަދަކޮށެވެ. މާލެއާއި އަތޮޅުތެރެއަށްވެސް ދުވަހުގެ އެކި ވަގުތު ބޯކޮށް ވާރޭ ވެހި، މަގުތައް ފެންބޮޑުވެގެން ދިޔައެވެ. ވާރޭ ވެހި ގޭގޭގެ ފުރާޅުން ފެން ލީކުވުމުގެ ހާދިސާތަކާއި ފެންބޮޑުވެ އެކި ގޭގެއަށް ފެން ވަނުން ފަދަ ކަންކަން ހިނގިއެވެ.
08 Apr 2023
އެލައިޑް މޮޓޯ ކޮންޕްރިހެންސިވް ޕްލޭނު އޮންލައިންކޮށް ނަގަން މާ ފަސޭހަ!
މި ރޯދަ މަހު އެލައިޑުން ކުރިއަށް ގެންދާ ޕްރޮމޯޝަނުގެ ތެރެއިން އިންޝުއަރެންސްގެ ކޮމްޕްރިހެންސިވް މޮޓޯ ޕްލޭންގެ ހިދުމަތް ޑިޖިޓަލައިޒްކޮށް "މައި އެލައިޑް" ޕޯޓަލްއިން ނުވަތަ އެލައިޑް މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް އޮންލައިކޮށް ނެގޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ.