އެލައިޑް އޮފީސް
ވިޔަފާރި
01 Aug 2024 | 11:59
އެންމެންނަށް ހުޅުވާލައިގެން "ލައިފް އިންޝުއަރަންސްގެ" މައުލޫމާތު ދޭ ސެޝަނެއް؛ ބައިވެރިވުން ހިލޭ

ލައިފް އިންޝުއަރަންސް އަށް ހާއްސަ މައުލޫމާތު ސެޝަނެއް ކުރިޔަށްގެންދިޔުމަށް އެލައިޑް އިންޝުއަރަންސާއި ކްލިކް ކޮލެޖް ގުޅިގެން ތައްޔާރުވެއްޖެއެވެ.

މުޅިން ހިލޭ ބައިވެރިވެވޭ މިސެޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ 3 އޮގަސްޓްގެ 2000-2200 އަށް ކަމަށް އެލައިޑުން މައުލޫމާތު ދެއެވެ. 

މިސެޝަންގައި ބައިވެރިވުމުގެ ފުރުސަތު އެއްވެސް ޝަރުތަކާއި ނުލާހުޅުވާލާފައިވާއިރު، ބައިވެރިވާން ބޭނުންވާ ހުރިހާ ފަރާތްތަކުން މި ލިންކް ގައިވާ ފޯމް ފުރިހަމަ ކުރުމަށް އެދިފައިވެއެވެ.  

މައުލޫމާތު ސެޝަން އާއި ގުޅޭގޮތުން އެލައިޑުން މައުލޫމާތު ދެމުން ފާހަގަކުރި ގޮތުގައި ދިރިއުޅުމުގައި ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތަކަށް ވާސިލުވުމަށް ލައިފް އިންޝުއަރަންސް އެހީތެރިކަން ހޯދުން ބުއްދިވެރިއެވެ.

ސަބަބަކީ ލައިފް އިންޝުއަރަންސް ޕްލޭންސްތަކުގައި ހިމެނޭ ސޭވިންގ އަދި ޕްރޮޓެކްޝަން އެލިމެންޓު މެދުވެރިކޮށް ދިރިއުޅުމުގެ ކޮންމެ ހަރުފަތެއްވެސް ގިރާކުރުމަށް އިތުރު ބާރެއް ލިބިގެންދިޔުމެވެ. އަދި ކުރިމަތިވެދާނެ ހާލަތަކަށް އަބަދުވެސް ރައްކާތެރިވެ ތިބުމެވެ.

އެގޮތުން މައުލޫމާތު ސެޝަން ހާއްސަ ކުރާނެ ޕްލޭންތަކުގެ ތެރޭގައި އަންހެން ކަނބަލުންނަށް ޚާއްސަ ކަމަނަ ޕްލޭން އަދި ދަރިފުޅުގެ ސާނަވީ ތަޢުލީމުން ފެށިގެން މަތީ ތަޢުލީމު ޙާސިލްކުރުމަށް އަހީތެރިވެދޭ ސެކަންޑްރީ ސްކޫލް އެކްސްޕެންސަސް ހިމެނޭކަން އެލައިޑުން ފާހަގަކުރެއެވެ.

މީގެ އިތުރުން ވެސް ދިރިއުޅުން ބައްޓަން ކުރުމަށް އެހީވާނެ ފަދަ ތަފާތު ޕްލޭންތަކުގެ މަޢުލޫމާތު މިސެޝަންގައި ހިއްސާ ކުރާނެ ކަމަށާ، ލައިފް އިންޝުއަރަންސަށް ހާއްސަ އެކްސްޕަރޓުންގެ އެހީތެރިކަމާއި އެކު އެމީހެއްގެ ހަރަދުތަކާއި އާމްދަނީއަށް ފެތޭ ޕްލޭނެއް ކަސްޓަމައިޒް ކުރުމުގެ ފުރުސަތުވެސް ސެޝަން ތެރެއިން ހަމަޖެހިފައިވާނެ ކަމުގައި އެލައިޑުން މައުލޫމާތު ދެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
ސްރީލަންކާއިން ސައުދީގެ ވެރިރަށަށް ކުރާ ދަތުރުތައް ވަގުތީގޮތުން ހުއްޓާލައިފި
ސްރީލަންކާގެ ގައުމީ އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ފިޔަވަޅަކީ އެއާޕޯޓުގެ ސަލާމަތީ ކަންކަން އިތުރަށް ދިރާސާކޮށް، އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް ރައްކާތެރި މާހައުލެއް އޮތްތޯ ބެލުމުގެ ގޮތުން އެޅި ފިޔަވަޅެކެވެ
10 Oct 2026
ރަޝިއާގެ ޑީސަލް ގަތުމަށް ޓްރަމްޕް ޕޫޓިންއާ އެކު އެއްބަސްވުމެއް ހަދައިފި
ޔޫކްރެއިންގެ ރައީސް ވޮލޮޑީމީރް ޒެލެންސްކީ ދެކޭ ގޮތުގައި މި ޑީލުގެ ސަބަބުން ރަޝިޔާއަށް އިތުރަށް މީހުން މެރުމާއި ދިގު މުއްދަތަކަށް ހަނގުރާމަ ކުރިއަށް ގެންދިޔުމަށް ފުރުސަތު ހުޅުވޭނެއެވެ.
10 Oct 2026
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި
އެ ޕާޓީން ކަނޑައަޅާފައިވާ ގޮތުގައި، މި އިންތިހާބުގައި ބައިވެރިވެވޭނީ މި އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އާ ހަމައަށް ޕާޓީގެ މެންބަރުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ.
10 Oct 2026
ރުފިޔާ އެކައުންޓްތަކަށް ދޫކޮށްފައިވާ ކާޑުތަކުން އަހަރުގެ މިހާތަނަށް 336 މިލިއަން ޑޮލަރު ހޭދަކޮށްފި
ބީއެމްއެލުން ބުނި ގޮތުގައި މިއަހަރުގެ ފުރަތަމަ 9 މަސްދުވަހުގެ ތެރޭގައި އެކި ބޭނުންތަކަށް ކަސްޓަމަރުންނަށް ޖުމްލަ 722 މިލިއަން ޑޮލަރު ވަނީ ދޫކޮށްފައެވެ. މިއީ އެވްރެޖުކޮށް މަހެއްގެ މައްޗަށް ބަލާއިރު 80 މިލިއަން ޑޮލަރެވެ.
10 Oct 2026
ދިއްލީއަށް މުޒާހަރާކުރަން ދިޔަ ސީޖޭޕީގެ ލީޑަރު, ފްލައިޓުން ނުފޭބެނީސް ހައްޔަރުކޮށްފި
ދިއްލީ ފުލުހުން ބުނާ ގޮތުގައި، މިފަދަ މުޒާހަރާއެއް ބޭއްވުމުގެ 10 ދުވަސް ކުރިން އެ އިދާރާއަށް އަންގަން ޖެހޭނެއެވެ. ނަމަވެސް، ސީޖޭޕީން މި މުޒާހަރާ ބާއްވާ ކަމަށް މުޒާހަރާ ފެށުމުގެ އެންމެ 3 ދުވަސް ކުރިން ފުލުހުން ގާތުގަ ބުނުމުގެ ސަބަބުން، ފުލުހުންނަށް މި ހަރަކާތައް ތައްޔާރުވުމަށް ފުރުސަތު ލިބިފައިނުވާ ކަމަށް ދިއްލީ ފުލުހުން ފާހަގަކޮށްފައިވެއެވެ
10 Oct 2026
ހައްޖު ކޯޕަރޭޝަނުން އަންނަ ރޯދަ މަހު އައްޑޫއިން ޖިއްދާއަށް ސީދާ ދަތުރުތައް ފަށަނީ
ހައްޖު ކޯޕަރޭޝަނުން ބުނީ، މި ނިންމުމުގެ ބޭނުމަކީ، އައްޑޫ ސިޓީއާއި ދެކުނުގެ އެހެން އަތޮޅުތަކުގެ ރައްޔިތުން މާލެ ނައިސް އުމްރާގެ އަޅުކަމަށް ފުރޭނެ ފަސޭހަ މަގެއް ހޯދައިދިނުން ކަމަށެވެ. ގަމުން ޖިއްދާއަށް ފުރާ ފްލައިޓް ޝެޑިއުލް ކޮށްފައި އޮތީ ފެބްރުއަރީ 20 ވަނަ ދުވަހަށެވެ
10 Oct 2026
ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ޤާނޫނެއް ފަރުމާކުރުމުގެ މަސައްކަތް ދަނީ ކުރިއަށް
ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ރައްޔިތުންގެ ބޭނުންތަކާ އެއްގޮތަށް، ނަފްސާނީ ބަލިތަކުގެ ތަޖުރިބާ ހުރި ފަރާތްތަކުގެ ބަހާއި އިރުޝާދުގެ އަލީގައި، ހަމަހަމަކަމާއި އޯގާތެރިކަމާއެކު ފަސޭހައިން ޚިދުމަތް ލިބޭނެ ނަފްސާނީ ޞިއްޙަތުގެ ނިޒާމެއް ބިނާކުރުމުގެ މުހިންމު މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ
10 Oct 2026
އައު އުސޫލުތަކާއެކު، ބޭރުގެ ފަރާތްތަކަށް ބައެއް ވިޔަފާރިތައް ކުރުން މަނާވެއްޖެ
މި ވިޔަފާރިތައް ކުރަމުން އައި ފަރާތްތަކަށް އުސޫލްގެ ތެރެއިން ކަންކަން ފުރިހަމަކުރުމަށް ދިން މުއްދަތު މިދިޔަ ބްރާސްފަތި ދުވަހުގެ ނިޔަލަށް ވަނީ ހަމަވެފައެވެ