އަހުމަދު ހަމީދު އާދަމް
ސްޓާފް ރައިޓަރ
އަހުމަދު ހަމީދު އާދަމް
23 Jun 2025
ކޭ ޕާކް މައްސަލަ: ޝަރީއަތް ނިމެންދެން މަންޑޭ ބަންދު ކޮށްފި
އެހެން ކަމުން ޝަރީއަތް ކުރިއަށް ގެންދަން އެކަށީގެންވާ އެއްބާރުލުން ނުދޭ ކަމަށް ނިންމާ ފަނޑިޔާރު ވަނީ ޝަރީއަތް ނިމެންދެން މަންޑޭ ބަންދު ކުރުމަށް އަމުރު ނެރެފަ އެވެ.
22 Jun 2025
ދެން އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ރައީސް ސޯލިހު ނިންމަވައިފި
މިދިޔަ ރިޔާސީ އިންތިހާބުގައި ސޯލިހްގެ ރަނިންމޭޓަކަށް އިހްތިޔާރު ކުރެއްވި މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމާއި އެމަނިކުފާނުގެ ކެބިނެޓް ބައެއް މެންބަރުން ވެސް މިރޭގެ ފަރިއްކޮޅުގައި ބައިވެރިވެވަޑައިގެންނެވި އެވެ.
22 Jun 2025
ޔޯގާ ދުވަސް ފާހަގަކުރަން ސަރުކާރުން އެއްބާރުލުން ދިނުން އިލްމުވެރީންގެ ގުޅުމުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި
ޝިރުކުގެ އެންމެހައި ޢަމަލުތަކުން މިޤައުމު ޠާހިރުކޮށް، އެގޮތުގެ މަތީގައި ދެމެހެއްޓުމުގައި ރައްޔިތުންގެ ދައުރު ފުރިހަމައަށް އަދާކުރެއްވުމަށް ދިވެހި ރައްޔިތުންނަށް ވެސް ވަނީ އިލްތިމާސް ކޮށްފަ އެވެ.
21 Jun 2025
އެކްސިޑެންޓު ވުމުން މަޑުނުކޮށް ފިލައިގެން ދިޔަ މީހަކު ހޯދައި ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގއ. މާމެންދޫ / މޫންލައިޓްވިލާ، މުޙައްމަދު ނާޝިއު (20އ) އެވެ.
20 Jun 2025
ނަޝީދު ގުޅޭ ޖަލްސާ ބާއްވަން އެމްޑީޕީއަށް ސަލްޓަންޕާކު ދީފި
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން އިވެންޓެއް ބޭއްވުމަށް މާލެއިން ތަނެއް ހަމަނުޖެހިގެން އެތަން ހޯދުމަށް އެދިފައިވާތީ ސަލްޓަން ޕާކުގެ އިވެންޓް ބާއްވާ ތަން އެ ޕާޓީއިން އެދިފައިވާ ގޮތަށް ދިނުމަށް މިހާރު ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.
20 Jun 2025
ޔާމީންގެ ސުވާލެއް؛ އަމީންއާ އިހްސާން މަގާމުގައި އެ ތިބީ ކީއްވެ؟
"ދާއޫދަށް އެޅި ފިޔަވަޅު ދަމާލައިފި ކަމަށް ވަންޏާމު މި ދެ މީހުންނާ [މިނިސްޓަރު އަމީންއާ މިނިސްޓަރު އިހްސާންއާ] ދޭތެރޭ ފިޔަވަޅު އެޅެން ޖެހޭ. އެ އޮތީ މުނައްވަރު ވެސް އެ ފައިންޑިން ލިޔުއްވާފައި. ކީއްވެތޯ އެ މީހުން މަގާމުގައި އެ ތިބީ,"
20 Jun 2025
މެޑަމް ސާޖިދާ ޖަމިއްޔާއެއް އުފައްދަވައިފި
ރައީސުލްޖުމްހޫރިިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ޖަމިއްޔާއެއް އުފައްދަވައިފި އެވެ.
19 Jun 2025
ފައްޔާޒަށް ސަރުކާރުން ރައްދު ދީފި، އޮޅުވާނުލާ ރޫލް އޮފް ލޯ ދަމަހައްޓާ
ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު މިރޭ ވިދާޅުވީ ފުރިހަމަ ޑިމޮކްރެސީގެ އަސާސްތައް ރާއްޖޭގައި އަށަގެންނެވުމަށްޓަކައި، ޑިމޮކްރެސީގެ ހަމަތައް ދެމެހެއްޓުމަށްޓަކައި، ޒިއްމާދާރު ސިޔާސީ ހަރަކާތްތައް ހިންގުމާއި، ގައުމަށްޓަކައި އަޑު އުފުލުމަކީ ނުހަނު ބޭނުންތެރިކަމެއް ކަމަށެވެ.
19 Jun 2025
ތޮއްޑޫގައި ނުރައްކާތެރި އެކްސިޑެންޓެއް، ސައިކަލަކުން ޖެހި އެއް އަަހަރުގެ ކުއްޖަކު ސީރިއަސް ހާލަތުގައި
ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގީ ރޭގެ ވަގުތެއްގައި ކަމަށެވެ. އެކްސިޑެންޓްވީ ސައިކަލުން އެ ކުއްޖާގެ ގައިގައި ޖެހިގެންނެވެ.
19 Jun 2025
ނަޝީދު އެމްޑީޕީއާ އަލުން ގުޅިވަޑައިގަތުމުގެ ހަފްލާއެއް ބާއްވަން ތަނެއް ނުދިން ކަމަށް ބުނެ މުލިއާގެ ކަންމަތީ ހަފްލާ ބާއްވަނީ
މިހާރު ގަސްތު ކުރަނީ ރައީސް މުހައްމަދު ނަޝީދުއަށް މަރުހަބާ ދެންނެވުމަށް 23 ޖޫންގެ ނިޔަލަށް އިތުރު ތަނެއް ހަމަނުޖެހިއްޖެނަމަ، މުލީއާގޭ ކަންމަތީގައި އެ ހަފްލާ ބޭއްވުމަށް ކަމަށް ފަައްޔާޒު ވިދާޅުވި އެެވެ.
19 Jun 2025
ޖުލައި މަސްތެރޭ ފްލެޓްތަކަށް މީހުން ވަންނަން ފަށާނެ: މިނިސްޓަރު
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ ފްލެޓްތަކުގެ މަސައްކަތް ނިމޭ ވަރަކަށް އެތަަންތަން ހަވާލު ކުރުން ކަމަށެވެ. އެހެން ކަމުން ޖުލައި މަސްތެރޭ އެގްރީމަންޓް ކުރެވި ބައެއް ފްލެޓްތައް ހަވާލު ކުރެވޭނެ ކަމަށް ވިދާޅުވި އެވެ.
19 Jun 2025
ގެދޮރުވެރިޔާ ފްލެޓްތަކުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި
އެމަނިކުފާނު ވަނީ މިއަދު ހަވީރު ފްލެޓްތައް ބައްލަވާލައްވާފަ އެވެ. އަދި މަސައްކަތް ކުރިއަށް ދާ ގޮތް އޮޅުންފިލުއްވެވި އެވެ. ސަރުކާރުގެ އަމާޒަކީ ސެޕްޓެންބަރު މަހުގެ ނިޔަލަށް ފްލެޓްތައް ހަވާލުކޮށް ނިންމުމެވެ.
19 Jun 2025
ބޮޑުތަކުރުފާނު މަގުގައި ޕާކުރާ ވެހިކަލްތައް ވެސް ޓޯ ކުރަނީ
ޕާކުކޮށްފައި ހުންނަ ވެހިކަލްތައް ދުއްވި މީހުންނާއިމެދު ވެސް ފިޔަވަޅު އަޅާނެ ކަމަށް ބުންޏެވެ. އަދި އެ ގޮތަށް ޓޯ ކުރެވޭ އުޅަނދުތައް ދޫކުރެވޭނީ 48 ގަޑިއިރު ފަހުން ކަމަށް ވެސް ބުންޏެވެ.
19 Jun 2025
ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކުގައި 43 މީހެއްގެ މައްޗަށް "ގްރީން ނޯޓިސް" ނެރެފި
ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކުގައި ހުކުމް ތަންފީޒުކޮށް ނިމިފައިވާ 43 މީހެއްގެ މައްޗަށް "ގްރީން ނޯޓިސް" ނެރެފި އެވެ.
19 Jun 2025
ޑިމޮކްރެޓްސްގެ މެންބަރުން އެމްޑީޕީއާ ގުޅެން ފާސްކުރި ގަރާރާ އަލައިކާ ދެކޮޅު، އެކަމެއް ނުވާނެ
އަލައިކާ ވިދާޅުވީ އެ ގަރާރުގައިވާ ބުނެފައިވާ ވާހަކަތަކަށް ކަނޑައެޅިގެން ދެކޮޅު ހައްދަވާ ކަމަށެވެ. އަދި އެއީ ތަންފީޒު ކުރެވޭނެ ގަރާރެއް ނޫން ކަމަށް ވިދާޅުވި އެވެ.
19 Jun 2025
ނަޝީދު އެނބުރިވަޑައިގަތުމަށް ޝާހިދުއާ ފައްޔާޒު މަރުހަބާ ވިދާޅުވެއްޖެ
އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުއާއި ދަ ޑިމޮކްރެޓްސްގެ މެންބަރުން އެ ޕާޓީއާ ގުޅުމަށް ނިންމި ނިންމުމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އާއި އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު މަރުހަބާ ވިދާޅުވެއްޖެ އެވެ.
19 Jun 2025
ރައުދުގެ ބޭބެ ދާއޫދު ރައީސް އޮފީހުގެ ވަޒީފާއިން ވަކިކޮށްފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑާ ސެކްރެޓަރީ ފޯ ޑިޖިޓަލް ސްޓްރެޓެޖީގެ މަގާމުގައި ހުންނެވި ދާއޫދު އަހްމަދު އެ މަގާމުން ވަކިކޮށްފި އެވެ.
18 Jun 2025
ސިއްހީ ދާއިރާގައި އަންހެނުންގެ އިސްނެގުން އިތުރުކުރަން ޖެހޭ: މެޑަމް ސާޖިދާ
މެކް ފައުންޑޭޝަންގެ "މޯ ދޭން އަ މަދާ" ކެމްޕޭންގެ އެމްބެސެޑަރަކަށް އެކަމަނާ އައްޔަން ކުރެއްވިކަމަށްޓަކައި، އެ ފައުންޑޭޝަނަށް ޝުކުރު އަދާކުރެއްވި އެވެ.
18 Jun 2025
ރާއްޖެ-ވިއެޓްނާމްގެ ހާރިޖީ ގުޅުމަށް 50 އަހަރު، ވެރީންނަށް ތަހުނިޔާ ފޮނުއްވައިފި
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުތަކުގައި، ވިއެޓްނާމްގެ ސްޓޭޓް ޕްރެޒިޑެންޓާއި ބޮޑުވަޒީރަށް ދުޅަހެޔޮކަމާއި އުފާވެރިކަމަށް އެދިވަޑައިގެން، ވިއެޓްނާމްގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގެންފައިވެ އެވެ.
18 Jun 2025
ނައިފަރު ފިހާރައެއް ފަޅާލާ އަގުބޮޑެތި ސާމާނުތަކެއް ވަގަށް ނަގައިފި
18 Jun 2025
ހިރިމަރަދޫ މީހުން އެހެން ރަށަކަށް ބަދަލުކުރުން އަވަސްކޮށްދޭން ހދ ކައުންސިލުން އެދިއްޖެ
އެ ކައުންސިލުން މިކަމަށް އެދުނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފްއާ އެކު މިއަދު އޮތް ބައްދަލްވުމެއްގަ އެވެ.
18 Jun 2025
ދިވެހި ހުރިހާ ހާޖީން ރާއްޖެ އަތުވެއްޖެ
ދިވެހި ހައްޖުވެރިން މިފަހަރު ސައުދީއަށް ދަތުރުކޮށްފައިވަނީ މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ލުއިފަސޭތައް ލިބިގެންނެވެ.
18 Jun 2025
ގެއްލިގެން ހޯދި އަންހެން މީހާ ފެނިއްޖެ، ވީގޮތެއް ނުބުނޭ
ހަބަރެއް ނުވެ މިވީ މިވަގުތު އުޅުނީ ކޮންތާކު ކަމެއް އަދި ހަބަރެއް ނުވެ ދިޔަ ސަބަބެެއް ސާފެއް ނުވެ އެވެ.
17 Jun 2025
މާލޭން 18 އަހަރުގެ އަންހެނަކު ގެއްލިގެން ހޯދަނީ
އަންހެން މީހާ އެންމެ ފަހުން ލައިގެން ހުރީ ކަޅު ޖިންސަކާއި ހުދު ޓޮޕަކާއި ކަޅު ސޯލެއް އަޅައިގެންނެވެ.
17 Jun 2025
ރައުދުއާ ޔުމްނު މަސްތުގެ ހާލަތަށް އައީ އަމިއްލަ އިހްތިޔާރުގައި، ދެ މީހުން ޒިންމާ އުފުލަން ޖެހޭނެ
ރައުދު އަހްމަދު ޒިލާލް އާއި ހައްވާ ޔުމްނު މަސްތުގެ ހާލަތަށް އައީ އަމިއްލަ އިހްތިޔާރުގައި ކަމަށާ އެހެން ކަމުން އޭގެ ސަބަބުން ދިމާވި ކަންކަމުގެ ޒިންމާ ދެ މީހުން ވެސް އުފުލަން ޖެހޭނެ ކަމަށެވެ.
17 Jun 2025
ރިޔާސީ ކޮމިޝަންގެ ރިޕޯޓް؛ ރައުދުގެ އިހްމާލު އެބަ އޮތް
17 Jun 2025
ޔޯގާ ދުވަހުގެ ހަމަނުޖެހުން: ދެން ކޯޓްގައި ގެންދާނީ ހަތް މީހެއްގެ ޝަރީއަތް
މި މައްސަލާގައި ދެން ކޯޓުގައި ކުރިއަށްދާނީ ޔޯގާ ދުވަހުގެ ހަރަކާތުގެ ބައިވެރިންނަށް ހަމަލާދީ، އެމީހުންގެ މެދުގައި ބިރުވެރިކަން އުފެއްދުމުގައި ސީދާގޮތުން ބައިވެރިވިކަމަށް ހެކި ގަރީނާ ލިބިފައިވާ މީހުން މައްޗަށް ކޮށްފައިވާ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅުމުގެ ކުށުގެ ދައުވާތައް އެކަނި ކަމަށް ވެސް ވަނީ ބުނެފަ އެވެ.
17 Jun 2025
ރައުދުގެ ބޭބެ ދާއޫދާއި އޭނާގެ ރައްޓެހިގެން ދޮގު ބަޔާން ދިން: ކޮމިޝަން
ދާއޫދު މައްސަލައިގެ ތަހުގީގަށް ފުލުހުންގެ ހިދުމަތަށް ދިން ބަޔާންއާ އެ ކޮމިޝަނަށް ދިން ބަޔާނުގައި ތަފާތުތަކެއް ހުރުމާއެކު ތަހުގީގަށް ދޮގު ބަޔާން ދީފައިވާކަން ކޮމިޝަނަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.
17 Jun 2025
ކޮމިޝަނުން ބުރަވަނީ މަސްތުގެ ހާލަތުގައި ޔުމްނު ވެއްޓުނީ ކަމަށް
ހެންވޭރު ގެއަކުން ގުދަނެއްގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލާގައި ރިޔާސީ ކޮމިޝަނުން ބުރަވަނީ އޭނާ މަސްތުގެ ހާލަތުގައި ވެއްޓުނީ ކަމަށް, ކަމާގުޅޭ ރިޕޯޓްގައި ބުނެފި އެވެ.
17 Jun 2025
ރިޔާސީ ކޮމިޝަންގެ ރިޕޯޓް؛ ޔުމްނު ގަދަ ކަމުން ވައްޓާލި ކަމަކަށް ނުބެލެވޭ
މިދިޔަ އޭޕްރީލް 18 ވަނަ ދުވަހު ހެންވޭރު ގެއަކުން ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދު، މީހަކު ގަދަކަމުން ވައްޓާލުމަށް މަަސައްކަތް ކުރުމުގެ އެއްވެސް ނިޝާނެއް ޔުމްނުގެ ހަށިގަނޑުން ފެންނަން އޮތް ކަން މެޑިކަލް ރިކޯޑްތަކާއި ހެކީންގެ ހެކި ބަހުން އެނގެން ނެތް ކަމަށް އެ މައްސަލަ ބެލުމަށް އުފެއްދި ރިޔާސީ ކޮމިޝަންގެ ރިޕޯޓްގައި ބުނެފި އެވެ.