މޫސަގެ މަރުގެ ތުހުމަތު އޮތް މޯޑް މާވަށަށް އަލުން ގެނައުން -- ފޮޓޯ: ވޮއިސް
ރިޕޯޓް
29 Jul 2025 | 16:08
މާވަށު މޫސަ މަރާލުން: މޯޑް އަލުން މާވަށަށް

މާވަށުގައި އިއްޔެ ހެނދުނު ހިނގި ހަމަނުޖެހުމެއް ބޮޑުވެ ވަޅީގެ ހަމަލާއެއް އަމާޒުވެ އެ ރަށު ނަލަހިޔާގޭ އުމުރުން 29 އަހަރުގެ މޫސާ އިބްރާހީމް ވަނީ މަރުވެފަ އެވެ. މޫސައަށް ހަމަލާ ދިނުމުގެ ތުހުމަތު އޮތީ ހދ. ނޮޅިވަރަންފަރު، އަސަރީމަންޒިލް، އުމުރުން 29 އަހަރުގެ މުހައްމަދު އިބްރާހީމް (މޯޑް) އަށެވެ.

ހަމަލާއާ ގުޅިގެން ފަރުވާ ދިނުމަށް ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް މޫސަ ވަނީ މަރުވެފަ އެވެ. ހަމަނުޖެހުން ހިނގާ މޫސައަށް ވަޅިން ހަމަލާ ދިނުމަށް ފަހު މޯޑް ފުލުހަށް ހާޒިރުވީ އަމިއްލައަށެވެ. އެ ހާދިސާ ހިނގާފައިވާ ކަން މާވަށުގައި ތިބި ފުލުހުންގެ ސަމާލު ކަމަށް ފުރަތަމަ ގެނައީވެސް އޭނާ އެވެ.

އެ ހިސާބުން ފެށިގެން ފުލުހުން ވަނީ މަރުގެ އެ މައްސަލައިގެ ތަހުގީގަށް އޭނާ ހައްޔަރު ކޮށްފަ އެވެ. އަދި ތަހުގީގު ފަށާފަ އެވެ. މޫސައަށް ހަމަލާ ދިން ވަޅި މޯޑް އެއްލާނީ މޫދަށެވެ. އިއްޔެ ހަވީރު ފުލުހުން ވަނީ މޯޑްއާއެކު އެ ސަރަހައްދަށް ގޮސް މޫދުން ވަޅި ހޯދާފަ އެވެ.

ވަޅި އެއްލާލި ސަރަހައްދު ވެސް ފުލުހުންނަށް ބުނެދިނީ އޭނާ އެވެ.

ހދ. ނޮޅިވަރަންފަރު، އަސަރީމަންޒިލް، އުމުރުން 29 އަހަރުގެ މުހައްމަދު އިބްރާހީމް (މޯޑް)

އޭގެ ފަހުން ރޭގެ ވަގުތެއްގައި މޯޑް ވަނީ ލ. ފޮނަދޫއަށް ގެންގޮސްފަ އެވެ. އަދި މިއަދު މެންދުރު ކުރީ 11 ޖަހާކަންހާއިރު އަލުން އޭނާ ވަނީ މާވަށަށް ގެނެސްފަ އެވެ. އޭނާ ގެނައީ ކޯޓަށެވެ. ބެލެވެނީ އެއީ މުއްދަތު މަޖިލީހަށް ގެނައީ ކަމަށެވެ.

މަރުގެ ތަހުގީގާއި ގުޅޭގޮތުން ފުލުހުން އަދި މާގިނަ މައުލޫމާތެއް ހިއްސާއެއް ނުކުރެ އެވެ. ފުލުހުން މިއަދު ބުނީ މޯޑްގެ ބަންދާއިމެދު ގޮތް ނިންމަން ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

މޫސަގެ ހަށިގަނޑު މާލެއަށް

ރޭގެ ވަގުތެެއްގައި މޫސަގެ ހަށިގަނޑު ވަނީ މާވަށުން ފޮނަދޫއަށް ގެންގޮސްފަ އެވެ. އަދި މިއަދުގެ ވަގުތެއްގައި އޭނާގެ ހަށިގަނޑު ވަނީ މާލެ ގެނެސްފަ އެވެ.

ފުލުހުން ބުނި ގޮތުގައި މޫސަގެ ހަށިގަނޑު މާލެ ގެނައީ ތަހުގީގަށް ސާމްޕަލް ނެގުމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެ އެވެ.

އިއްޔެގެ ހަމަލާގައި މަރުވި މޫސަ

އިއްޔެގެ ހާދިސާއާ ގުޅޭގޮތުން މާވަށުގައި ތަފާތު ވާހަކަތައް ދެކެވެ އެވެ. އެ ރަށުގެ ބައެއް މީހުން ބުނާ ގޮތުގައި މޯޑްއާ މޫސަ އަކީ ދެ އެކުވެރީންނެވެ.

މޯޑް އަކީ އެ ރަށު މީހަކާ ކުރީން ކައިވެނިކޮށްގެން އުޅުނު މީހެކެވެ. އަދިވެސް އެ މީހާއާ ގުޅުން އޮވެ އެވެ. އެ މީހުން ޕްލޭން ކޮށްފައި އޮތީ އަލުން ކައިވެނި ކުރާށެވެ.

އިއްޔެގެ ހާދިސާ ހިނގަން މެދުވެރިވީ މަސްތުވާތަކެއްޗާއި ގުޅުންހުރި ކަމަކާއި ގުޅިގެން ކަމަށް ވާހަކަ ދެކެވެ އެވެ. ފުލުހުން އެކަމާއި ގުޅޭގޮތުން އެއްވެސް އެއްޗެއް ނުބުނެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް