އުއްތަމަފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ތިން ބޭފުޅުން --
ހަބަރު
29 Jul 2025 | 18:48
އުއްތަމަ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވީ ތިން ބޭފުޅެއް

އުއްތަމަފަނޑިޔާރުގެ މަގާމަށް ހުޅުވާލި ފުރުސަތުގައި އެ މަގާމަށް ތިން ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.

އެ މަގާމަށް ހުޅުވާލީ އުއްތަމަ ފަނޑިޔާރުގެ މަގާމުގައި ހުންނެވި އަހުމަދު މުތަސިމް އަދުނާން ފަނޑިޔާރުކަމުގެ މަގާމުން ޝަރަފްވެރިކަމާއެކު ރިޓަޔާ ކުރެއްވުމުންނެވެ. 

އެ ފުރުސަތު އޮތީ މިއަދު މެންދުރު 12:00 އާ ހަމައަށް ހުޅުވާލާފަ އެވެ. ޖޭއެސްސީން ބުނި ގޮތުގައި އެ މަގާމަށް ތިން ބޭފުޅަކު ވަނީ ކުރިމަތިލާފަ އެވެ.

* އަބްދުﷲ މުހައްމަދު - ފެމެލީ ކޯޓްގެ ގާޒީ, ކްރިމިނަލް ކޯޓްގެ ކުރީގެ އިސް ގާޒީ

* ޝުޖާއު އުސްމާން - ހައިކޯޓްގެ ކުރީގެ އިސް ފަނޑިޔާރު

* އަބްދުލްޣަނީ މުހައްމަދު - ސުޕްރީމް ކޯޓްގެ ކުރީގެ ފަނޑިޔާރު

މި ބޭފުޅުންގެ ތެރެއިން ފަނޑިޔާރު ކަމުގައި މިހާތަނަށް ދެމި ހުންނެވީ ފެމެލީ ކޯޓްގެ ފަނޑިޔާރު އަބްދުﷲ މުހައްމަދު އެވެ.

ޝުޖާއު އުސްމާން މަގާމުން އިސްތިއުފާ ދެއްވީ 2020 ވަނަ އަހަރު އެވެ. އެއީ އޭރު އޮތް ރައްޔިތުންގެ މަޖިލީހަށް ޝުޖާއު ވަކިކުރެއްވުމަށް ޖޭއެސްސީން މައްސަލަ ފޮނުވުމުންނެވެ. އިސްތިއުފާ ނުދެއްވި ނަމަ މަޖިލީހުން އޭނާ ވަކި ކުރައްވާނެ އެެވެ.

ސުޕްރީމް ކޯޓްގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު މަގާމުން ވަކިކުރެއްވީ 2019 ވަނަ އަހަރު އެވެ.

އުއްތަމަފަނޑިޔާރުކަމަށް ކުރިމަތިލާ މީހެއްގެ ޝަަރުތަކީ އުމުރުން 30 އަހަރުވެފައިވާ މީހަކަަށްވުމާއި ފަަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ ފަނޑިޔާރުކަމައި ވަކާލާތުކުރުމުގައި ހަތް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމެވެ. 

އުއްތަމަ ފަނޑިޔާރު މުއުތަސިމްއަކީ ރާއްޖޭގައި ޝަރަފްވެރިކަމާއެކު މަގާމުން ރިޓަޔަރ ކުރައްވާ ފުރަތަމަ އުއްތަމަ ފަނޑިޔާރަށެވެ. މީގެ ކުރިން އައްޔަންކުރެއްވި ހުރިހާ އުއްތަމަ ފަނޑިޔާރުންނަކީ މަގާމުން ދުރުކުރެއްވި ބޭފުޅުންނެވެ.

އުއްތަމަ ފަނޑިޔާރުކަމުގެ މަގާމަށް މުއުތަސިމް ރިޓަޔާ ކުރެއްވުމާއި ގުޅިގެން ސުޕްރީމް ކޯޓު ވަގުތީ ގޮތުން ހިންގުމުގެ ޒިންމާ ފަނޑިޔާރު އަބްދުالله ހަމީދުއާ ވަނީ ހަވާލުކޮށްފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
27 Sep 2026
ކޮލެޖުތައް ޔުނިވާސިޓީތަކައް ބަދަލުކުރެވޭ ގޮތް ހަދައިފި
ޔުނިވާސިޓީތައް ރާއްޖޭގައި ރަޖިސްޓްރީކޮށް ހިންގުމާ ބެހޭ މި ގަވައިދުގެ ދަށުން ރާއްޖޭގެ ކޮލެޖުތަކުގެ އިތުރުން ބޭރު ޤައުމުތަކުގައި މަދުވެގެން 10 އަހަރު ވެފައިވާ އެ ޤައުމުތަކުގެ ސަރުކާރުން ބަލައިގަންނަ ޔުނިވާސިޓީތައް ވެސް ރާއްޖޭގައި ރަޖިސްޓްރީ ކުރެވޭނެއެވެ.
27 Sep 2026
ނޭކުރެންދޫގައި ސައިބާ ސެކިއުރިޓީ ވޯކްޝޮޕެއް ބާއްވައިފި
ހދ. ނޭކުރެންދޫގެ ދަރިވަރުންނާއި ބެލެނިވެރިންނާއި މުވައްޒަފުންނަށް އޮންލައިން ކުށްތަކުން ރައްކާތެރިވުމާ ގުޅޭ ވޯކްޝޮޕެއް ފުލުހުން ކުރިއަށް ގެންގޮސްފިއެވެ.
27 Sep 2026
އައްޑޫ އާއި ފުވައްމުލަކުގެ ނަރުދަމާގެ ޚިދުމަތް އެމްޑަބްލިޔުއެސްސީއާ ހަވާލުކުރަން އެއްބަސްވުމަކަށް
އައްޑޫ ސިޓީ ހުޅުދޫ އާއި އައްޑޫ މީދޫގެ އިތުރުން ފުވައްމުލަކު ސިޓީގެ ފެނާއި ނަރުދަމާގެ މަސައްކަތް އެމްޑަބްލިޔުއެސްސީއަށް ބަދަލުލުރުމުގެ މަަސައްކަތް އަންނަ މަހުގެ މެދުތެރެއަށް ނިންމާލެވޭނެ ކަމަށް އެމްޑަބްލިޔުއެސްސީގެ އެމްޑީ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
27 Sep 2026
އައު ސައިން ލެންގުއޭޖް އިޝާރާތްތައް އުފެއްދުމުގެ ވޯކްޝޮޕެއް ފަށައިފި
ސައިން ލެންގުއޭޖް ލަފުޒު މުއްސަނދިކުރުމަށް އަށް ދާއިރާއަކުން އައު އިޝާރާތްތައް އުފެއްދުމުގެ މަސައްކަތު ބައްދަލުވުމެއް ޞިއްޙަތާ ބެހޭ ވުޒާރާއާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް ގުޅިގެން މިއަދު ފަށައިފިއެވެ.
27 Sep 2026
އެޗްޑީސީން ހަތް ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކޮށް ނިންމައިފި
ނެޝަނަލް ފިޓްނަސް ޕްލޭނުގެ ދަށުން އެޗްޑީސީން ހަތް ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކޮށް ނިންމައިފިއެވެ. ބާކީ ހުރި ޖިމްތައް ވެސް ޝެޑިއުލާ އެއްގޮތަށް ނިންމުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
27 Sep 2026
ހޮޓެލް އޭޝިއާ 2026 ގައި އެސްޓީއޯއިން ބައިވެރިވެ އާ ބްރޭންޑެއް ތަޢާރަފުކުރަނީ
ހޮޓެލް އޭޝިއާ 2026 ގައި އެސްޓީއޯއިން ބައިވެރިވެ، އާ ބްރޭންޑެއް ތަޢާރަފުކުރުމާއި ހިލޭ ރަހަ ބެލުމާއި ކޮންމެ ދުވަހަކު ނަސީބުވެރިން ހޮވުން ކުރިއަށް ގެންދާނެއެވެ.
27 Sep 2026
ހޮޓެލް އޭޝިއާ މޯލްޑިވްސް: ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ކުރިއަރާފައިވާ ޕްލެޓްފޯމަށް
2000 ވަނަ އަހަރު އާދައިގެ ކުޑަ ފެށުމަކުން ފެށި ނަމަވެސް ހޮޓެލް އޭޝިއާ މޯލްޑިވްސް ހަރަކާތް މިއަދު ވެފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމާއި، ރިސޯޓް ސަޕްލައި އަދި ކަލިނަރީ ދާއިރާގެ އެންމެ އިތުބާރު ހިފޭ އެއް ޕްލެޓްފޯމަށެވެ.
27 Sep 2026
ހޮޓެލް އޭޝިއާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖުގެ 20 ވަނަ އެޑިޝަން ފަށައިފި
ރާއްޖޭގެ ކެއްކުމުގެ ދާއިރާ ކުރިއަރުވައި، ހުނަރުވެރިން ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ "ހޮޓެލް އޭޝިއާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖު" ގެ 20 ވަނަ އެޑިޝަން މިއަދު ފަށައިފިއެވެ.