މޫސަ އަދި މޫސައަށް ހަމަލާދީ މަރާލުމުގެ ތުހުމަތު އޮތް މޯޑް --
ރިޕޯޓް
01 Aug 2025 | 16:57
މޫސަގެ ޤާތިލު ޕޮލިހަށް ދިޔައިރު ސްޓޭޝަން ހުސްކޮށް ހުރީ ކީއްވެ؟

ޖުލައި މަހުގެ 28 ވަނަ ދުވަހުގެ ހެނދުނު މާވަށުގައި ހިނގި ހަމަނުޖެހުމެއް ބޮޑުވެ ވަޅީގެ ހަމަލާއެއް އަމާޒުވެ އެ ރަށު ނަލަހިޔާގޭ އުމުރުން 29 އަހަރުގެ މޫސާ އިބްރާހީމް ވަނީ މަރުވެފަ އެވެ. މޫސައަށް ހަމަލާ ދިނުމުގެ ތުހުމަތު އޮތީ ހދ. ނޮޅިވަރަންފަރު، އަސަރީމަންޒިލް، އުމުރުން 29 އަހަރުގެ މުހައްމަދު އިބްރާހީމް (މޯޑް) އަށެވެ.

ހަމަލާއާ ގުޅިގެން ފަރުވާ ދިނުމަށް ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް މޫސަ ވަނީ މަރުވެފަ އެވެ. ހަމަނުޖެހުން ހިނގާ މޫސައަށް ވަޅިން ހަމަލާ ދިނުމަށް ފަހު މޯޑް ފުލުހަށް ހާޒިރުވީ އަމިއްލައަށެވެ. ފުރަތަމަ އޭނާ ދިޔައީ މޫދު ކައިރިއަށެވެ. ގޮސް ގައިގައި ހުރި ލޭތައް ދޮވެ ސާފުކޮށް މޫސައަށް ހަމަލާ ދިނުމަށް ބޭނުންކުރި ވަޅި މޫދަށް އެއްލާލިއެވެ.

އަދި ބަނދަރުމަތީ ހުރި މާވަށު ޕޮލިސް ސްޓޭޝަނަށް ދިޔަ އެވެ. ދިޔައީ އަމިއްލައަށް ފުލުހުންނާއި ހަވާލުވުމަށެވެ. ނަމަވެސް އެ ވަގުތު ސްޓޭޝަން ހުރީ ހުސްކޮށެވެ. ފުލުހުން އައީ ސްޓޭޝަންގެ ކޮފީ ބޯ ސަރަހައްދުގައި މޯޑް އިންްނަތާ އިރުތަކެއްގެ ފަހުންނެވެ.

-- މިއީ އެެ ރަށުން ވާހަކަ ދެއްކި މަންޒަރު ފެނުނު އަދި ކަން ހިނގާދިޔަ ގޮތް އެނގޭ މީހުން ނޫސްތަކަށް މައުލޫމާތު ދިން ގޮތެވެ.

އެހެން ކަމުން ޕޮލިސް ސްޓޭޝަން ހުސްކޮށް ހުރި ސަބަބާއި ގުޅޭގޮތުން ނޫސްވެރީން ސުވާލުކުރި އެވެ. ނޫސްވެރިޔާ މަރިޔަމް އިސާދާ ފުލުހުންނާއި އެ ސުވާލުކުރުމުން އެ ސުވާލުގެ ޖަވާބު މީޑިއާތަކާއި މިއަދު ވަނީ ހިއްސާކޮށްފަ އެވެ.

ފުލުހުން ބުނި ގޮތުގައި މަރުގެ މި މައްސަލާގައި ތުހުމަތުކުރެވޭ މީހާ ސްޓޭޝަނަށް ހާޒިރުވެފައިވަނީ މައްސަލައިގެ ރިޕޯޓު ލިބުމުން ސްޓޭޝަންގެ ހުރިހާ ފުލުހުން ކުށުގެ ވެއްޓަށް ދިޔަ ވަގުތު އެވެ. ސްޓޭޝަން ހުސްކޮށް ހުރީ އެ ސަބަބާއި ގުޅިގެންނެވެ.

މޫސަގެ ހަށިގަނޑު ބޭރަށް, މޯޑް ޝަރީއަތް ނިމެންދެން ޖަލަށް

މި މައްސަލައާ ގުޅިގެން ހިންގާ ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދުމަށް މޫސާ އިބްރާހީމްގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް ބޭރަށް ގެންދިއުމަށް ވަނީ ނިންމާފަ އެވެ.

މަރުގެ މި މައްސަލާގައި ގާތިލްކަމަށް ތުހުމަތުކުރެވޭ މުހައްމަދު އިބްރާހީމް މިހާރު ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ. މިހާތަނަށް ލިބުނު މައުލޫމާތަށް ބަލާއިރު ވަޅިހެރުމުގެ ހާދިސާ ހިނގާފައިވަނީ، މަސްތުވާތަކެތީގެ މުއާމަލާތެއްގެ ތެރެއިންނެވެ. އެ ދެ މީހުންނަކީވެސް މަސްތުވާތަކެތި ބޭނުންކޮށް ވިޔަފާރިކުރާ ބައެއްކަމަށް އެރަށުން ވާހަކަދެއްކި ބައެއް މީހުން ވަނީ ބުނެފައެވެ. ފުލުހުން ބުނެފައިވަނީ ގާތިލްކަމަށް ތުހުމަތުކުރެވޭ މުހައްމަދަކީ ކުށުގެ ރެކޯޑް އޮންނަ މީހެއް ކަމަށެވެ.

ފުލުހުން ވަނީ ހަމަލާދިނުމަށް ބޭނުންކުރި ވަޅި ހޯދާފައެވެ. ވަޅި ހޯދާފައިވަނީ މޫދުންނެވެ. ވަޅި އޮތްތަން ދެއްކީ ވެސް މޯޑް އެވެ.

ކޮމެންޓް
Mohamed Ahmed
މަރުވީ ވަޅިން ހަމަލާ ދީގެންކަން އެބައެނގޭ، ދެން ކޮން އެޓޮޕްސީއެއް ހަދާކަށް..!
03 Aug 2025
ގުޅޭ ލިޔުންތައް
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް