29 Jun 2025
ބާސެލޯނާ އިން ކޮވިޑްގެ ދުވަސްވަރު ނުދެވިހުރި ކުޅުންތެރިންގެ މުސާރަ ހަމަޖައްސައިދީފި
ސްޕެނިޝް ލަލީގާގެ ޗެންޕިއަން ބާސެލޯނާ އިން އެންމެ ފަހުން މެސީ، އުމްޓިޓީ، ކުޓީނިއޯ، ކޫމަން އަދި 2020 ގެ ސްކޮޑުގެ ބާކީ ތިބި ކުޅުންތެރިންގެ ފަސްކުރި މުސާރައިގެ ކަންތައް ހައްލު ކުރެވިފައިވާކަމަށް އެކުލަބުން ބުނެފިއެވެ.
07 Jun 2025
ލަލީގާ މޮޅު ކުޅުންތެރިޔާގެ އެވޯޑް ރަފީނިހާއަށް
ސްޕެނިޝް ލަލީގާގެ ނިމިދިޔަ ސީޒަނުގެ މޮޅު ކުޅުންތެރިއަކަށް ޗެންޕިއަން ބާސެލޯގެ ބްރެޒިލް ފޯވާޑް ރަފީނިހާ ހޯދިއިރު، އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑް އެޓީމުގެ ޒުވާން ފޯވާޑް ލަމީން ޔަމާލް ހޯދައިފިއެވެ.
19 May 2025
ރަށުން ބޭރުގައި ބާސެލޯނާ ބަލިކޮށް ވިލަރެެއާލް އިން ޗެންޕިއަންސް ލީގުގެ ޖާގައެއް ކަށަވަރުކޮށްފި
ސްޕެނިޝް ލަލީގާގައި އާދިއްތަ ދުވަހުގެ ރޭ ރަށުން ބޭރުގައި ވާދަވެރި ކުޅުމަކަށްފަހު ޗެންޕިއަން ބާސެލޯނާ 3-2 ގެ ނަތީޖާއަކުން ބަލިކޮށް ވިލަރެއާލް އިން ޗެންޕިއަންސް ލީގުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
07 May 2025
ބާސެލޯނާ ބަލިކޮށް ފައިނަލުގެ ފުރަތަމަ ޖާގަ އިންޓަ މިލާނުން ކަށަވަރުކޮށްފި
ޔުއެފާ ޗެންޕިއަންސް ލީގު ސެމީފައިނަލް ދެވަނަ ލެގުގައި އަންގާރަ ދުވަހުގެ ރޭ ރަށުން ބޭރުގައި 4-3 ގެ ނަތީޖާއަކުން އިޓަލީގެ އިންޓަ މިލާން އަތުން ބަލިވެ ބާސެލޯނާ މުބާރާތުން ކަޓައިފިއެވެ.
27 Apr 2025
ބާސެލޯނާ އިން ކޮޕާ ޑެލަރޭ ޗެންޕިއަންކަން ހޯދައިފި
ކޮޕާ ޑެލަރޭ ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ހޮނިހިރު ދުވަހުގެ ރޭ ރެއާލް މެޑްރިޑާއި ބާސެލޯނާ ވާދަކުރި މެޗު 3-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ބާސެލޯނާ އިން މުބާރާތުގެ ޗެންޕިއަންކަން ހޯދައިފިއެވެ.
23 Apr 2025
މަޔޯކާ އަތުން ހޯދި މޮޅާއެކު އެއްވަނައިގައި ބާސެލޯނާއަށް ބޮޑު ލީޑެއް
ސްޕެނިޝް ލަލީގާގައި އަންގާރަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި މާޔޯކާއި ވާދަކޮށް 1-0 ގެ ނަތީޖާއަކުން މޮޅުވެ ބާސެލޯނާ ލީގު ތާވަލުގެ ކުރީގައި ބޮޑު ލީޑެއް ނަގައިފިއެވެ.
20 Apr 2025
އަމިއްލަ ދަނޑުގައި ސެލްޓާ ވީގޯ އަތުން ބާސެލޯނާއަށް އުނދަގޫ މޮޅެއް
ސްޕެނިޝް ލަލީގާގައި އާދިއްތަ ހޮނިހިރު ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި 4-3 ގެ ނަތީޖާއަކުން ސެލްޓާ ވީގޯ ބަލިކޮށް ބާސެލޯނާ އިން ލީގު ތާވަލުގެ ކުރީގައި ބޮޑު ލީޑު ނަގައިފިއެެވެ.
16 Apr 2025
ޑޯޓްމަންޓް ކަޓުވާލުމަށްފަހު ބާސެލޯނާ ސެމީފައިނަލުން ޖާގަ ހޯދައިފި
ޔުއެފާ ޗެންޕިއަންސް ލީގު ކުއާޓާ ފައިނަލް ދެވަނަ ލެގުގައި އަންގާރަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި 3-1 ގެ ނަތީޖާއަކުން ބާސެލޯނާ އަތުން މޮޅުވި ނަމަވެސް، އެންމެ ފަހުގެ ރަނަރަޕް ބޮރޫޝިއާ ޑޯޓްމަންޓް މުބާރާތުން ކަޓައިފިއެވެ.