31 Jan 2024
ޕީޖީ ޝަމީމަށް ހަމަލާދީ ޒަހަމް ކޮށްލައިފި
ރާއްޖޭގެ ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް އަށް ހަމަލާދީ ޒަހަމް ކޮށްލައިފިއެވެ.
25 Jan 2024
މާލޭގައި ބިދޭސީއަކު، ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި
މާލޭގެ މަގުމަތީގައި ބިދޭސީއަކު ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ މިރޭ ޒަހަމް ކޮށްލައިފިއެވެ.
23 Jan 2024
މޫސާ އަހުމަދުގެ މަރުގެ ދައުވާ ލިބުނު މީހާގެ މައްޗަށް ކުށް ސާބިތެއްނުވި
2017 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 23 ވަނަ ދުވަހު ސައިކަލެއްގައި ދަނިކޮށް ގްރޫޕަކުން ގޮސް ތޫނު އެއްޗަކުން ހަމަލާދީ ވ. ކެޔޮދޫ ދޭލިއާގޭ މޫސާ އަހުމަދުމަނިކު މަރާލި މައްސަލާގައި ދައުވާ ލިބުނު މީހާގެ މައްޗަށް ކުށްސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
21 Jan 2024
އައްމަޓީގެ ޕާސްޕޯޓު ދޫކޮށްލުމަށް ކުރި އަމުރު ބާތިލްކޮށްފި
ސީލައިފް ގްލޯބަލްގެ ވެރިމީހާ އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ގެ ޕާސްޕޯޓު ވަގުތީ ގޮތުން ދޫކޮށްލުމަށް ހައި ކޯޓުން ކުރި އަމުރު ސުޕްރިމް ކޯޓުން ބާތިލު ކޮށްފިއެވެ.
10 Jan 2024
ޔުނާން ބަންދުން ދޫކޮށްލީ ގާނޫނާއި ހިލާފަށް ކަމަށް ކަނޑައަޅައިފި
ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ހައްޔަރު ކުރި ފިލްމީތަރި މުހައްމަދު ޔުނާން ޝަރުތުތަކާއެކު ބަންދުުން ދޫކޮށްލީ ގާނޫނާ ހިލާފަށް ކަަމަށް ހައިކޯޓުން މިއަދު ބުނެފިއެވެ.
07 Jan 2024
މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭންޖެހޭ
ރާއްޖެއަށް ބޮޑު އަދަދުން މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭންޖެހޭ ކަމަށް ޕީއެންސީގެ ޓިކެޓްގައި މާލޭ މޭޔަރ ކަމަށް ވާދަކުރައްވާ ކުރީގެ ބަންޑާރަ ނާއިބު ޢާއިޝަތު ޢާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.
04 Jan 2024
މަސްތުވާތަކެތި ދައުރުކުރުުން ހުއްޓުވުމަށް 24 ގަޑިއިރު ޕެޓްރޯލްކުރަނީ
މަސްތުވާތަކެއްޗާ ބަނގުރާ ދައުރުކުރުުން ހުއްޓުވުމަށް 24 ގަޑިއިރު މެދުނުކެނޑި ޕެޓްރޯލްކުރުމަށް ފުލުހުން ނިންމައިފިއެވެ.
31 Dec 2023
ކުށްކުރާ ކުޑަކުދިން ރިހެބިލިޓޭޓް ކުރަން ފަށަނީ!
ކުށް ކުރާ ގުރޫޕްތަކުން، އެފަދަ ކަން ކަމުގައި ބޭނުން ކުރާ ކުދިކުދިން ޑިޕާޓްމަންޓް އޮފް ޖެނެރަލް ޖަސްޓިސްއަށް ނަގައި، އެފަދަ ކުދިން ރިހެބިލިޓޭޓް ކުރުމުގެ މަސައްކަތް ކުރުމަށް މަޝްވަރާ ކުރަމުންދާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވިދާޅުވެއްޖެއެވެ.