ޕީޖީ ޝަމީމް-- ފޮޓޯ: ސަން
ހަބަރު
01 Feb 2024 | 15:01
ޕީޖީ ޝަމީމަށް ދިން ހަމަލާ އާއި ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި

ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް އަށް ހަމަލާދީ ޒަހަމްކޮށްލި މައްސަލަ އާއި ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ޕީޖީ ޝަމީމަށް ދިން ހަމަލާ އާއި ގުޅިގެން ފުލުހުން ގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ މި މައްސަލައިގައި ތުހުމަތުކުރެވޭ ދެ ފަރާތެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށެވެ. 

ޕީޖީ ޝަމީމަށް ހަމަލާދިނީ މޫނު ނިވާކޮށްގެން، ވަރަށް ބޮޑަށް އެއީ ކާކުކަން ނޭނގޭ ގޮތަށް ރޭވިގެން ކަން މިހާތަނަށް ލިބުނު މައުލޫމާތު ތަކުން އެނގޭ ކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ. 

މައްސަލައިގެ ރިޕޯޓް ލިބުމާއި ގުޅިގެން މި ހަމަލާގައި އަމަލީ ގޮތުން ބައިވެރި ފަރާތްތައް ހޯދުމަށް އެ އިދާރާގެ ހުރިހާ ވަސީލަތެއް ބޭނުންކުރި ކަމަށާއި، މި ކަން ހިނގިތާ މާގިނަ އިރެއް  ނުވެ މިކަން ކުރެވިގެން ދިޔުމުން މިކަހަލަ ކަމެއް ހިނގީމަ، މިއިން ކޮންމެ ކަމަކީ ވެސް ދިވެހި ފުލުހުންގެ ހިދުމަތުން ވަރަށް ސީރިއަސް ކޮށް ބަލަމުންދާ ކަމެއްކަން އެނގިގެން ދިޔަކަން ޝުޖާއު ފާހަގަކުރެއްވިއެވެ.

"ކުރިއަށް އޮތްތަނުގައި ވެސް މިފަދަ އެއްވެސް ހަމަލާއެއް ދިވެހި ރައްޔިތަކަށް، ދިވެހި ރާއްޖޭގައި އުޅޭ އެއްވެސް ފަރާތަކަށް ދެވިއްޖެނަމަ އެކަމެއް އަޅުގަނޑުމެން ވަރަށް ސީރިއަސް ކޮށް ބަލަމުންދާނެ."

ޝުޖާއު ވިދާޅުވިއެވެ.

ޕީޖީ ޝަމީމަށް ހަމަލާދީފައިވަނީ އިއްޔެގެ ފަތިހުގެ ވަގުތެއްގައި މާލޭގެ މަގުމަތީގައި، ސައިކަލެއްގައި އައި ދެ މީހަކު، ހަތިޔާރެއް ބޭނުންކޮށްގެންނެވެ. މި ހަމަލާ އާއި ގުޅިގެން އެބޭފުޅާ އޭޑީކޭ ގައި ފަރުވާ ހޯއްދެވުމަށްފަހު މިހާރު ވަނީ ގެއަށް ދޫކޮށްލާފައެވެ.

ޕީޖީ ޝަމީމަށް ދިން ހަމަލާގައި އެބޭފުޅާ ގެ ވާއަތްޕުޅުގައި ވަނީ ރެދުލައިފައެވެ. 

މި މައްސަލައާއި ގުޅިގެން  ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާގެ ވަޒީރު ޢަލީ އިޙުސާން ވަނީ މި މައްސަލައަށް ވަރަށް ބޮޑު އިސްކަމެއް ދީގެން ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަަމަށް ވިދާޅުވެ، ހަމަލާ ދިން ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ނެރުއްވާނެ ކަަމުގެ ޔަގީން ކަން ވަޒީރު ވަނީ ދެއްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ