08 Apr 2024
ރެސިޑެންޝަލް ޓްރީޓްމަންޓް ސެންޓަރަށް މުވައްޒަފުން ހޯދަން އިއުލާނުކޮށްފި
ހއ. ހޯރަފުށީގައި ހުޅުވަން ހަމަޖެހިފައިވާ ކުޑަކުދިންގެ ރެސިޑެންޝަލް ޓްރީޓްމަންޓް ސެންޓަރަށް މުވައްޒަފުން ހޯދަން އިއުލާނުކޮށްފި އެވެ. ޖުވެނަލް ޖަސްޓިސް ޑިޕާޓްމަންޓުން އިއުލާންކޮށްފައި ވަނީ ޓެކްނިކަލް ޑިރެކްޓަރަކާއި، އެޑްމިނިސްޓްރޭޓިވް އޮފިސަރަކާއި، އެސިސްޓެންޓް ކައުންސެލަރަކާއި، 2 ޕްރޮގްރާމް އޮފިސަރުން، 2 ސީނިއާ ޖުވެނަލް ޖަސްޓިސް އޮފިސަރުން، 2 މަސައްކަތު މީހުން، 2 ކައްކާ އަދި 6 ޗައިލްޑް ކެއާ އެޓެންޑެންޓުންނާއި 6 ސެކިޔުރިޓީ އޮފިސަރުން ހޯދުމަށެވެ.