26 May 2024
އަނެއްކާވެސް ރަހީނުކޮށް ފޭރުނު މައްސަލައެއްގައި ދެމީހަކު ހައްޔަރުކޮށްފި
މީހަކު ރަހީނުކޮށްގެން ގެންގުޅެ، އެ މީހާއަށް އަނިޔާކޮށް، އޭނާގެ އަތުން ފޭރުނު މައްސަލައިގައި މިއަދު ހައްޔަރު ކޮށްފައިވަނީ ފ. ނިލަންދުއަށް ނިސްބަތްވާ 39 އަހަރުގެ އަންހެނަކާއި 40 އަހަރުގެ ފިރިހެނެކެއެވެ. މި ދެމީހުން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުމުން، ކޯޓުން ވަނީ އެމީހުންގެ ބަންދަށް 10 ދުވަސް ޖަހާފައެވެ.