07 Jul 2024
ހަތިމެއްގައި ދަތްއަޅާ ވީދާލި ބިދޭސީއަކު ހައްޔަރުކޮށްފި
މިސްކިތެއްގައި އޮތް ހަތިމެއްގައި ދަތްއަޅާ ވީދާލި ބިދޭސީއަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
07 Jul 2024
ފުލުހެއްގެ އާއިލާއަށް ގޭންގަކުން ބިރުދެއްކި މައްސަލައެއް ތަހުގީގުކުރަނީ
ހުޅުމާލޭގައި ދިރިއުޅޭ ފުލުހަކަށާއި އޭނާގެ އާއިލާއަށް ގޭންގަކުން ބިރު ދެއްކި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.
07 Jul 2024
ސްޓެލްކޯގެ ކޭބަލްތަކެއް ވަގަށް ނެގި މީހާގެ ބަންދަށް 15 ދުވަސް
މިދިޔަ އަންގާރަ ދުވަހު، ސްޓެލްކޯގެ ސަބްސްޓޭޝަނަކުން ކަރަންޓް ކޭބަލްތަކެއް ވަގަށް ނެގި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
06 Jul 2024
ޑްރަގު މައްސަލައިގައި ހައްޔަރު ކުރި މީހަކު އަނެއްކާ ވެސް ހައްޔަރުކޮށްފި
ސަތޭކަ ކިލޯގެ މަސްތުވާތަކެތި އަތުލައިގަތް މައްސަލައިގައި ހައްޔަރުކުރެވި ދޫކޮށްލެވިފައި ހުރި މީހަކު އަނެއްކާވެސް މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފިއެވެ.
06 Jul 2024
ޖޫންމަހު ވައްކަމާއި ފޭރުމުގެ މައްސަލަތައް މަދުވެއްޖެ
މިއަހަރުގެ މެއި މަހާއި އަޅާ ބަލާއިރު، މިދިޔަ ޖޫންމަހު ފުލުހުންނަށް ރިޕޯޓް ކުރި ވައްކަމާއި ފޭރުމުގެ މައްސަލަތައް މަދުކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން އާއްމުކޮށްފިއެވެ.
05 Jul 2024
ސްޕާއެއްގައި ހަށިވިއްކަމުންދިޔަ ބަޔަކު ހައްޔަރުކޮށްފި
މާލޭގައި ހިންގަމުންދިޔަ ސްޕާއެއްގައި ހަށިވިއްކަމުންދިޔަ މައްސަލައެއްގައި ދިވެހި ފިރިހެނަކާއި އަންހެނުންތަކެއް ހައްޔަރުކޮށްފިއެވެ.
01 Jul 2024
ޖަލު އޮފިސަރަކަށް މަރުތޭލަކުން ހަމަލާ ދޭން މަސައްކަތްކޮށްފި
ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި، ޖަލު އޮފިސަރަކަށް ހަމަލާ ދޭން ބަޔަކު މަސައްކަތް ކޮށްފަިއވަނީ ޖޫން 11 ވަނަ ދުވަހުއެވެ. އެގޮތުން، ޕްރިޒަން އޮފިސަރު ސައިކަލުގައި ދުއްވާފައި ދަނިކޮށް، އޭނާގެ ފަހަތުން ދެ މީހުން ސައިކަލެއްގައި އައިސް، ސައިކަލު ފަހަތުގައި އިން މީހާގެ އަތުގައި އޮތް މަރުތޭލަކުން ޕްރިޒަން އޮފިސަރުގެ ބޮލުގައި ޖަހައި މާރާމާރީ ހިންގަން އުޅުނު ކަމަށް ފުލުހުން ބުނެއެވެ.
01 Jul 2024
ސިހުރުގެ ތުހުމަތުކުރެވޭ ޝަމްނާޒްގެ ބަންދަށް އިތުރު 7 ދުވަސް
ރައީސުލްޖުމްހޫިރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ދެކަނބަލުންނަށް ސިހުރު ހެދި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރެވުނު އެންވަޔަރަމަންޓުގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމްގެ ބަންދަށް ކްރިމިނަލް ކޯޓުން އިތުރު 7 ދުވަސް ޖަހައިފިއެވެ.