28 Jun 2024
13 ޖަލު އޮފިސަރުން ހައްޔަރު ކޮށްފި!
ޖަލުތަކުގައި ތިބޭ ގައިދީންނަށް ފޯނާއި ޑުރަގާއި އެ ނޫން ވެސް ތަކެތި ވައްދައިދޭ މައްސަލާގައި، އެކަމަށް ތުހުމަތުވާ ނެޓްވޯކްގައި ހިމެނޭ ކަރެކްޝަނަލް ސާވިސްގެ 13 އޮފިސަރުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
27 Jun 2024
ހިޔާ ފްލެޓްތެރޭ މީހަކަށް ގުރޫޕަކުން އަނިޔާކުރި މައްސަލަ ބަލަނީ
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓްތެރޭގައި މީހަކަށް ގުރޫޕަކުން އަނިޔާކުރި މައްސަލައެއް ފެންމަތިވެ، ފުލުހުން އެކަން ތަހުގީގު ކުރަން ފަށައިފިއެވެ.
25 Jun 2024
މާލެ ސަރަހައްދުގައި ނުރައްކާތެރި 46 ވަގުން، 4،000 ފަހަރު މުއާމަލާތް ކުރި!
މާލެ ސަރަހައްދުގައި އާއްމުކޮށް ވައްކަން ކުރާ 46 މީހުން ފާހަގަކުރެވިފައިވާ ކަމަށާއި، ފާއިތުވެދިޔަ 6 މަސްތެރޭ އެމީހުންނާއި 4،000 ފަހަރު ފުލުހުން މުއާމަލާތް ކުރިކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
25 Jun 2024
މިސްކިތުން ވައްކަން ކުރުމުން ބަންދަށް ޖެހީ 15 ދުވަސް
ޢީދު މިސްކިތުން ވައްކަން ކުރި މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފިއެވެ.
24 Jun 2024
100 ކިލޯ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރު ކުރި މީހަކު އަނެއްކާވެސް ހައްޔަރަށް
2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 13 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގަތް 100 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރު ކުރި މީހަކު މަސްތުވާތަކެތީގެ އެހެން މައްސަލައެއްގައި އަނެއްކާވެސް ހައްޔަރު ކޮށްފިއެވެ.
23 Jun 2024
ފުލުހެއްގެ ގައިގައި ކާރަކުން ޖެއްސި މީހާގެ ބަންދަށް 10 ދުވަސް ޖަހައިފި
މި މައްސަލައިގައި އިއްޔެ ހަވީރު ހައްޔަރުކުރީ ފުލުސް މީހާގެ ގައިގާ ޖެއްސި ކާރު ދުއްވަން އިން މީހާ އެވެ. އޭނާގެ މައްޗަށް ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާގެ ބަންދަށް 10 ދުވަސް ދީފައެވެ.
19 Jun 2024
ކުށްކުރުން އިތުރުވީ ކުށްވެރިން މުޖުތަމައުއަށް ދޫކޮށްލުމުން: ޝިފާން
ފަހަކަށް އައިސް މުޖުތަމައުގައި ކުށްކުރުން އިތުރުވެފައިވަނީ އެއްވެސް ހަމައެއް ނެތި ކުށްވެރިން މުޖުތަމައުއަށް ދޫކޮށްލުމުން ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްގެ ތަރުޖަމާނު އަދި ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝިފާން ވިދާޅުވެއްޖެއެވެ.
18 Jun 2024
ކެނެބިސް ޓްރެފިކް ކުރި މީހަކަށް 25 އަހަރުގެ ޖަލު ހުކުމެއް
މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނެބިސް ގިނަ އަދަދަކަށް ޓްރެފިކް ކުރި މީހަކަށް 25 އަހަރުގެ ޖަލު ހުކުމަކާއިއެކު އެއްލައްކަ ރުފިޔާގެ ޖޫރިމަނާ އެއް ކްރިމިނަލް ކޯޓުން އިއްވައިފިއެވެ.