13 Jun 2024
އެމްއޭސީއެލް ގެ ވެހިކަލް ވަގަށް ނެގި މީހާގެ ނަމުގައި 100 ވެހިކަލް!
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި ބާއްވާފައި އޮތް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ވެހިކަލެއް ވަގަށް ނެގި ކަމަށް ތުހުމަތު ކުރެވޭ ފަރާތުގެ ނަންމަތީގައި 100 ވެހިކަލް ރަޖިސްޓްރީ ކޮށްފައިވާކަމަށް ފުލުހުން ހާމަކޮށްފިއެވެ.
12 Jun 2024
ކުޅުދުއްފުއްޓަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި
ކުޅުދުއްފުށި ސިޓީއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު 20 އަހަރުގެ އަންހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
11 Jun 2024
ދެ ފުލުހަކަށް ހަމަލާ ދިން އަންހެނެއްގެ ބަންދަށް 10 ދުވަސް
ފުލުހުން ހާމަ ކުރި ގޮތުގައި، ދެ ފުލުހަކަށް ހަމަލާ ދީ މާރާމާރީ ހިންގުމުން، 45 އަހަރުގެ އަންހެނަކު ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ މެދު ގޮތެއް ނިންމުމަށް ކޯޓަށް މައްސަލަ ހުށަހެޅުމުން، މިހާރު އެ އަންހެން މީހާގެ ބަންދަށް ވަނީ، ކްރިމިނަލް ކޯޓުން 10 ދުވަސް ޖަހާފައެވެ.
06 Jun 2024
މީހުން ރަހީނުކޮށް ފޭރޭ މައްސަލައެއްގައި ދެމަފިރިއަކު ބަންދުކޮށްފި
މީހުން ރަހީނުކުރުމަށް ފަހު ބަރަހަނާކޮށް އޮރިޔާން ކާޑު އުފައްދައިގެން، ބިރު ދައްކައި ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި ދެމަފިރިއަކު ބަންދުކޮށްފިއެވެ.
03 Jun 2024
ފިހާރައަކަށްފަހު އިތުރުގެޔަކުން ވައްކަން ކުރަމުންދިޔަ މީހަކު ހައްޔަރަށް
އުރީދޫގެ ފިހާރައަކުން ވައްކަން ކުރުމަށްފަހު އިތުރުގެޔަކަށް ވަދެ، އެގެއިން ވައްކަން ކުރަމުންދިޔަ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
01 Jun 2024
މިރުޒާ މަރާލިކަން ސާބިތުވި ނަޡީފުގެ މައްޗަށް 17 އަހަރުގެ ޖަލު ހުކުމެއް
މީގެ 13 އަހަރު ކުރިން، ވިލިމާލޭ ޕާކްތެރޭގައި ނ. މާޅެންދޫ ވައިޓް ހައުސް އަހުމަދު މިރުޒާ މަރާލި މައްސަލަ ސާބިތުވި ފުވައްމުލައް ސިޓީ, ޒާވިއާ، އަބްދުﷲ ނަޡީފުގެ މައްޗަށް 17 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވައިފިއެވެ.
30 May 2024
ވީއައިއޭގައި މާރާމާރީ ހިންގި ބިދޭސީ މީހާ ޖޫރިމަނާކޮށްފި
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި މިމަހުގެ 7 ވަނަ ދުވަހު މާރާމާރީ ހިންގި ބިދޭސީ މީހާގެ މައްޗަށް 10،800 ރުފިޔާގެ ޖޫރިމަނާއެއް ކްރިމިނަލް ކޯޓުން އިއްވައިފިއެވެ.
26 May 2024
އަނެއްކާވެސް ރަހީނުކޮށް ފޭރުނު މައްސަލައެއްގައި ދެމީހަކު ހައްޔަރުކޮށްފި
މީހަކު ރަހީނުކޮށްގެން ގެންގުޅެ، އެ މީހާއަށް އަނިޔާކޮށް، އޭނާގެ އަތުން ފޭރުނު މައްސަލައިގައި މިއަދު ހައްޔަރު ކޮށްފައިވަނީ ފ. ނިލަންދުއަށް ނިސްބަތްވާ 39 އަހަރުގެ އަންހެނަކާއި 40 އަހަރުގެ ފިރިހެނެކެއެވެ. މި ދެމީހުން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުމުން، ކޯޓުން ވަނީ އެމީހުންގެ ބަންދަށް 10 ދުވަސް ޖަހާފައެވެ.