އިންސްޕެކްޓަރ އޮފް ޕޮލިސް ޝާމް މުހައްމަދު-- ފޮޓޯ: ވޮއިސް
ހަބަރު
11 Jul 2024 | 16:13
މީހަކާއި، އެމީހާ ގެ ބައިވެރިވުން އޮންނަ ޖަމިއްޔާއެއްގެ އެކައުންޓުން ބަޔަކު 5 ލައްކައަށްވުރެ ގިނަ ރުފިޔާ ނަގައިފި

އަމިއްލަ ފަރުދަކާއި މީހަކާއި، އެމީހާ ގެ ބައިވެރިވުން އޮންނަ ޖަމިއްޔާއެއްގެ އެކައުންޓުން ބަޔަކު 2 ގަޑިއިރު ތެރޭގައި 5 ލައްކައަށްވުރެ ގިނަ ރުފިޔާ ނަގައިފިއެވެ.

އިސްކަންދަރު ކޮށީގައި މިއަދު ފުލުހުންގެ ހިދުމަތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ފުލުހުން ބުނީ، 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު ނުދަންނަ ނަންބަރަކުން އާއްމު ފަރުދަކަށް ގުޅައި، ފްލެޓް ލިބިފައިވާ ކަމަށް ބުނެ އީމެއިލް އެޑްރެސް ހޯދާ، އެމީހާގެ މޮބައިލް ނަންބަރު އީސިމް އަކަށް ބަދަލުކޮށް، އިންޓަނެޓް ބޭންކިން ކޮމްޕްރޮމައިޒް ކުރުމަށްފަހު އޭނާގެ އަމިއްލަ އެކައުންޓުން 25،000 ރުފިޔާ އާއި އޭނާގެ ބައިވެރިވުން އޮންނަ ޖަމިއްޔާގެ އެކައުންޓުން 562،149 ރުފިޔާ ނަގާފައިވާ ކަމަށެވެ.

މި މައްސަލައިގައި ޝާމިލުވާ އެކަކު ވަނީ މިހާރު ހައްޔަރުކޮށްފައެވެ.

މި މައްސަލައިގެ ތަފްސީލުދެއްވަމުން އިންސްޕެކްޓަރ އޮފް ޕޮލިސް، ޝާމް މުހައްމަދު ވިދާޅުވީ، ސްކޭމް ކުރި ފަރާތުން ވިކްޓިމް އަށް ގުޅާފައިވަނީ އެދުވަހުގެ މެންދުރު 14:03 ގައި ކަމަށެވެ. އަދި ވިކްޓިމްއަށް އޭނާގެ ސިމް ނަމްބަރު ކޮމްޕްރޮމައިޒް ވެފައިވާކަން އެނގިފައިވަނީ އެދުވަހުގެ 14:53 ހާއިރު ކަމަށާއި، މިކަން އެނގުމުން އޭނާ ބޭންކާއި މުއާމަލާތުކޮށް އޭނާގެ އެކައުންޓުތަކުގެ އޮޓޯމޭޓެޑް ޑިސްޓްރިބިއުޝަން ޗެނަލްތައް އެދުވަހުގެ 15:53 ހާއިރު ހުއްޓުވިފައިވާކަމަށް ޝާމް ވިދާޅުވިއެވެ.

މައްސަލަ ފުލުހުންނަށް ހުށަހެޅުނީ އެދުވަހުގެ 16:15 ހާއިރު ކަމަށްވެސް ޝާމް ވިދާޅުވިއެވެ.

"މި މައްސަލަ ހުށަހެޅުމުން އަޅުގަނޑުމެން ކަން ހިނގާފައިވާ ގޮތް ބެލިއިރު، މައްސަލައިގައި ވިކްޓިމްގެ އެކައުންޓްގައި ހުރި ފައިސާއިން ވިކްޓިމްގެ ޕާސަނަލް އެކައުންޓުން 25،000 ރުފިޔާ ނަގާފައިވާއިރު، ވިކްޓިމްގެ ބައިވެރިވުން އޮންނަ ޖަމިއްޔާގެ އެކައުންޓުން ޖުމްލަ 562،149 ނަގާފައިވާއިރު، ބޭންކަށް މި މައްސަލަ ރިޕޯޓް ކުރެވި، މައްސަލައިގެ ވިކްޓިމްގެ އެކައުންޓުން 47 އިންސައްތަ ސަލާމަތްވެ، އަދި ވިކްޓިމްގެ ބައިވެރިވުން އޮންނަ ޖަމިއްޔާގެ އެކައުންޓުން 42 އިންސައްތަ ފައިސާ ސަލާމަތްކުރެވިފައި."

ޝާމް ވިދާޅުވިއެވެ.

ޝާމް ވިދާޅުވީ، ތަހުގީގުގެ މިހާތަނަށް ބެލި ބެލުމުން 581،149 ރުފިޔާ ވިކްޓިމް އާއި ވިކްޓިމް ގެ ބައިވެރިވުން އޮންނަ ޖަމިއްޔާގެ އެކައުންޓުން ނިގުޅައިގަތުމަށް ހޭދަވެފައިވަނީ ގާތްގަނޑަކަށް 1 ގަޑިއިރާއި 49 މިނިޓްކަން ފާހަގަކުރެވިފައިވާ ކަމަށާއި، މިއީ ގިނަ ބަޔެއްގެ ބައިވެރިވުމާއިއެކު ރާވައިގެން ހިންގާފައިވާ އޯގަނައިޒްޑް ކްރައިމް އެއް ކަން ފާހަގަވާކަމަށެވެ.

ސްކޭމް ކުރުމުގައި ބައިވެރިވި ފަރާތްތަކަށް މާލީ ގޮތުން މަންފާ ލިބިފައިވާ ކަމަށާއި، އެމީހުން ނިގުޅައިގެން ފައިސާގެ ތެރެއިން 62 އިންސައްތަ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި 8 އޭޓީއެމްއެއް ބޭނުންކޮށްގެން ނަގާފައިވާ ކަމަށާއި، މިފައިސާގެ 19 އިންސައްތައިގެ ތެރެއިން ކްރިޕްޓޯ ކަރަންސީއާއި 5 ވިޔަފާރިއަކުން އިލެކްޓްރޯނިކްސް އަގުބޮޑު މުދާ ގަތުމަށް ހޭދަކޮށްފައިވާކަން ތަހުގީގަށް ފާހަގަކުރެވުނުކަމަށް ޝާމް ވިދާޅުވިއެވެ.

މިގޮތުން، މި މައްސަލައިގައި ހިންގާފައިވާ ޓްރާންސެކްޝަން ތަކުގެ މަނީ ޓްރެއިލް ބަލައި، ނިގުޅައިގެންފައިވާ ފައިސާގެ ތެރެއިން ބޭނުން ނުކޮށް ހުރި 18 އިންސައްތަ ފައިސާ އެ އެކައުންޓްތަކުގައި ފްރީޒް ކުރި ކަމަށާއި، މި ފައިސާ ލޭޔަރ ތަކުގެ މެދުގައި ދައުރުވެފައިވާ ގޮތާއި ކޭޝްއައުޓް ކޮށްފައިވާ ގޮތަށް ބަލާއިރު، ފުރަތަމަ ލޭޔަރ ގައި މިފައިސާގެ 60 އިންސައްތަ ކޭޝްއައުޓް ކޮށްފައިވާއިރު، މި މުއާމަލާތްތަކަށް ހޭދަވެފައިވަނީ ގާތްގަނޑަކަށް 5 މިނިޓާއި 10 މިނިޓާއި ދެމެދުގެ ވަގުތެއް ކަމަށް ފުލުހުންގެ ތަހުގީގަށް ވަނީ ހާމަވެފައެވެ.

ޝާމް ވިދާޅުވީ، ފުރަތަމަ ލޭޔަރ އިން ދެވަނަ ލޭޔަރ އަށް 15 މިނިޓާއި 20 މިނިޓާއި ދެމެދުގެ ވަގުތެއް ހިނގާފައިވާ ކަމަށާއި، ދެވަނަ ލޭޔަރ އިން ތިން ވަނަ ލޭޔަރ އަށް ފައިސާ ދައުރުކޮށް، އެލޭޔަރ ގައި ފައިސާ ނެގުމަށް 20 މިނިޓާއި 30 މިނިޓާއި ދެމެދުގެ ވަގުތެއް ހޭދަވެފައިވާ ކަމަށެވެ. އަދި ހަތަރު ވަނަ ލޭޔަރ ގައި ހިނގި ޓްރާންސެކްޝަން ވިތުޑްރޯ ކުރުމަށް 6 ގަޑިއިރު ހޭދަވިކަމަށް ވެސް ޝާމް ވިދާޅުވިއެވެ.

މި ފައިސާއިން މުދާގަތުމުގައި ޖުމްލަ 36 ރަށަކުން 150 މީހުން ބައިވެރިވާއިރު، މައްސަލަ ތަހުގީގު ކުރުމުގައި 180 އަށް ވުރެ ގިނަ ފުލުހުން ވަނީ ބައިވެރިވެފައެވެ.

މި މައްސަލައިގައި ފުލުހުން ވަނީ 19 ފަރާތެއް ހުއްޓުވައި، ބަލާ ފާސްކޮށްފައެވެ. އަދި 10 މީހުން ދިރިއުޅޭ ތަނެއް ބަލާފާސްކޮށް، 42 މީހަކާއި ސުވާލުކޮށްފައިވާއިރު، ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 87 އިލެކްޓްރޯނިކް ޑިވައިސްއާއި ބޭންކް ސްޓޭޓްމެންޓްތައް ދަނީ ތަހުގީގުކުރަމުންނެވެ.

މި މައްސަލައާއި ގުޅިގެން މާފުށި ޖަލުގެ 3 ސެލް އެއްވެސް ފުލުހުން ބަލާފައިވާއިރު، ޖަލަށް ވެއްދުން މަނާ އެތައް ތަކެއްޗެއް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ކޮމެންޓް
މުހަންމަދު
ތިއީ ބޭންކޮ އޮފް މޯލްޑިވްސްގެ ސްޓާފުންގެ ބައިވެރިވުން އޮވެގެން ނޫނީ ނުވާނެ ކަމެއް....ބޭންކް ސާފުކުރޭ......
11 Jul 2024
ގުޅޭ ލިޔުންތައް
30 Jun 2026
ބީއެމްއެލް އިން ޑޮލަރު އިންވެސްޓްމަންޓް ޕޫލް ތަޢާރަފްކޮށްފި
ބޭންކް އޮފް މޯލްޑިވްސް އިން ފީގެ ގޮތުގައި އާމްދަނީ ލިބޭ ވިޔަފާރީގެ މުޢާމަލާތްތަކަށް ޑޮލަރުން އިންވެސްޓްކުރުމުގެ ފުރުސަތު ހުޅުވާލައި 25 ޕަސެންޓާ ހަމައަށް ރުފިޔާ އިން ފައިދާ ލިބޭ ނިޒާމެއް ތަޢާރަފްކޮށްފިއެވެ.
30 Jun 2026
ހިމަބިހި ހަލުވިކަމާއެކު ފެތުރެނީ؛ ނިމުނު ހަފްތާ އެކަނިވެސް 44 ކޭސް
އެޗްޕީއޭއިން މިއަދު ބުނީ، މިއަހަރު މިހާތަނަށް ޖުމުލަ 66 މީހަކަށް ހިމަބިހި ޖެހިގެން ރިޕޯޓްކޮށްފައިވާ ކަމަށެވެ.
30 Jun 2026
އިމްތިޙާނު ހޯލަށް ވަނުމުގެ ކުރިން ވިސްނުން ބަހައްޓަންވީ ކޮންކަމަކަށް؟
އިމްތިޙާނުގެ ކާމިޔާބީއަކީ ހަމައެކަނި ފިލާވަޅު ދަސްކުރުން އެކަންޏެއް ނޫނެވެ. އެއީ ސިކުނޑިއާއި، ހަށިގަނޑާއި، ހިތް އެކަމަށް ތައްޔާރުކުރުމެވެ
30 Jun 2026
ޕެރަގުއޭގެ ތާރީޚީ މޮޅާއެކު ބަންދު ދުވަހެއް
ވޯލްޑް ކަޕްގައި ޕެނެލްޓީ ޝޫޓްއައުޓުން ޖަރުމަނު ބަލިކޮށް ޕެރަގުއޭ ކުއާޓާ ފައިނަލަށް ދިއުމާ ގުޅިގެން އެޤައުމުގެ ރައީސް ޖޫން 30 ވަނަ ދުވަސް ޤައުމީ ބަންދު ދުވަހެއްގެ ގޮތުގައި އިޢުލާނުކުރައްވައިފި.
30 Jun 2026
ވޯލްޑް ކަޕްގައި ހީޓް ޑޯމް ނުރައްކަލަކަށް
އެމެރިކާގެ މެދުތެރެއާއި އިރުމަތީގައި ހޫނުގެ ރާޅު ކުރިއަށްދާއިރު ވޯލްޑް ކަޕް މެޗުތަކަށް ނުރައްކާ ކުރިމަތިވެއެވެ. ފީފާއިން ކޮންމެ ހާފެއްގައި ތިން މިނެޓުގެ ހައިޑްރޭޝަން ބްރޭކު ލާޒިމްކޮށްފައިވެއެވެ.
30 Jun 2026
ފްރާންސުން ފާސްޓް ފެޝަން ޖޫރިމަނާ ކުރަނީ
ޝީން ޓީމޫ އެލިއެކްސްޕްރެސް ފަދަ އޮންލައިން ފާސްޓް ފެޝަން ކުންފުނިތަކުން ކޮންމެ ޕްރޮޑަކްޓަކަށް 10 ޔޫރޯއާ ހަމައަށް ޖޫރިމަނާ ދައްކަން ޖެހޭނެ ޤާނޫނެއް ފްރާންސް ސެނެޓުން ފާސްކޮށް އިޝްތިހާރު ކުރުން މަނާކޮށްފި
30 Jun 2026
މައްޗަންގޯޅި ގެއެއްގައި އަލިފާނުގެ ހާދިސާއެއް
އެމްއެންޑީއެފުން ބުނީ، ރޯވީ އެގޭގެ ބަދިގެއާ ސިޓިންރޫމް ހިމެނޭ ބައިގައިހުރި ކަބަޑެއްގެ ތިރީގައި ކަމަށެވެ.
30 Jun 2026
މޮރޯކޯއިން ނެދަލޭންޑްސްގެ މައްޗަށް ކުރި ހޯދައި ގަދަ 16 އަށް
މުބާރާތުގައި މޮރޯކޯ ދެން ނިކުންނާނީ، އަންނަ ހޮނިހިރުދުވަހު، ކެނެޑާ އާ ދެކޮޅަށެވެ.