ދިފާޢީ ވުޒާރާ
03 Aug 2024
އަމާންވެއްޓެއްގައި ދިރިއުޅެން ލިބިފައި މިވަނީ އެތަކެއް އަބުޠާލުންގެ ބުރަމަސައްކަތްޕުޅުން: ޣައްސާން
މިނިވަން އަމާންވެއްޓެއްގައި އަޅުގަނޑުމެންނަށް ދިރިއުޅެން ލިބިފައި މިވަނީ އެތަކެއް އަބުޠާލުންގެ ބުރަމަސައްކަތްޕުޅުން ކަމުގައި ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
02 Jun 2024
މެލޭޝިޔާގެ ދިފާޢީ ވަޒީރާ، ރާއްޖޭގެ ދިފާޢީ ވަޒީރު ޣައްސާން ބައްދަލުކުރައްވައިފި
މިއަދު ރާއްޖޭގެ ދިފާޢީ ވަޒީރު ޣައްސާން، މެލޭޝިޔާގެ ދިފާޢީ ވަޒީރު މުޙައްމަދު ޚާލިދު ބިން ނޫރައްދީންއާ ބައްދަލުކުރެއްވީ، ދުނިޔޭގެ އެކި ގައުމުތަކުގެ ދިފާޢީ ވަޒީރުންނާއި މިލިޓަރީގެ ޗީފުންނަށް ޚާއްސަކޮށް ކޮންމެ އަހަރަކު ވެސް ސިންގަޕޫރުގައި ބާއްވާ ޝަންގްރިއްލާ ޑައިލޮގްގެ މިއަހަރުގެ ބައްދަލުވުމުގެ ތެރެއިންނެވެ.
20 May 2024
ހުއްދަ ނެތި ޑްރޯން އުދުއްސާނަމަ ފިޔަވަޅު އަޅަނީ
ސިފައިން ސެކިއުރިޓީ ބަލަހައްޓާ ސަރަހައްދުތަކާއި އެއަރޕޯޓްތައް ހިމެނޭ ސަރަހައްދުތަކަށް ހުއްދަނެތި ޑްރޯން އަރުވާނަމަ ފިޔަވަޅު އެޅުމަށް ދިފާއީ ވުޒާރާއިން ނިންމައިފިއެވެ.
18 May 2024
އެތެރޭގެ އުދުހުންތަކުގައި 100 މިލިލީޓަރަށްވުރެ ގިނައިން ދިޔާތަކެތި ނުގެންދެވޭގޮތަށް ހަދައިފި
ދިވެހިރާއްޖޭގެ ޑައިރެކްޓޮރޭޓް އޮފް އޭވިއޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން (ޑާސާ) އިން މިއަދު ވިދާޅުވީ އަތްދަބަހުގައި ދިޔާ ތަކެތި ގެންދެވޭނެ ގޮތްތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. އެގޮތުން އެތެރޭގެ އުދުހުންތަކުގައި ދިޔާތަކެތި އަޅާފައި ހުންނަ ކޮންޓެއިނަރ ގެންދެވޭނީ 100 އެމްއެލް، އަށް ވުރެ ގިނަ ނުކޮށް ކަމަށާއި ފަސިންޖަރަކަށް ގެންދެވޭނީ ގިނަވެގެން 100 އެމްއެލްގެ 10 ކޮންޓެއިނަރު ކަމަށެވެ.
05 May 2024
ޑިފެންސް މިނިސްޓަރ ޣައްސާން، އެމެރިކާގެ އިސް ކޮމާންޑަރަކާ ބައްދަލަުކުރައްވައިފި
މިއަދު ދިފާޢީ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި ވަޒީރު ޣައްސާން މައުމޫނު ވަނީ، އެމެރިކާގެ މަންޓާނާ ނޭޝަނަލް ގާޑްސްގެ އެޑްޖުޓެންޓް ޖެނެރަލް ޖޯން ޕީޓާ ހްރޮނެކް(ދެވަނަ) އާއި އޭނާގެ ޓީމާ ބައްދަލުކުރައްވާފައެވެ.
05 Mar 2024
އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި
ރާއްޖެ އަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގައި ޗައިނާ އާއި އެކު ސޮއިކޮށްފިއެވެ.
20 Jan 2024
މެޑިކަލް އިވެކުއޭޝަންގެ %93 ދަތުރު ކުރީ މޯލްޑިވިއަން އެއާލައިނުން: ޣައްސާން
ރާއްޖޭގައި މީގެ ތިން އަހަރު ކުރިން ފެށިގެން މިހާތަނަށް އެއްކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ކުއްލި ހާލަތުގައި ބޭސްފަރުވާގެ ބޭނުމަށް މީހުން އުފުލުމުގައި ނުވަތަ މެޑިކަލް އިވެކުއޭޝަންގެ 93 ޕަސެންޓް ދަތުރު ކޮށްފައި ވަނީ މޯލްޑިވިއަން އެއާލައިނުން ކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.