03 Jun 2025
ޙައްޖު މޫސުން އާދަޔާ ޚިލާފަށް ހޫނުވެދާނެކަމުގެ އިންޒާރު ސައުދީން ދީފި
މިއަހަރުގެ ޙައްޖު މޫސުމުގައި އާދަޔާ ޚިލާފަށް ހޫނުގަދަވެދާނެ ކަމަށް އިންޒާރު ސައުދީ އަރަބިއްޔާގެ ނޭޝަނަލް ސެންޓަރ އޮފް މެޓިއޮރޮލޮޖީ (އެންސީއެމް) އިން ދީފިއެވެ. އެ މަރުކަޒުން ބުނާ ގޮތުގައި މިއަހަރުގެ ޙައްޖު މޫސުމުގައި ހޫނުމިން 47 ޑިގްރީ ސެލްސިއަސްއަށް އަރައިފާނެއެވެ.
03 Jun 2025
ހުއްދަ ނެތް ބަޔަލު މައްކާއަށް ގެންދިއުމަށް މަސައްކަތްކުރި ބަޔަކު ހައްޔަރު
ސައުދީ އަރަބިއްޔާގައި ހައްޖު ހުއްދަ ނެތި 108 މީހުން މައްކާއަށް ގެންދިއުމަށް މަސައްކަތްކުރި 3 މީހުން ހައްޔަރުކޮށްފިއެވެ.
03 Jun 2025
މިއަހަރު ޙައްޖުގެ އިންތިޒާމްތައް ފުރިހަމަ ކުރުމަށްޓަކައި ބޭނުންކުރާނީ އޭއައި އަދި ސްމާޓް ޓެކްނޮލޮޖީ
- މި އަހަރުގެ ޙައްޖުގެ އަޅުކަމަށް ސަޢުދީ ޢަރަބިއްޔާއަށް މިލިއަނަކަށްވުރެ ގިނަ ޙައްޖުވެރިން ދަތުރުކުރާނެއެވެ. - މިއަހަރުގެ ޙައްޖުގެ ކަންކަން ފަސޭހަކޮށް ދިނުމަށްޓަކައި އޭއައި އަދި ސްމާޓް ޓެކްނޮލޮޖީގެ ހިދުމަތް ދިނުމަށް ސަޢުދީ ޢަރަބިއްޔާއިން ވަނީ ނިންމާފައެވެ.
02 Jun 2025
ހައްޖު ވެކްސިނާއި ބޭސް ހިލޭ ލިބޭނެ ގޮތް ރައީސް ހަމަޖައްސަވައިފި
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ހަވީރު މައްކާގައި ދިވެހި ހައްޖުވެރިންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
02 Jun 2025
ހާޖީންނަށް 19 ދުވަސް، 15 ދުވަހަށް ކުރުކޮށްލި ވާހަކައަކީ ދޮގެއް: ޝަހީމް
ހައްޖަށްދާ މީހުން މީގެ އަހަރުތަކެއް ކުރިން 30 ދުވަހު ތިބޭ ނަމަވެސް މި ފަހު އަހަރުތަކުގައި އާންމުކޮށް ތިބެނީ 22 އާއި 25 ދުވަހުގެ މުއްދަތަކަށެވެ.
01 Jun 2025
މައްކާ ރޫޓްގައި ރަސްމީކޮށް ރާއްޖެ ހިމަނާ ސަޢުދީން އެކަން އިއުލާނު ކޮށްފި
ރާއްޖެއަށް އެ ފުރުސަތު ސައުދީ ސަރުކާރުން ދިނީ އެ ފުރުސަތު ދިނުމަށް ކަނޑައަޅާފައިވާ ހުރިހާ ޝަރުތުތަކަކުން އިސްތިސްނާ ކުރުމަށް ފަހު ރަސްގެފާނުގެ ހާއްސަ އިނާޔަތުގެ ދަށުންނެވެ.
31 May 2025
ރައީސްގެ ދެކަނބަލުން ހައްޖުގެ އަޅުކަން އަދާކުރުމަށް ފުރާވަޑައިގަންނަވައިފި
ރައީސްގެ އަރިހުގައި ވަޑައިގަންނަވާ ވަފުދުގެ ބޭފުޅުން، ސަޢޫދީ ޢަރަބިއްޔާގައި ތިއްބަވާނީ، ސަޢޫދީ ސަރުކާރުގެ ޚާއްޞަ މެހްމާންދާރީގައި
29 May 2025
ހައްޖުގެ ޤަވާޢިދުތަކާ ޚިލާފުވި 6 ފަރާތަކަށް އަދަބުދީފި
ޙައްޖުގެ ޤަވާޢިދުތަކާ ޚިލާފުވެ، ހުއްދަނެތި ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީއަށް މީހުން ވައްދަން މަސައްކަތް ކުރި 6 މީހަކަށް ހަރުކަށި އަދަބު ދީފިއެވެ.