05 Apr 2024
ހުޅުމާލެ ތިންވަނަ ފިޔަވަހިން 15 ހެކްޓަރުގެ ބިން ހިއްކައިފި
ހުޅުމާލޭ 3 ވަނަ ފިޔަވަހީގެ 15 ހެކްޓަރުގެ ބިން ހިއްކާ ނިންމާލައިފިއެވެ.
03 Apr 2024
ހުޅުމާލޭގެ 3 ވަނަ ފިޔަވަހީގެ ގޮތުގައި ބިންހިއްކާ ސަރަހައްދުން އުޅަނދުތައް ނެގުމަށް އަންގައިފި
ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ގޮތުގައި ބިން ހިއްކުމަށް ހަމަޖެހިފައިވާ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ނަގަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން އަންގައިފިއެވެ. އެޗްޑީސީ އިން އިއްޔެ ނެރުނު ބަޔާނެއްގައި އަންގާފައިވަނީ ބިން ހިއްކަމުންގެންދާ ސަރަހައްދުގެ، ސައިޓް ބީގެ މަސައްކަތްތަކަށް ހުރަސްއެޅޭ ގޮތަށް އަޅާފައިވާ އުޅަނދުތައް ނެގުމަށެވެ.
03 Apr 2024
200 އަށްވުރެން ގިނަ ބިލު މެނިފެސްޓޯ ތަންފީޒު ކުރުމަށް ފާސްކުރަންޖެހޭ: ރައީސް މުޢިއްޒު
މި ސަރުކާރުން އެކުލަވާލާފައިވާ މެނިފެސްޓޯގައި ހިމެނޭ ކަންކަން ތަންފީޒުކުރަން ރައްޔިތުންގެ މަޖިލީހުން 200 އަށް ވުރެ ގިނަ ބިލު ފާސްކުރަން ޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
03 Apr 2024
މަޝްރޫއުތައް ހުއްޓާލާފައިވާ ކަމަށް ބުނާތީ، ރައީސް ރައްދު ދެއްވީ ހެއްކާއެކު
މިސަރުކާރުން އައިސް މަޝްރޫއުތައް ހުއްޓާލާފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުންދާތީ، އެފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ރައްދު ދެއްވައިފިއެވެ.
02 Apr 2024
ރައީސް ޑރ.މުއިއްޒު ހިޔާ ސަރަހައްދުގެ ރައްޔިތުންނާއި ބައްދަލުކުރައްވަނީ
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިރޭ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ސަރަހައްދަށް ވަޑައިގެން އެ ސަރަހައްދުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ނިންމަވައިފިއެވެ.
02 Apr 2024
ހުޅުމާލެއިން 13 އަހަރުގެ ކުއްޖަކު ގެއްލިގެން ހޯދަނީ
ހުޅުމާލެއިން 13 އަހަރުގެ ކުއްޖަކު ގެއްލިގެން ހޯދަން ފުލުހުން އިއުލާން ކޮށްފިއެވެ.
01 Apr 2024
ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ މީހަކު ނިޔާވެއްޖެ
ހުޅުމާލޭ ޖަލުގައި ޙުކުމް ތަންފީޛުކުރަމުން ދިޔަ 44 އަހަރުގެ މީހެއް ރޭގެ ވަގުތެއްގައި ނިޔާވެއްޖެއެވެ.
29 Mar 2024
ކޭބަލް ވިއުގައިގެ މަތީގައި އިޝްތިހާރު ބޯޑު ހަރުކުރާތީ އެމްޑީގެ ކަންބޮޑުވުން
މާލެ، ހުޅުލެ އަދި ހުޅުމާލެ ކަރަންޓުގެ އެއްވިއުގައަކުން ގުޅާލުމަށް ޤާއިމްކޮށްފައިވާ ގްރޭޓަރމާލެ އިންޓަކަނެކްޝަން ގްރިޑްގައި ހިމެނޭ ކޭބަލް ވިއުގައިގެ މައްޗަށް ދަގަނޑު ޖަހައި އިސްތިހާރު ބޯޑުތައް އަދިވެސް ޖަހަމުންދާތީ ސްޓެލްކޯއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.