އިންޑިއާ އައުޓް
01 Jul 2023
"އިންޑިއާ އައުޓު ހަރަކާތް ހުއްޓުވޭނެ އެއްގޮތެއް ވެސް ނޯންނާނެ"
ދިވެހިރާއްޖޭގައި ޤާއިމްވެގެން ތިބި އިންޑިއާ ސިފައިންނާއި ދެކޮޅަށް އިދިކޮޅު ކޯލިޝަނުން އިސް ނަގައިގެން ފަށާފައިވާ "އިންޑިއާ އައުޓު" ހަރަކާތް ހުއްޓުވޭނެ ހަމަ އެއްގޮތެއް ވެސް ނޯންނާނެކަމަށް އިދިކޮޅު ކޯލިޝަންގެ އެކްޝަން ޑިޕާޓުމަންޓުގެ ޗެއާ އަދި މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު މުޙައްމަދު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
03 Jun 2023
"ސަރުކާރުން ފޮނުވާ ބަޔަކު "އިންޑިއާ އައުޓް" ބެނާ ދަމަން އުޅޭކަން އެނގުނު"
"ބާނަ ބާނާ ތިއްބާ ތިޔަވިއްކާލީ ކަނޑު" ޖަލްސާގެ ތެރޭގައި އިންޑިއާއައުޓް ބެނަރ ދެމީ ޖަލްސާއަށް ހުރަސް އެޅުމަށް ސަރުކާރުން ފޮނުވި ބައެއް ކަމަށާ، އެކަން ޖަލްސާ ފެށުމުގެ ކުރިން އެނގިފައިވާ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.
03 Jun 2023
""އިންޑިއާ އައުޓް" ބެނާ ދެމީ ސަރުކާރުން ފޮނުވި ބައެއް"
ރާއްޖޭގައި ތިބި އިންޑިއާގެ އަސްކަރިއްޔާއާ ދެކޮޅަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީން ރާވާ ހިންގަމުން އަންނަ "އިންޑިއާ އައުޓް" ހަރަކާތަށް ދަ ޑިމޮކްރެޓްސް ޕާޓީގެ ތާއީދު ނުކުރާ ކަމަށާ، އަދި ރޭގެ ރެލީގައި އެފަދަ ބެނާއެއް ދަމާފައިވަނީ ސަރުކާރުން ފޮނުވި ބައެއް ކަމަށް އެ ޕާޓީން ތުހުމަތުކޮށްފި އެވެ.
05 Apr 2023
އިންޑިޔާ އައުޓް ހަރަކާތުގެ ބައިވެރިންނަށް މަލާމާތް ކުރި މައްސަލައަށް ޖަވާބު ނުދެއްވި،
އިންޑިޔާ އައުޓް ހަރަކާތުގެ ބައިވެރިންނަށް މަލާމާތް ކުރި މައްސަލައަށް ޖަވާބު ދެއްވަން މާރިޔާ ދެކޮޅުހައްދަވައިފިއެވެ.
04 Mar 2023
އައްބާސް އާދިލް ރިޒާގެ ޝަރީއަތް މާދަން ފަށަނީ
ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަން ރޯކޮށްލަން ހިތްވަރުދިން ކަމުގެ ތުހުމަތުގައި ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާނު، އަދި ކަސްޓަމްސްގެ ކުރީގެ ކަމިޝަނާ ޖެނެރަލް އައްބާސް އާދިލް ރިޒާގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި ގުޅޭ ޝަރީއަތް މާދަން ފެށުމަށް ތާވަލުކޮށްފި އެވެ.
19 Feb 2023
އައްބާސް އަށް އެއް އަހަރުގެ ޖަލު ހުކުމް އަންނަ ދައުވާއެއް
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ، 22 ޑިސެންބަރު 2022 ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ "ކްލަބްހައުސް" ގައި ޢައްބާސް ޢާދިލް ރިޟާ ވާހަކަ ދައްކަމުން ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ތުހުމަތުކުރެވޭ މަނީލޯންޑަރިންގެ މައްސަލައެއްގެ ޝަރީޢަތް ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ގޮތާމެދު ހިތްހަމަ ނުޖެހިގެން ޕެޓްރޯލާއި، ވާބުރި ފަދަ ތަކެތި އެއްޗެހި ހޯދައި، މާލޭގެ އެކި ތަންތަނުގައި ހުޅުޖަހައި، ހަމަނުޖެހުން ހިންގުމަށް ހިތްވަރުދީފައިވާ ކަމަށެވެ.
18 Feb 2023
މާރިޔާ ސިފަކުރެއްވީ "އިންޑިއާ އައުޓު" ގޮވާ މީހުން ޑީޕޯޓުކޮށްލުމަކީ ދެން ތިބީންނަށް ފިލާވަޅެއްކަމަށް!
އާއިލާއާއެކު ބޭސްފަރުވާއަށް އިންޑިއާއަށް ދިޔަ ޕީޕީއެމްގެ ހުޅުމާލެ ދާއިރާގެ ރައީސް އަބްދުއް ޞަމަދު ހައްޔަރުކޮށް ޑީޕޯޓުކޮށްލަން ޖެހުނީ ޞަމަދަކީ އިންޑިއާއަށް އެއްޗެހި ކިޔާ މީހަކަށް ވާތީކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ވިދާޅުވެއްޖެ އެވެ.
18 Feb 2023
"އިންޑިއާ ރުއްސަން ދިވެއްސަކަށް ޖޯކު ޖެހުން ބަލައެއް ނުގަނެވޭ، މިނިސްޓަރު މާފަށް އެދެން ޖެހޭ"
ދިވެހި ދަރިއަކު ރާއްޖެއިން ބޭރުގައި އުފުލި ތަކުލީފުތަކަށް ދިފާއީ ވަޒީރުގެ މަގާމުގައި ހުންނަވާ މާރިޔާ އަހުމަދު ދީދީ ޖޯކު ޖައްސަވާ މަލާމާތް ކުރީ އިންޑިއާ ރުއްސަން ކަމަށާއި، އެކަން ހަރުކަށި އިބާރާތުން ކުއްވެރިކުރާކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފި އެވެ.