މުހައްމަދު އިސްމާއިލް / ފޮޓޯ: ވޮއިސް
ހަބަރު
01 Jul 2023 | 11:55
"އިންޑިއާ އައުޓު" ހަރަކާތް ހުއްޓުވޭނެ އެއްގޮތެއް ވެސް ނޯންނާނެ: މުޙައްމަދު އިސްމާއިލް

ދިވެހިރާއްޖޭގައި ޤާއިމްވެގެން ތިބި އިންޑިއާ ސިފައިންނާއި ދެކޮޅަށް އިދިކޮޅު ކޯލިޝަނުން އިސް ނަގައިގެން ފަށާފައިވާ "އިންޑިއާ އައުޓު" ހަރަކާތް ހުއްޓުވޭނެ ހަމަ އެއްގޮތެއް ވެސް ނޯންނާނެކަމަށް އިދިކޮޅު ކޯލިޝަންގެ އެކްޝަން ޑިޕާޓުމަންޓުގެ ޗެއާ އަދި މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު މުޙައްމަދު އިސްމާއިލް ވިދާޅުވެއްޖެ އެވެ. 

މުޙައްމަދު އިސްމާއިލް މިފަދައިން ވިދާޅުވެފައި ވަނީ ޢީދު ބަންދުގައި އިދިކޮޅުން ކުރިއަށް ގެންދިޔަ މުޒާހަރާއެއްގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ މޫނުމަތިތަކެއް ޖަހާފައިވާ މާސްކުތަކެއް ބޭނުންކޮށްގެން ކުރިއަށް ގެންދިޔަ ހަރަކާތް ސަރުކާރުން ކުށްވެރިކޮށް ބަޔާނެއް ނެރެފައިވާ ދަނޑިވަޅެއްގައި ކުރެއްވި ޓްވީޓެއްގަ އެވެ. 

މުޙައްމަދު އިސްމާއިލް ވިދާޅުވީ އިދިކޮޅު ކޯލިޝަންގެ އެކްޝަން ޑިޕާޓުމަންޓު ހަދައި، މިހާތަނަށް އެ ޑިޕާޓުމަންޓުން ކޮށްފައިވާ ކަންކަމަށް ބަލާއިރު ރައްޔިތުންގެ މަސްލަހަތާއި ގުޅުންހުރި ވަރަށް ގިނަ ކަންކަމުގައި އަޑުއުފުލުގެ މަގުފަހިކޮށްދީ އެކި ހަރަކާތްތައް ހިންގާފއިވާނެ ކަމަށެވެ.

"އަޅުގަނޑުމެން ވާނީ ރޭޕް ކޭސްތަކުން އަނިޔާވި ފަރާތްތަކަށް ހައްގު ހޯދުމަށް، އިންޑިއާ ސިފައިން ރާއްޖެގަ ތިބުމާ ދެކޮޅަށް، ދިވެހި ރައްޔިތުންގެ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމާއި ދެކޮޅަށް އަދި ގޮތް ނޭގޭ މަރުތަކުގެ ހައްގު ހޯދުމަށް ނުހުއްޓި ސުލްހަވެރި އިހުތިޖާޖު ކޮށްފައެވެ. މީގެން އިތުރުންވެސް ދިވެހި ރައްޔިތުންގެ ހައްގުގައި އެތައް ހަރަކާތެއް ހިންގާފަ"

މިޙައްމަދު އިސްމާއިލް 

މުޙައްމަދު އިސްމާއިލް އިތުރަށް ވިދާޅުވީ ރާއްޖޭގައި ޤަވައިދާއި ޚިލާފަށް ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމަށް ކުރިއަށް ގެންދާ ހަރަކާތަކީ އިދިކޮޅު ކޯލިޝަންގެ ލީޑަޝިޕްގެ ފުރިހަމަ ތާއީދާއެކު ހިންގާ ހަރަކާތްތަކެއް ކަމަށެވެ. އަދި އެ ހަރަކާތް ހުއްޓުވުމަށް ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް ހަރަކާތް ހުއްޓުވޭނެ ގޮތެއް ވެސް ނޯންނާނެކަމަށް އޭނާ ވިދާޅުވި އެވެ. 

"އިންޑިއާ އައުޓު ހަރަކާތަކީ ޕީޕީއެމް ލީޑާޝިޕް ގެ ފުރިހަމަ އެއްބާރުލުން އަދި ބައިވެރިވުން ލިބިގެން ހިންގާ ހަރަކާތަކަށް ވުމުން އިންޑިއާ އައުޓް ހަރަކާތް ހުއްޓުވޭނެ އެއްވެސްގޮތެއް ނޯންނާނެކަން ދަންނަވަން"

މުޙައްމަދު އިސްމާއިލް 

ޕީޕީއެމްގެ ވެރިކަމެއްގައި ޤަވައިދާއި ޚިލާފަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލާނެކަމަށް ވާދަވެރި ސިޔާސީ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވެސް ވަނީ ވިދާޅުވެފަ އެވެ.

އަދި އިންޑިއާއިން ރާއްޖޭގެ ދާޚިލީ ކަންކަމަށް ބަސްބުނެ، ގޮތް ނިންމުމުގެ ފުރުސަތުވެސް ނުދެއްވާނެ ކަމަށާއި، އެފަދަ ކަންކަން ނުކުރުމަށް އިންޑިއާއަށް ނަސޭހަތްތެރިވާކަމަށް ވެސް ރައީސް ޔާމިނު ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ސާފް ޗެމްޕިއަންޝިޕަށް އިންޑިއާގެ ސީނިއާ ސްކޮޑު ނުފޮނުވުމަށް ނިންމައިފި
ސަރަޙައްދީ މުބާރާތެއްގައި ވާދަކުރުމަށްވުރެ މި ސަރަޙައްދުގެ ޤައުމުތަކަށްވުރެ ފެންވަރު ރަނގަޅު ޓީމަކާ ދެކޮޅަށް ކުޅުމުން އިންޑިއާގެ ފުޓުބޯޅައަށް ލިބޭ ފައިދާ ބޮޑުވާނެކަމަށް އެޤައުމުން ވަނީ ބުނެފައި
26 Sep 2026
ފަސިންޖަރުންގެ މައުލޫމާތު އިމިގްރޭޝަނަށް ދިނުން ލާޒިމުކޮށްފި
ގަވައިދުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެރަރިސްޓު ޖަމާޢަތްތަކަށް ނިސްބަތްވާ ނުވަތަ އެފަދަ ޖަމާޢަތްތަކާ ގުޅުން އޮންނަ ކަމަށް ބެލެވޭ ފަރާތްތަކާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާ ގުޅޭ މީސްމީހުން ރާއްޖެ ވަނުމުގެ ކުރިން ދެނެގަތުން
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.