މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން--ފޮޓޯ/ ދެން
ހަބަރު
02 Jul 2023 | 16:22
އަޅުގަނޑުމެން އިންޑިޔާ އައުޓް ހަރަކާތާއި އެއްކޮށްވެސް ދެކޮޅު؛ އިދިކޮޅަށް ދުލެއް ނުދޭނަން: ޑިމޮކްރެޓްސް

ދިވެހިރާއްޖޭގައި އިންޑިޔާ ސިފައިން ތިބުމާއި ދެކޮޅަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތަކީ އެއްވެސް ވަރަކަށް ތާއީދުކުރާ ހަރަކާތެއް ނޫން ކަމަށް، ރައީސް މުހައްމަދު ނަޝީދުގެ އަރިސް ބޭފުޅުން އުފައްދަވާފައިވާ ދަ ޑިމޮކްރެޓްސް ޕާޓީން ބުނެފި އެވެ. 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ވެރިކަން ނިމުމަކަށް ގެނައުމަށް، އިދިކޮޅު ޕީޕީއެމް/ޕީއެންސީ އާއި ޑިމޮކްރެޓްސް ވަނީ އެކުގައި މަސައްކަތް ކުރަން ފަށާފައެވެ. އެގޮތުން، ދެ ޕާޓީ އެކުގައި މަސައްކަތް ކޮށްގެންވެސް ރައީސް ޞާލިހު ވެރިކަމުން ބޭލުމަށް ކުރަން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށް ދެ ޕާޓީން ވަނީ ބުނެފައެވެ.

އެކަމާއި ގުޅޭ މަޝްވަރާ ބައްދަލުވުންތައްވެސް މިހާރު ފަށާފައިވާއިރު، މިއަދު ވަނީ ދެ ފަރާތުން ގުޅިގެން ބާއްވާ ތިން ވަނަ މަޝްވަރާ ބައްދަލުވުން ކުރިއަށް ގެންގޮސްފައެވެ. އެއަށްފަހު ބޭއްްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، ޑިމޮކްރެޓްސް ގެ ފަރާތުން، އެސްޓީއޯގެ ކުރީގެ އެމްޑީ ހުސައިން އަމްރު ވަނީ ޕީޕީއެމް/ޕީއެންސީ އާއި އެކުގައި މަސައްކަތް ކުރި ނަމަވެސް އިންޑިއާ އައުޓް ހަރަކާތަށް ޑިމޮކްރެޓްސް އިން ތާއީދު ނުކުރާނެ ކަމަށް ވިދާޅުވެފައެވެ. 

އެކަމާއި ގުޅިގެން، އިތުރު މައުލޫމާތު "ވޮއިސް" އަށް ދެއްވަމުން އަމްރު ވިދާޅުވީ، ދަ ޑިމޮކްރެޓްސް ގެ ޚާރިޖީ ސިޔާސަތު، އެއްވެސް ގައުމަކާއި ދެކޮޅު ހަރަކާތެއް ހިންގުމަށް ތަން ނުދޭ ކަމަށެވެ. އަދި ޚާއްސަކޮށް އަވަށްޓެރި ގައުމަކާއި "ޖައްސާލައިގެން" ނޫޅެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

އެހެންކަމުން، އިދިކޮޅާއި އެކު މަސައްކަތް ކުރި ނަމަވެސް، އިންޑިއާ އައުޓް ހަރަކާތަށް އެއްގޮތަކަށް ވެސް ތާއީދެއް ނުކުރައްވާނެ ކަމަށާ، އެ ކޯލިޝަނާއި އެކު ޚިޔާލު ތަފާތުވާ ކަންކަމުގައި ދެ ފަރާތުން ވާހަކަ ދައްކައިގެން ދޫ ދެވެން ހުރި ތަންތަނުގައި ދޫ ދެއްވި ނަމަވެސް، އިންޑިޔާ އައުޓް ހަރަކާތާއި ގުޅިގެން އެއްވެސް ދުލެއް ނުދެއްވާނެ ކަމަށް އަމްރު ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ. 

"އިންޑިއާ އައުޓް ހަރަކާތަކީ އަޅުގަނޑުމެން އެއްކޮށްވެސް ދެކޮޅު ހަރަކާތެއް. އެކަމަށް ތާއިދެއް ނުކުރަން. އެއްވެސް ގައުމަކާއި ދެކޮޅަށް ހިންގާ ހަރަކާތެއްގައި ބައިވެރި ނުވާނަން. އަދި ތާއީދެއްވެސް ނުކުރާނަން. ޕީޕީއެމް/ޕީއެންސީ ކޯލިޝަނާއި އެކުގައި، ދެ ފަރާތުންވެސް ދޫ ދެވެން ހުރި ކަންކަމުގައި ދޫ ދީ މަޝްވަރާތައް ދަނީ ކުރިއަށް. އެކަމަކު އިންޑިޔާ އައުޓް ހަރަކާތާއި ގުޅިގެން ދުލެއް ނުދެވޭނެ. އެކަމުގައި ދެން އެކޮޅުން (ޕީޕީއެމް/ޕީއެންސީ) އިން ގޮތެއް ނިންމުން އިންނާނީ. އަޅުގަނޑުމެންނަށް އެކަމަށް ތާއީދެއް ނުކުރެވޭނެ."

ހުސެއިން އަމްރު 

އަމްރު މިފަދައިން ވިދާޅުވެފައި ވާއިރު، އިދިކޮޅުުން ކުރިއަށް ގެންދާ އިންޑިއާ އައުޓް ހަރަކާތް އެއްގޮތަކަށްވެސް ހުއްޓާ ނުލާނެ ކަމަށް އެ ކޯލިޝަނުން އަންނަނީ ބުނަމުންނެވެ. 

އެގޮތުން އިދިކޮޅު ޕީޕީއެމްގެ ހަރަކާތު ކޮމިޓީގެ ޗެއާރ މުޙައްމަދު އިސްމާއިލް ވަނީ، ރާއްޖޭގައި ޤަވައިދާއި ޚިލާފަށް ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމަށް ކުރިއަށް ގެންދާ ހަރަކާތަކީ އިދިކޮޅު ކޯލިޝަންގެ ލީޑަޝިޕްގެ ފުރިހަމަ ތާއީދާއެކު ހިންގާ ހަރަކާތްތަކެއް ކަމަށާ، އަދި އެ ހަރަކާތް ހުއްޓުވުމަށް ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް ހަރަކާތް ހުއްޓުވޭނެ ގޮތެއް ވެސް ނޯންނާނެކަމަށް ވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ސާފް ޗެމްޕިއަންޝިޕަށް އިންޑިއާގެ ސީނިއާ ސްކޮޑު ނުފޮނުވުމަށް ނިންމައިފި
ސަރަޙައްދީ މުބާރާތެއްގައި ވާދަކުރުމަށްވުރެ މި ސަރަޙައްދުގެ ޤައުމުތަކަށްވުރެ ފެންވަރު ރަނގަޅު ޓީމަކާ ދެކޮޅަށް ކުޅުމުން އިންޑިއާގެ ފުޓުބޯޅައަށް ލިބޭ ފައިދާ ބޮޑުވާނެކަމަށް އެޤައުމުން ވަނީ ބުނެފައި
26 Sep 2026
ފަސިންޖަރުންގެ މައުލޫމާތު އިމިގްރޭޝަނަށް ދިނުން ލާޒިމުކޮށްފި
ގަވައިދުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެރަރިސްޓު ޖަމާޢަތްތަކަށް ނިސްބަތްވާ ނުވަތަ އެފަދަ ޖަމާޢަތްތަކާ ގުޅުން އޮންނަ ކަމަށް ބެލެވޭ ފަރާތްތަކާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާ ގުޅޭ މީސްމީހުން ރާއްޖެ ވަނުމުގެ ކުރިން ދެނެގަތުން
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.