މުޙައްމަދު އިސްމާއިލް މުޒާހަރާ ތެރެއިން/ ފޮޓޯ: ވޮއިސް
ހަބަރު
03 Jul 2023 | 14:19
ދަ ޑިމޮކްރެޓްސްއިން މަޝްވަރާކުރަން އައިރު ވެސް ޕީޕީއެމުން އިންޑިއާ އައުޓު ގޮވާ: މުޙައްމަދު އިސްމާއިލް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ވެރިކަން ބަދަލުކުރުމަށް ގުޅިގެން މަސައްކަތް ކުރާނެ ގޮތްތަކެއް ހޯދުމުގެ މަޝްވަރާތައް ދަ ޑިމޮކްރެޓްސްއިން ޕީޕީއެމް އާއެކު ފެށިއިރުވެސް އެ ޕާޓީން ގެންދަނީ ގަވައިދާއި ޚިލާފަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމަށް އެ ޕާޓީން އިސް ނަގައިގެން ކުރިއަށް ގެންދާ "އިންޑިއާ އައުޓު" ހަރަކާތް ހިންގަމުން ކަމަށް އިދިކޮޅު ކޯލިޝަންގެ އެކްޝަން ޑިޕާޓުމަންޓުގެ ޗެއާ އަދި މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު އިސްމާއިލް ވިދާޅުވެއްޖެ އެވެ. 

މުޙައްމަދު އިސްމާއިލް މިފަދައިން ވިދާޅުވެފައި ވަނީ އިންޑިއާ އާއި ދިވެހިރާއްޖެއާއި ދެމެދުގައި އޮންނަ ގުޅުމަށް ބުރޫއަރާގޮތަށް ކުރިއަށް ގެންދާ އިންޑިއާ އައުޓު ހަރަކާތްތަކުގައި ބައިވެރިވާ ޕާޓީތަކާއެކު މަސައްކަތް ކުރުމަށް ދަ ޑިމޮކްރެޓްސްއަށް ދަތިވާނެކަމަށް، އެ ޕާޓީގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ރައްޔިތުންގެ ޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގަ އެވެ. 

މި ސަރުކާރު ބަދަލުކުރުމަށް އެކުގައި މަސައްކަތް ކުރެވިދާނެ ގޮތްތަކެއް ހޯދުމަށް ޕީޕީއެމާއި ދަ ޑިމޮކްރެޓްސް ބައްދަލުވުންތަކެއް ބާއްވަމުންދާއިރު، ހަސަން ލަތީފު ވިދާޅުވީ ދޭދޭ ގައުމުތަކާއި އޮންނަ ގުޅުމަށް ބުރޫއަރާގޮތަށް ހިންގާ އެއްވެސް ހަރަކާތަކަށް އެ ޕާޓީން ތަރުހީބު ނުދޭނެ ކަމަށެވެ. އަދި އެފަދަ ހަރަކާތެއް ހިންގާ ޕާޓީއަކާއެކު މަސައްކަތް ކުރުމަކީ ވެސް ދަތިކަމަކަށް ވާނެ ކަމަށެވެ. 

ޕީޕީއެމާއެކު މިހާރު ކުރިއަށްދާ މަޝްވަރާތަކުގެ ތެރެއިން އިންޑިއާ އައުޓު ހަރަކާތައް ވެސް ކޮންމެވެސް ވަރެއްގެ ޙައްލެއް ލިބިގެންދާނެކަމަށް ޤަބޫލުކުރައްވާކަމަށް ހަސަން ލަތީފު ވިދާޅުވި އެވެ. 

ހަސަން ލަތީފުގެ އެ ވާހަކަތަކަށް ރައްދުދެއްވާ މުހައްމަދު އިސްމާއިލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިޔާސީ މަސައްކަތް އެކުގައި ކުރުމަށް ޕީޕީއެމުން އެއްބަސްވާނީ ޕީޕީއެމްގެ އުސޫލުތަކާއި އެއްގޮތަށް ހަރަކާތްތެރިވުމަށް ކަމަށެވެ. 

އެގޮތުން ޕީޕީއެމް އިސްވެ އޮވެ ހިންގާ "އިންޑިއާ އައުޓު" ހަރަކާތަކީ ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ގެއްލުމުގެ ބިރު އޮތުމުން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށާއި، އެ ހަރަކާތް ހަމަ އެގޮތުގައި ޕާޓީން ކުރިއަށް ގެންދާނެކަމަށް މުޙައްމަދު އިސްމާއިލް ވިދާޅުވި އެވެ. 

އެއާއެކު އޭނާ ވިދާޅުވީ ދަ ޑިމޮކްރެޓްސްއިން ޕީޕީއެމާއެކު މަޝްވަރާކުރުމަށް އެއް މޭޒަކަށް އައިރުވެސް އެ ޕާޓީން ގެންދަނީ ހުއްޓާނުލާ އިންޑިއާ އައުޓު ހަރަކާތް ކުރިއަށް ގެންދަމުން ކަމަށެވެ. 

ރައީސް ޔާމީން އިސްވެހުންނަވާ އިންޑިއާ އައުޓު ހަރަކާތެއް ހިންގަނީ 

"ޕީޕީއެމްއިން އިސްވެއޮވެ ޕާޣީތަކާއެކު ކުރެވޭ މަސްވަރާތަކުގަ އެއްބަސްވެވޭ އެއްބަސްވުންތައް ވާންވާނީ ޕީޕީއެމްގެ އަސާސްތަ ގެއްލިނުދާނެފަދަ އެއްބަސްވުންތަކަކައް އަންޑިޔާ އައުޓްެ ހަރަކާތްތަކަކީ ދިވެހިރާއްޖޭގެ މިނިވަންކަމާ ސިޔާދަތު ގެއްލި ހިނގައިދާނެ ކަމުގެ ބިރުވެރިކަން އޮތްކަމެށް ކަމަށް ޕީޕީއެމްއައް ގަބޫލްކުރެވޭތީ ކުރިއައްގެންދާ ހަރަކާތެއް ޕީޕީއެމްއާއެކް މަސްވަރާގެ މޭޒައްއަރާއިރު ސާފްކޮން ފެންނާންހުރި ކަންކަން އިންޑިޔާ އައުޓް ހަރަކާތަކީ"

މުޙައްމަދު އިސްމާއިލް 

އޭގެ އިތުރުން، އިންޑިއާގެ އަޅުވެތިކަމުން މި ގައުމު ސަލާމަތް ވަންދެން އެ ހަރަކާތް ހުއްޓާނުލާ ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން ދޭ ކަމަށް މުޙައްމަދު އިސްމާއިލް ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ސާފް ޗެމްޕިއަންޝިޕަށް އިންޑިއާގެ ސީނިއާ ސްކޮޑު ނުފޮނުވުމަށް ނިންމައިފި
ސަރަޙައްދީ މުބާރާތެއްގައި ވާދަކުރުމަށްވުރެ މި ސަރަޙައްދުގެ ޤައުމުތަކަށްވުރެ ފެންވަރު ރަނގަޅު ޓީމަކާ ދެކޮޅަށް ކުޅުމުން އިންޑިއާގެ ފުޓުބޯޅައަށް ލިބޭ ފައިދާ ބޮޑުވާނެކަމަށް އެޤައުމުން ވަނީ ބުނެފައި
26 Sep 2026
ފަސިންޖަރުންގެ މައުލޫމާތު އިމިގްރޭޝަނަށް ދިނުން ލާޒިމުކޮށްފި
ގަވައިދުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެރަރިސްޓު ޖަމާޢަތްތަކަށް ނިސްބަތްވާ ނުވަތަ އެފަދަ ޖަމާޢަތްތަކާ ގުޅުން އޮންނަ ކަމަށް ބެލެވޭ ފަރާތްތަކާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާ ގުޅޭ މީސްމީހުން ރާއްޖެ ވަނުމުގެ ކުރިން ދެނެގަތުން
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.