07 May 2025
"އޮޕަރޭޝަން ސިންދޫރް" ފޮރުވިފައިވާ މާނައަކީ ކޮބާ؟
ޕަހަލްގާމްގައި ހިނގި އަނިޔާވެރި ޓެރަރިސްޓް ހަމަލާއަށް ވަރުގަދަ ޖަވާބެއްގެ ގޮތުގައި، 25 އިންޑިއާ އަދި 1 ނޭޕާލް ރައްޔިތެއް ހިމެނޭ ގޮތަށް 26 އާންމު ރައްޔިތުންގެ ފުރާނަ ގެއްލުނު ހަމަލާއަށް ރައްދު ދިނުމުގެ ގޮތުން، މެއި 7 ވަނަ ދުވަހުގެ ފަތިހު އިންޑިއާގެ ހަތިޔާރުވެރި ބާރުތަކުން ޕާކިސްތާނާއި ޕާކިސްތާނުގެ ބާރުގެ ދަށުގައިވާ ކަޝްމީރުގެ 9 ސަރަޙައްދަކަށް ހަމަލާ ދިނެވެ. މި އޮޕަރޭޝަނަށް ކިޔުނީ 'އޮޕަރޭޝަން ސިންދޫރު' އެވެ.
07 May 2025
ޕާކިސްތާނުގެ ރައްދު ޙަމަލާ - އިންޑިއާގެ 5 ފައިޓާ ޖެޓް ވައްޓާލައިފި
އިންޑިއާއިން ވަނީ ޕާކިސްތާނަށް މިދިޔަ ބުދަ ދުވަހު ހަނގުރާމަވެރި ހަމަލާތަކެއް ދީފައެވެ. އަދި ޕާކިސްތާނުން ބުނި ގޮތުގައި އެ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އިންޑިއާގެ ފަސް ފައިޓާ ޖެޓާއި ގިނަ ޑްރޯން ވަނީ ވައްޓާލާފައެވެ.
07 May 2025
އިންޑިޔާގެ ”ފިނޑި“ ޢަމަލަށް ރައްދު ދޭނަން: ޕާކިސްތާން ބޮޑުވަޒީރު
އިންޑިއާއިން ޕާކިސްތާނަށް ދިން ހަމަލާއަކީ ފިނޑި އަދި ޣައްދާރު ޢަމަލެއްކަމަށް ބުނެ، މި ހަމަލާއަށް ރައްދުދެއްވާނެކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ވިދާޅުވެއްޖެއެވެ.
07 May 2025
އިންޑިއާއިން ޕާކިސްތާނަށް މިސައިލް ހަމަލާ ދީ 8 މީހުން ޝަހީދުކޮށްލައިފި
އިންޑިއާއިން ޕާކިސްތާނުގެ ކޮންޓްރޯލްގައިވާ ކަޝްމީރުގެ ސަރަޙައްދުތަކަށް ދިން މިސައިލް ހަމަލާތަކެއްގައި މަދުވެގެން 8 މީހުން ޝަހީދުކޮށްލައި، އެތައް ބަޔަކު ޒަޚަމްވެއްޖެއެވެ. ރޭ ދިން މި ހަމަލާ ތަކުގައި ކުޑަކުއްޖަކުވެސް ޝަހީދުވެފައިވާ ކަމަށް ޕާކިސްތާނުގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.