ޕާކިސްތާނުގެ މިސްކިތެއްގެ ބޭރުގައި އެގައުމުގެ ސިފައިންގެ މީހެއް: ފޮޓޯ/ އަލްޖަޒީރާ
ދުނިޔެ
08 May 2025 | 11:53
އިންޑިއާ-ޕާކިސްތާން ހަމަނުޖެހުން؛ ހަމަލާތަކުގައި ޕާކިސްތާނުން 31 އަދި އިންޑިއާއިން 13 މަރު

އިންޑިއާ އާއި ޕާކިސްތާނުގެ ދެމެދުގައި ހިނގަމުންދާ ހަމަނުޖެހުން އިތުރަށް ގޯސްވެ، ދެ ޤައުމުގެ މެދުގައި ހިނގި ހަމަލާތަކުގައި މިހާތަނަށް 44 މީހުން މަރުވެއްޖެއެވެ.

ޕާކިސްތާނުގެ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި އިންޑިއާގެ ހަމަލާތަކުގައި ޕާކިސްތާނުގެ 31 އާންމު ރައްޔިތުން މަރުވެފައިވާ އިރު، އިންޑިއާއިން ބުނެފައިވަނީ ޕާކިސްތާނުގެ ހަމަލާތަކުގައި އިންޑިއާގެ 13 މީހުން މަރުވެފައިވާ ކަމަށެވެ. މީގެ ތެރޭގައި އެއް ސިފައިންވެސް ހިމެނެއެވެ.

ޕާކިސްތާނުގެ މަޖިލީހުގައި ދެއްކެވި ވާހަކަފުޅެއްގައި އެ ޤައުމުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވިދާޅުވެފައިވަނީ އިންޑިއާގެ ހަމަލާތަކަށް "އެކަށީގެންވާ ރައްދެއް" ދެވިފައިވާ ކަމަށާއި، އިންޑިއާގެ ފަސް ހަނގުރާމަ މަތިންދާބޯޓު ވަނީ ޕާކިސްތާނުގެ ސިފައިން ވައްޓާލާފައި ކަމަށެވެ.

އަދި ޕާކިސްތާނުގެ ނެޝަނަލް ސެކިއުރިޓީ ކޮމިޓީން ބުނެފައިވަނީ އިންޑިއާގެ ހަމަލާތަކަށް ޖަވާބުދާރީވުމުގެ ހުއްދަ ޕާކިސްތާނުގެ ހަތިޔާރުއެޅި ބާރުތަކަށް ދީފައިވާ ކަމަށެވެ. އަދި އިންޑިއާއަށް ރައްދު ދޭނެ "ވަގުތަކާއި، ތަނަކާއި، ގޮތެއް" ކަނޑައެޅުމުގެ ޙައްޤު ޕާކިސްތާނަށް ލިބިގެންވާ ކަމަށްވެސް ބުނެފައިވެއެވެ.

ޕާކިސްތާނުގެ ދިފާއީ ވަޒީރު ޚަވާޖާ އާސިފް ވިދާޅުވެފައިވަނީ އިންޑިއާއާއެކު ފުޅާ ދާއިރާއެއްގައި ހަނގުރާމައެއް ފެށުމަށް ޕާކިސްތާނުން ބޭނުމެއް ނުވާ ކަމަށެވެ. ނަމަވެސް އެފަދަ ހާލަތަކަށް ތައްޔާރުވެ ތިބެންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ހަމަނުޖެހުން ނިމުމަކަށް ގެނައުމަށް އެހީތެރިވެދޭން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ހުށަހަޅުއްވާފައެވެ. އޯވަލް އޮފީހުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ރައީސް ޓްރަމްޕް ވަނީ އެމެރިކާއިން ބޭނުންވަނީ އެ ދެ ޤައުމުން މައްސަލަ ހައްލުކުރާތަން ދެކެން ކަމަށް ބުނެފައެވެ.

މީގެ އިތުރުން، އިނގިރޭސިވިލާތް، ފްރާންސް، ޖަރުމަނުވިލާތް، އީރާން، ތުރުކީވިލާތް، ޤަތަރު އަދި ޔޫއޭއީ ފަދަ ބޮޑެތި ބާރުތަކުން ވަނީ ހަމަޖެހުމާއެކު ކަންކަން ކުރުމަށާއި، ޑިޕްލޮމެޓިކް މަގުތަކުން މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރުމަށް ނިއުކްލިއަރ ހަތިޔާރު ލިބިފައިވާ މި ދެ ޤައުމަށް ގޮވާލާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
420އަށް ވުރެ ގިނަ ފެތުންތެރިންނާއެކު ކާމިޔާބުކަމާއެކު ނިންމާލައިފި
މާލޭ ރަސްފަންނު ސަރަޙައްދުގައި މި އޮގަސްޓް މަހުގެ 21 އިން 22 އަށް ސްވިމް މޯލްޑިވްސް އިން އިންތިޒާމުކުރި މި މުބާރާތަކީ މާލޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އޯޕަން ވޯޓާ ފެތުމުގެ މުބާރާތެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިވި ފެތުންތެރިންގެ ތެރޭގައި އުމުރުން ހަ އަހަރާއި 79 އަހަރާ ދެމެދުގެ މީހުން ހިމެނެއެވެ. މި މުބާރާތުގައި ކުރިއަށް ގެންގޮސްފައިވަނީ އެއް ކިލޯމީޓަރު 500 މީޓަރު އަދި 250 މީޓަރުގެ ރޭސްތަކެވެ.
24 Aug 2026
އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި 4 އަހަރުގެ ކުއްޖަކު ޝަހީދުކޮށްލައިފި
ފުރަތަމަ ހަމަލާ އަމާޒުވީ ޣައްޒާގެ މެދުތެރޭގައި އޮންނަ ޒަވާޔިދާ އަވަށުގެ ޢިމާރާތަކަށެވެ. އެ ހަމަލާގެ ސަބަބުން ވެއްޓުނު ކުނިބުނިތަކާއި ރޮކެޓް އެތިކޮޅުތައް ވަށައިގެން އެތައް މީޓަރަކަށް ފެތުރި މަދުވެގެން ހަ މީހަކު ޒަޚަމްވި ކަމަށް ސިއްހީ ޚިދުމަތްތެރިން ބުނެފައިވެއެވެ. ޒަޚަމްވި މީހުންގެ ތެރޭގައި ހިމެނޭ ހަތަރު އަހަރުގެ މުޙައްމަދު ޢަބްދުއްސަލާމް ޠާހާ ފަހުން ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ޝަހީދުވެފައިވެއެވެ.
24 Aug 2026
އަނިޔާވި މީހުންގެ ތެރެއިން ދެމީހެއްގެ ހާލު ސީރިއަސް: ފުލުހުން
އަދި މި ހާދިސާގައި އަނިޔާވި 4 ބިދޭސީންނަށް އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންދާ ކަމަށާ އެއީ ބަންގްލަދޭޝް 2 މީހުންނާއި އިންޑިއާ 2 މީހުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.
23 Aug 2026
ކުޑަކުދިންނަށް އެންމެ ފުރަތަމަ ދަސްކޮށްދޭންވީ ދިވެހިބަސް: ރައީސް މައުމޫން
ރައީސް މައުމޫންގެ ވާހަކަފުޅުގައި، ދުނިޔެ ބަދަލުވަމުންދާ ގޮތުންނާއި ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ކުޑަކުދިންގެ އަތްމައްޗަށް ސްމާޓް ވަސީލަތްތައް އައިސްފައިވާ މިންވަރު ބަޔާންކުރެއްވިއެވެ.
23 Aug 2026
ވީއައިއޭއަށް އައި ފްލައި ދުބާއީގެ ބޯޓެއް ކުއްލި ހާލަތުގައި ޖައްސައިފި
އިންޖީނަށް މައްސަލައެއް ޖެހުނު ނަމަވެސް ބޯޓު ވަނީ ރައްކާތެރިކަމާއެކު އެމަޖެންސީގައި ވީއައިއޭއަށް ޖައްސާފައެވެ.
23 Aug 2026
ޕެންޝަން ފަންޑަކީ ރައްކާތެރި، ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭ ފަންޑަކަށް ހަދާނަން: ޔަޒްމީދު
މީގެއިތުރުން، އެކުވެރި އަދި އެއްބައިވަންތަ ޓީމެއްގެ ގޮތުގައި، ހިތްހަމަޖެހުމާއެކު މަސައްކަތްކުރެވޭނެ ރަނގަޅު މާޙައުލެއް ބިނާކޮށްދެއްވާނެ ކަމަށްވެސް ޔަޒީދު ވިދާޅުވި އެވެ.