ޕާކިސްތާނުގެ ޤައުމީ ސަލާމަތާބެހޭ އިދާރާތަކުން ބޭއްވި ބައްދަލުވުމުގެ ތެރެއިން... ފޮޓޯ:
ދުނިޔެ
07 May 2025 | 15:30
އިންޑިއާއަށް ހަމަލާދިނުމަށް ޕާކިސްތާނުގެ އަސްކަރިއްޔާއަށް ހުއްދަދީފި

އިންޑިއާއިން ރޭ ޕާކިސްތާނުގެ ބައެއް ސަރަހައްދުތަކަށް ދިން ވައިގެ ހަމަލާތަކުގެ ރައްދުގައި ހަމަލާދިނުމަށް ޕާކިސްތާނުގެ ނެޝަނަލް ސެކިއުރެޓީ ކައުންސިލުން އެޤައުމުގެ އަސްކަރިއްޔާއަށް ހުއްދަދީފިއެވެ.

ޕާކިސްތާނުގެ ނެޝަނަލް ސެކިއުރިޓީ ކައުންސިލް (އެންއެސްސީ) އިން މިއަދު ހެނދުނު ވަނީ، އަސްކަރިއްޔާގެ ވެރިންނާއެކު ހާއްސަ ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި އެންއެސްސީން ވަނީ އަސްކަރިއްޔާއަށް އިންޑިއާއިން ދިން ހަމަލާތަކަށް ފުރިހަމައަށް ޖަވާބުދާރީވުމުގެ ހުއްދަ ދީފައެވެ. ނަމަވެސް ހަމަލާދޭނެ ވަގުތަކާއި އެފަދަ އެއްވެސް މައުލޫމާތެއް އަދި މިހާތަނަކަށް ޕާކިސްތާނުގެ އަސްކަރިއްޔާއަކުން ހާމަކޮށްފައެއް ނުވެއެވެ.

ޕާކިސްތާނުގެ ހާރިޖިއްޔާއިން ބުނެފައިވަނީ، އިންޑިއާގެ އަސްކަރިއްޔާއިން ޕާކިސްތާނުގެ ފުރިހަމަ ބާރުހިނގާ މިނިވަން ސަރަހައްދުތަކަށް ރޭ ދިން ހަމަލާތަކުގައި ގިނަ އަދަދެއްގެ އާންމުންގެ ފުރާނަ ގެއްލުނުއިރު، އެތައް ބަޔަކު ޒަހަމްވެފައިވާކަމަށެވެ. ޓެރަރިސްޓުން ނައްތާލުމުގެ ނަމުގައި އިންޑިއާއިން ހިންގި މި ޖަރީމާތަކަކީ އދ ގެ ޗާޓަރާއި، ބައިނަލްއަޤްވާމީ ޤާނޫނުތަކާވެސް ހިލާފް ކަމެއްކަމަށް ޕާކިސްތާނުގެ ހާރިޖިއްޔާއިން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

އިންޑިއާއިން ރޭ ދިން ހަމަލާތަކާ ގުޅޭގޮތުން އެޤައުމުގެ ސަރުކާރުން ވަނީ، ވައިގެ ހަމަލާތައް އަމާޒުކުރީ ޓެރަރިސްޓުން ދިރިއުޅެމުންދިޔަ ތަންތަނަށްކަމަށް ބުނެފައެވެ. އިންޑިއާއިން ދިން ހަމަލާތަކާ ގުޅިގެން އދ އިންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ޕާކިސްތާނުގެ އެކުވެރި ޗައިނާއިންވެސް ވަނި މިއީ ދެވިގެންވާނެ ހަމަލާތަކެއް ނޫންކަމަށް ބުނެފައެވެ. 

އިންޑިއާ އާއި ޕާކިސްތާނުގެ ގުޅުން ގޯސްވެ އެންމެފަހުން ހަނގުރާމައެއްގެ ހާލަތަށް ގޮސްފައިމިވަނީ، މިދިޔަ މަހު ކަޝްމީރުގެ އިންޑިއާ ކޮންޓްރޯލްކުރާ ބަހަލްގަމްގައި ދިން ހަމަލާއާ ގުޅިގެންނެވެ. މި ހަމަލާތަކުގައި 26 މީހަކު މަރާލާފައިވާއިރު 40 ހަށްވުރެ ގިނަ މީހުން ޒަހަމްވިއެވެ. މިއީ މި ފަހަކަށްއައިސް ކަޝްމީރުގެ އިންޑިއާ ކޮންޓްރޯލްކުރާ ސަރަހައްދުގައި ދިން މިފަދަ އެންމެ ނުރައްކާތެރި ހަމަލާއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.
25 Aug 2026
އިންޑިއާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޗައިނާގައި
ދެ ދުވަހުގެ މި ރަސްމީ ދަތުރުފުޅުގައި ދޯވާލް، ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ ދެ ގައުމުގެ ޚާއްޞަ މަންދޫބުންގެ ފެންވަރުގައި ބާއްވާ ބޯޑަރު މަޝްވަރާތަކުގެ ތެރެއިންނެވެ
25 Aug 2026
އަވަށްޓެރި ގައުމުތަކަށް ދިން ޚާއްސަ އިނާޔަތްތަކާއެކު އިންޑިއާއަށް ބޭރުގެ އިތުރު އިންވެސްޓްމަންޓްތަކެއް
އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނާގޮތުގައި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްގެ ގޮތުގައި މިހާތަނަށް 511.5 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 48.95 ބިލިއަން އިންޑިއަން ރުޕީސްގެ ހުށަހެޅުން ލިބިފައިވާކަމަށެވެ.
25 Aug 2026
ޓެރަރިޒަމް ސްޕޮންސާ ކުރާ ޤައުމުތަކުގެ ލިސްޓުން ސީރިއާ އުނިކޮށްފި
އެމެރިކާއިން 1979 ވަނަ އަހަރުން ފެށިގެން ޓެރަރިޒަމަށް ހިތްވަރުދޭ ޤައުމުތަކުގެ ލިސްޓުގައި ސީރިއާ ހިމެނުމަށް ފަހު، އެ ޤައުމު ލިސްޓުން އުނިކޮށް އިންވެސްޓްމެންޓަށް ހުރި ބޮޑެތި ހުރަސްތައް ނައްތާލައިފިއެވެ.
25 Aug 2026
ރަސްމާލެއިން ހިއްކި ބިން ގަމަށް ވުރެ ބޮޑުވެއްޖެ
ރަސްމާލެ ބިން ހިއްކުމުގެ 62 އިންސައްތަ ނިމި، ޖުމްލަ 1,150 ހެކްޓަރުގެ ތެރެއިން 609 ހެކްޓަރަށް ވުރެ ބޮޑު ބައެއް ހިއްކައި ގަމަށް ވުރެ ބޮޑުވެފައިވާ ކަމަށް ހައުސިން ވުޒާރާއިން ހާމަކޮށްފިއެވެ.
24 Aug 2026
ބައްސާމް ވަގުތީގޮތުން ގެއަށް ބަދަލުކޮށްފި
ބައްސާމް ގެއަށް ބަދަލުކޮށްފައިވަނީ އޭނާގެ ސިއްހީ ހާލަތު ހުރިގޮތުން މެޑިކަލް ބޯޑުގެ ލަފާގެ މަތިން ވަގުތީ ގޮތުންނެވެ.