އިންޑިޔާއިން ދިން ހަމަލާއަށްފަހު ޕާަކިސްތާން: ފޮޓޯ/ އިންޓަނެޓް
ދުނިޔެ
07 May 2025 | 07:16
އިންޑިއާއިން ޕާކިސްތާނަށް މިސައިލް ހަމަލާ ދީ، ކުޑަކުއްޖަކު ހިމެނޭހެން 8 މީހުން ޝަހީދުކޮށްލައިފި

އިންޑިއާއިން ޕާކިސްތާނުގެ ކޮންޓްރޯލްގައިވާ ކަޝްމީރުގެ ސަރަޙައްދުތަކަށް ދިން މިސައިލް ހަމަލާތަކެއްގައި މަދުވެގެން 8 މީހުން ޝަހީދުކޮށްލައި، އެތައް ބަޔަކު ޒަޚަމްވެއްޖެއެވެ. ރޭ ދިން މި ހަމަލާ ތަކުގައި ކުޑަކުއްޖަކުވެސް ޝަހީދުވެފައިވާ ކަމަށް ޕާކިސްތާނުގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މި ހަމަލާ ދީފައިވަނީ ފާއިތުވި މަހު އިންޑިއާގެ ބާރުގެ ދަށުގައިވާ ކަޝްމީރުގައި ތިބި ފަތުރުވެރިންނަށް ދިން ހަމަލާއާ ގުޅިގެން އިންޑިއާގެ 26 މީހަކު މަރުވެ، ދެޤައުމުގެ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތަކުގެ ތެރެއިންނެވެ. އިންޑިއާއިން ބުނާ ގޮތުގައި އެ 26 މީހުން މަރުވި ހަމަލާ ރާވާފައިވަނީ ޕާކިސްތާނުގައި ތިބޭ ހަރުކަށި ޖަމާޢަތްތަކުންނެވެ.

ޕާކިސްތާނަށް ދެވުނު ހަމަލާ ކުށްވެރިކޮށް އެގައުމުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވަނީ އިންޑިއާގެ މި "ފިނޑި" ޢަމަލުތަކަށް ޖަވާބު ދޭނެ ކަމަށް ވިދާޅުވެފައެވެ.

"އިންޑިއާއިން މިދިން ހަމަލާއަށް ވަރުގަދަ ރައްދެއް ދިނުމުގެ ޙައްޤު ޕާކިސްތާނަށް އެބައޮތް. އަދި ރަނގަޅު ރައްދެއް ދެމުން މިހާރުވެސް މި ދަނީ،" ޝެހެބާޒް ޝަރީފް ޓީވީ މެދުވެރިކޮށް އާއްމު ކުރެއްވި ވީޑިއޯއެއްގައި ވިދާޅުވިއެވެ.

އިންޑިއާގެ ދިފާޢީ މިނިސްޓްރީން ބުނާ ގޮތުގައި މި ހަމަލާ އަމާޒުކޮށްފައިވަނީ "އިންޑިއާއަށް އަމާޒުކޮށްގެން ޓެރަރިސްޓް ހަމަލާތައް ރާވާ" 9 ތަނަކަށެވެ.

އަދި މިއީ "އަމާޒު ހިފައިގެން، މިންވަރު ކަނޑައަޅައިގެން، އިތުރަށް ކަންކަން ގޯސްވިޔަ ނުދިނުމަށް" ދިން ހަމަލާއެއް ކަމަށެވެ.

އިންޑިއާއިން އިތުރަށް ބުނާ ގޮތުގައި ޕާކިސްތާނުގެ އެއްވެސް މިލިޓަރީ މަރުކަޒަކަށް ހަމަލާތައް އަމާޒުކޮށްފައެއް ނުވާނެއެވެ. އަދި އިންޑިއާއިން ވަނީ "ވަރަށް ބޮޑަށް ރައްކާތެރި ކަމުގެ ފިޔަވަޅު އަޅާފައި" ކަމަށްވެސް ބުނެފައިވެއެވެ.

އިންޑިޔާއިން ދިން ހަމަލާއަށްފަހު ޕާަކިސްތާން: ފޮޓޯ/ އިންޓަނެޓް

ޕާކިސްތާނުގެ މިލިޓަރީ ތަރުޖަމާނު ލެފްޓިނަންޓް ޖެނެރަލް އަޙްމަދު ޝަރީފް ވިދާޅުވި ގޮތުގައި މި ހަމަލާ އަމާޒުކޮށްފައިވަނީ 6 ތަނަކަށެވެ. އޭގެ ތެރޭގައި ޕާކިސްތާނުގެ ބާރުގެ ދަށުގައިވާ ކަޝްމީރާއި ޕަންޖާބު ސޫބާގެ ސަރަޙައްދުތައް ހިމެނެއެވެ.

އަދި ބަހާވަލްޕޫރުގައި ހުރި މިސްކިތަކަށް އެއް މިސައިލް ޖެހި، ކުޑަކުއްޖަކު ޝަހީދުވެ، އިތުރު ދެ މީހަކަށް އަނިޔާވެފައިވާއިރު މުރީދްކޭ އާއި ކޮޓްލީ ކައިރީގެ ސަރަޙައްދުތަކަށްވެސް ހަމަލާ ދީފައިވެއެވެ.

ޕާކިސްތާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓުކުރި ގޮތުގައި، މި ހަމަލާއަށް ޖަވާބު ދިނުމުގެ ގޮތުން ޕާކިސްތާނުގެ އެއަރ ފޯސްއިން ވަނީ އިންޑިއާގެ ދެ ޖެޓް މަތިންދާބޯޓު ވައްޓާލާފައެވެ. ނަމަވެސް މިކަމާ ގުޅޭ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

ޕާކިސްތާނުގެ ބާރުގެ ދަށުގައިވާ ކަޝްމީރުގެ ވެރިރަށް މުޒައްފަރާބާދުގެ ރައްޔިތުން ބުނާ ގޮތުގައި، ގޮވުމުގެ އަޑުތަކާއެކު ރަށުގައި ބިރުވެރިކަން އުފެދުނެވެ. އަދި ކަރަންޓު ކަނޑާލުމާ ގުޅިގެން މުޅި ސަރަޙައްދު އަނދިރިވެގެން ދިޔައެވެ. މި ސަރަޙައްދުގެ ހޮސްޕިޓަލްތައް ވަނީ ކުއްލި ޙާލަތަށް ތައްޔާރުކޮށްފައެވެ.

އިންޑިއާއިން ޕާކިސްތާނަށް ބޮން އެޅުން: ފޮޓޯ/ އަލްޖަޒީރާ

ޕާކިސްތާނުގެ ފޮރިން މިނިސްޓްރީން ވަނީ މި ހަމަލާތަކުން އާންމު ރައްޔިތުންނާއި ވައިގެ ދަތުރުފަތުރަށް ނުރައްކާވެދާނެ ކަމަށް އިންޒާރުދީފައެވެ. "މި ފިނޑި ޢަމަލުތަކުން ނިއުކްލިއަރ ހަތިޔާރު އޮތް ދެ ޤައުމު ބޮޑު ހަނގުރާމައަކާ ހަމައަށް ގެންގޮސްފި،" މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

މި ހާދިސާއާ ގުޅިގެން ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވަނީ ޤައުމީ ސަލާމަތީ ކޮމިޓީގެ ބައްދަލުވުމެއް ބާއްވައި، ޙާލަތު ވަޒަންކުރައްވާފައެވެ.

އދ. އިންވެސް ވަނީ މި ހާދިސާއާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި "އިންޑިއާއާއި ޕާކިސްތާނުގެ ދެމެދުގައި ހިނގާ ހަނގުރާމަ ދުނިޔެއަށް ތަޙައްމަލެއް ނުކުރެވޭނެ،" ކަމަށް އދ. އިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

މިއީ 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހު ޕުލްވާމާ-ބާލާކޯޓް ހާދިސާއަށް ފަހު ދެ ޤައުމުގެ ދެމެދުގައި ހިނގި އެންމެ ނުރައްކާތެރި ހަމަލާއެވެ. އަދި މި ހާދިސާއާ ގުޅިގެން ދެ ޤައުމުގެ ދެެ ދެމެދުގައި އޮތް ދުޝްމަމަނުކަން އިތުރަށް ގޯސްވެދާނެ ކަމުގެ ބިރު އުފެދިފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
420އަށް ވުރެ ގިނަ ފެތުންތެރިންނާއެކު ކާމިޔާބުކަމާއެކު ނިންމާލައިފި
މާލޭ ރަސްފަންނު ސަރަޙައްދުގައި މި އޮގަސްޓް މަހުގެ 21 އިން 22 އަށް ސްވިމް މޯލްޑިވްސް އިން އިންތިޒާމުކުރި މި މުބާރާތަކީ މާލޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އޯޕަން ވޯޓާ ފެތުމުގެ މުބާރާތެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިވި ފެތުންތެރިންގެ ތެރޭގައި އުމުރުން ހަ އަހަރާއި 79 އަހަރާ ދެމެދުގެ މީހުން ހިމެނެއެވެ. މި މުބާރާތުގައި ކުރިއަށް ގެންގޮސްފައިވަނީ އެއް ކިލޯމީޓަރު 500 މީޓަރު އަދި 250 މީޓަރުގެ ރޭސްތަކެވެ.
24 Aug 2026
އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި 4 އަހަރުގެ ކުއްޖަކު ޝަހީދުކޮށްލައިފި
ފުރަތަމަ ހަމަލާ އަމާޒުވީ ޣައްޒާގެ މެދުތެރޭގައި އޮންނަ ޒަވާޔިދާ އަވަށުގެ ޢިމާރާތަކަށެވެ. އެ ހަމަލާގެ ސަބަބުން ވެއްޓުނު ކުނިބުނިތަކާއި ރޮކެޓް އެތިކޮޅުތައް ވަށައިގެން އެތައް މީޓަރަކަށް ފެތުރި މަދުވެގެން ހަ މީހަކު ޒަޚަމްވި ކަމަށް ސިއްހީ ޚިދުމަތްތެރިން ބުނެފައިވެއެވެ. ޒަޚަމްވި މީހުންގެ ތެރޭގައި ހިމެނޭ ހަތަރު އަހަރުގެ މުޙައްމަދު ޢަބްދުއްސަލާމް ޠާހާ ފަހުން ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ޝަހީދުވެފައިވެއެވެ.
24 Aug 2026
އަނިޔާވި މީހުންގެ ތެރެއިން ދެމީހެއްގެ ހާލު ސީރިއަސް: ފުލުހުން
އަދި މި ހާދިސާގައި އަނިޔާވި 4 ބިދޭސީންނަށް އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންދާ ކަމަށާ އެއީ ބަންގްލަދޭޝް 2 މީހުންނާއި އިންޑިއާ 2 މީހުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.
23 Aug 2026
ކުޑަކުދިންނަށް އެންމެ ފުރަތަމަ ދަސްކޮށްދޭންވީ ދިވެހިބަސް: ރައީސް މައުމޫން
ރައީސް މައުމޫންގެ ވާހަކަފުޅުގައި، ދުނިޔެ ބަދަލުވަމުންދާ ގޮތުންނާއި ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ކުޑަކުދިންގެ އަތްމައްޗަށް ސްމާޓް ވަސީލަތްތައް އައިސްފައިވާ މިންވަރު ބަޔާންކުރެއްވިއެވެ.
23 Aug 2026
ވީއައިއޭއަށް އައި ފްލައި ދުބާއީގެ ބޯޓެއް ކުއްލި ހާލަތުގައި ޖައްސައިފި
އިންޖީނަށް މައްސަލައެއް ޖެހުނު ނަމަވެސް ބޯޓު ވަނީ ރައްކާތެރިކަމާއެކު އެމަޖެންސީގައި ވީއައިއޭއަށް ޖައްސާފައެވެ.
23 Aug 2026
ޕެންޝަން ފަންޑަކީ ރައްކާތެރި، ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭ ފަންޑަކަށް ހަދާނަން: ޔަޒްމީދު
މީގެއިތުރުން، އެކުވެރި އަދި އެއްބައިވަންތަ ޓީމެއްގެ ގޮތުގައި، ހިތްހަމަޖެހުމާއެކު މަސައްކަތްކުރެވޭނެ ރަނގަޅު މާޙައުލެއް ބިނާކޮށްދެއްވާނެ ކަމަށްވެސް ޔަޒީދު ވިދާޅުވި އެވެ.