18 Mar 2024
ހައިލެވެލް ކޯ ގްރޫޕްގެ ތިންވަނަ ބައްދަލުވުން ރާއްޖޭގައި ބާއްވައިފި
ދިވެހިރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށްޓަކައި ކުރަންޖެހޭ މަޝްވަރާތައް ކުރުމަށް ދެގައުމުގެ މަތީ ފަންތީގެ ބޭފުޅުން ހިމެނޭހެން އުފައްދާފައިވާ ހައިލެވެލް ކޯ ގްރޫޕްގެ ތިންވަނަ ބައްދަލުވުން އިއްޔެ ރާއްޖޭގައި ބާއްވައިފިއެވެ. އެ ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ދިވެހިރާއްޖޭގެ ޚާރިޖީ ވުޒާރާގައެވެ.