ޚާރިޖީ ވަޒީރު މުހައްމަދު ޣައްސާން މައުމޫން-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ހަބަރު
25 Mar 2024 | 13:26
އިންޑިއާ ސިފައިން ރާއްޖޭގެ މަސްދޯނި ތަކަށް އެރީ މިސްކޮމިއުނިކޭޝަންއަކާއި ހެދި: ވަޒީރު ޣައްސާން

އިންޑިއާ ސިފައިން ދިވެހިރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ރާއްޖޭގެ މަސްދޯނި ތަކަށް އެރީ މިސްކޮމިއުނިކޭޝަނެއްގެ ސަބަބުން ކަމަށް ޚާރިޖީ ވަޒީރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

މި އަހަރުގެ ޖެނުއަރީ 31 ގައި އިންޑިއާ ސިފައިން ވަނީ ދިވެހި ތިން މަސް ދޯނި ކަމަށްވާ އަސުރުމާ 3، މާހޯރަ 3، ނިރު 7 އަށް އަރާފައިވާއިރު އޭގެ ފަހުން، ޖެހިގެން އައި ދުވަހު ވެސް އިންޑިއާ ސިފައިން މާހޯރަ ދޯންޏަށް ވެސް އިންޑިޔާ ސިފައިން އަރާފައިވެއެވެ.

މި މައްސަލަ އާއި ގުޅިގެން މިއަދު ވަޒީރު ޣައްސާން މަޖިލީހަށް ހާޒިރު ކުރުމުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން އެބޭފުޅާ ވިދާޅުވީ، ދިވެހި މަސް ދޯނިތަކަކަށް އިންޑިއާ ސިފައިން އެރީ މިސް ކޮމިއުނިކޭޝަންއަކުން ކަމަށް އެ ގައުމުން ރަސްމީކޮށް މައުލޫމާތު ދީފައިވާ ކަމަށާއި އެއީ ތެދު ވާހަކައެއް ކަމަށް ގަބޫލުފުޅު ކުރައްވާކަމަށެވެ.

އެ ދުވަހުގެ އޮޕަރޭޝަންގެ މައުލޫމާތު ދިވެހި އަސްކަރިއްޔާއަށް ފޯރުކޮށްނުދީ އެ އޮތީ މިސްކޮމިއުނިކޭޝަން އެއްގެ ސަބަބުން ކަމަށާއި އާންމުކޮށް އެފަދަ އޮޕަރޭޝަންތައް ހިންގާނަމަ އެއް ގައުމުން އަނެއް ގައުމާ އެކު މުއާސަލަތު ކުރެވޭނެ ހަރުދަނާ ނިޒާމެއް އޮންނަ ކަން ވަޒީރު ޣައްސާން ފާހަގަ ކުރެއްވިއެވެ.

"އެ ދުވަހުގެ ބޯޑިން ހަރަކާތް ހިނގީ މިސްކޮމިއުނިކޭޝަންއަކާ ހެދި ކަމަށް ރަސްމީ މަސްދަރުތަކުން މައުލޫމާތު ދެއްވާފައި އެބައޮތް،"

ވަޒީރު ޣައްސާން ވިދާޅުވިއެވެ.

ވަޒީރު ޣައްސާން ވިދާޅުވީ، މަސްދޯނި ތަކަށް އިންޑިއާ ސިފައިން އެރީ މަސްވެރިން ސެޓަލައިޓް ފޯނު ބޭނުންކުރާތީ ކަމަށް މަސް ދޯނިތަކަށް ބޯޑުކުރި އިންޑިއާގެ އަސްކަރީ ޓީމުން ބުނެފައިވާ ކަމަށެވެ. ސެޓަލައިޓް ފޯނަކީ އިންޑިއާގެ ސަރަހައްދުގެ ތެރޭގައި މަނާ އެއްޗަކަށް ވީ ނަމަވެސް ރާއްޖޭގެ ސަރަހައްދުގައި ބޭނުން ކުރެވޭނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

"އެހެންނަމަވެސް ބޯޑިން ޓީމްތަކުން ދިން މައުލޫމާތުގައި އެރި ސަބަބެއް ކަމަށް ބަޔާންކުރައްވާފައިވަނީ ސެޓަލައިޓް ފޯން އެ ދޯނިތަކުގައި ބޭނުންކުރާތީ، އެ ހުރިތޯ ކަށަވަރުކުރުމަށްޓަކައި،ސެޓަލައިޓް ފޯން ބޭނުންކުރާތީ އެއީ އެ މީހުން ގަބޫލުކުރާ ގޮތުގައި ގަވާއިދާ ހިލާފު ކަމެއް ކަމަށް ބުނެ ބޯޑުކުރީ،"

ވަޒީރު ޣައްސާން ވިދާޅުވިއެވެ.

މީގެ އިތުރުންވެސް،ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރައްހަދުގެ ތެރެއިން  އިންޑިއާ ސިފައިން ހަތިޔާރާ އެކު ދިވެހި ތިން މަސްދޯންޏަކަށް އަރައި މަސްވެރިންގެ ފޯނުތައް ޗެކްކޮށް، އިންޑިއާ ސިފައިން ހަރަކާތްތެރިވާ ވީޑިއޯތަކާއި ފޮޓޯތައް ޑިލީޓްކުރިކަން ވެސް ވަޒީރު ވަނީ މިއަދު ކަށަވަރުކޮށްދެއްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.