އިންޑިއާ
08 Jun 2024
މޯދީ ހުވާކުރާ ރަސްމިއްޔާތުގެ ދައުވަތު ރައީސް ގަބޫލުފުޅު ކުރައްވައިފި
އިންޑިއާގެ ބޮޑުވަޒީރު ކަމުގެ ތިން ވަނަ ދައުރެއް ކަށަވަރުކުރެއްވި ނަރެންދްރަ މޯދީ ހުވާކުރާ ރަސްމިއްޔާތަށް ދިން ދައުވަތު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ގަބޫލުފުޅު ކުރައްވައިފިއެވެ.
05 Jun 2024
މޯދީއަށް ލިބުނު ކާމިޔާބީއަށް ރައީސް މުޢިއްޒު މަރުހަބާ ދަންނަވައިފި
އިންޑިއާގެ ޢާންމު އިންތިޚާބު 2024ގައި ބާރަތިޔާ ޖަނާތާ ޕާޓީ (ބީ.ޖޭ.ޕީ) އާއި އެޕާޓީ އިސްވެ އޮވެ އުފައްދާފައިވާ ނޭޝަނަލް ޑިމޮކްރަޓިކް އެލަޔަންސް (އެން.ޑީ.އޭ) ހޯދި ކާމިޔާބީ ފާހަގަކުރައްވައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.
04 Jun 2024
މޯދީއަށް އެކަނި ސަރުކާރު އެކުލަވާލެވޭ ވަރަށް ގޮނޑި ނުލިބުނު!
އިންޑިއާގެ ވެރިކަން ކުރާ ޕާޓީ، ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)އަށް ނުވަތަ އިންޑިއާގެ މިހާރުގެ ބޮޑުވަޒިރު ނަރެންދުރަ މޯދީއަށް އެމަނިކުފާނު އެކަނި ސަރުކާރެއް އެކުލަވާލެވޭ ވަރަށް އެގައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ ގޮނޑިތައް ކާމިޔާބު ނުކުރެވުނު ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
04 Jun 2024
އިންޑިއާގެ ބޮޑުވަޒީރު މޯދީގެ ޖާދޫ ކެނޑި ހިންދޫ ވަތަނީ ދީނީކާޑު ފޭލްވީތަ؟
އިންޑިއާގެ މިއަހަރުގެ ލޯކްސަބާ އިންތިޚާބުގައި ތިންވަނަ ޓާމަކަށް ބޮޑުވަޒީރު ނަރެންދުރަ މޯދީ ހޮވިވަޑައިގެންފިކަމަށް އިންތިޚާބީ ނަތީޖާ ދެއްކިނަމަވެސް އިންތިޚާބަށްފަހު ނެގި އެކްޒިޓް ޕޯލްތަކުން ބީޖޭޕީ ބޮޑުތަކުން ކާމިޔާބުކުރާނެކަމަށް ދެއްކިދެއްކުން ދިމާނުވެ އިންޑިޔާގެ ހިންދޫންގެ ބައިބޯތަންތަނުން ބީޖޭޕީއަށް ހީވެސް ނުކުރާފަދަ ބޮޑު ނާކާމިޔާބެއް ކުރިމަތިވެއްޖެއެވެ.
03 Jun 2024
އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައިހުންނަވާ ސަފީރު، ތިލަމާލެ ބްރިޖު މަޝްރޫޢުގެ ސައިޓަށް ޒިޔާރާތްކުރައްވައިފި
މިއަދު އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، އެ ވުޒާރާގެ ވަޒީރު، ޑރ. ޢަބްދުﷲ މުއްޠަލިބާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރް ވަނީ ތިލަ މާލެ ބްރިޖު މަޝްރޫޢުގެ ސައިޓަށް ޒިޔާރާތް ކުރައްވާފައެވެ. މި ޒިޔާރާތުގައި، ތިލަ މާލެ ބްރިޖު މަޝްރޫޢުގެ މަސައްކަތް ހިނގަމުން ދާ ގޮތާއި ނިމިފައި ހުރި މަރުޙަލާތައް ބެއްލެވުމަށްޓަކައި، ވަޒީރާއި ސަފީރާއެކު، ހައި ކޮމިޝަނުގެ އިސް ބޭފުޅުންނާއި، އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާގެ އިސްވެރީން، އަދި ޓެކްނިކަލް ޓީމެއްވެސް ބައިވެރިވެލެއްވިއެވެ.
02 Jun 2024
އިންޑިއާ އައުޓު މަނާކުރި މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޭބުމަށަށް ގޮވައިލައި ކުރިއަށް ގެންދިޔަ "އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ނެރުއްވި ގަރާރު ގާނޫނުއަސާސީއާ ހިލާފު ކަމަށް ބުނެ އެ ގަރާރު ބާތިލު ކުރުމަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި އެވެ.
02 Jun 2024
އިންޑިއާގެ އާއްމު އިންތިހާބު މޯދީގެ ކޯލިޝަން ކާމިޔާބު ކުރުމުގެ ފުރުސަތު ބޮޑު
މިހާރު ކުރިއަށްދާ އިންޑިއާގެ އާއްމު އިންތިހާބު އެގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ޕާޓީ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އާއި އެ ޕާޓީއާއި އެކު ކޯލިޝަން ހެދި ނޭޝަނަލް ޑިމޮކްރެޓިކް އެލަޔަންސް (އެންޑީއޭ) އިން ބޮޑު ތަފާތަކުން ކާމިޔާބު ކުރާނެ ކަމަށް އިންތިހާބު އެގްޒިޓް ޕޯލް ދައްކައިފިއެވެ.
02 Jun 2024
އަހަންނަކީ ހިންދޫ ކަލާނގެ ވަކި މަގްސަދެއްގައި މިބިންމައްޗަށް ފޮނުވާފައިވާ މީހެއް- ބޮޑުވަޒީރު މޯދީ
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަކީ ހިންދޫ ގޯޑްގެ ވަކި މަގްސަދަކަށްޓަކައި މަތިން ފޮނުވިފައިވާ ފަރާތެއްކަމުގައި އޭނާ ދައުވާ ކޮށްފިއެވެ. އިންޑިއާގައި ހަ ހަފްތާއަށް ދެމިގެންދިޔަ ގާނޫން ހަދާ މަޖިލީހުގެ އިންތިޚާބުގެ ކެމްޕެއިންތެރޭގައި އެންމެފަހުން އޭނާ އެންޑީ ޓީޥީއަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ އޭނާއަކީ ހިންދޫ ގޯޑަށް ވަރަށް ކުށްތަންވެ އަޅުވެތިވާ ފަރާތެއްކަމުގައެވެ.