އިންޑިއާ
27 May 2024
އިންޑިއާގެ ހިލޭ އެހީގައި ކުރިއަށްގެންދަން ނިންމާފައިވާ މަޝްރޫއުތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި
އިންޑިއާގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދަން ރާވާފައި ހުރި މަޝްރޫތަކާ ގުޅޭގޮތުން ރާއްޖޭގެ ސަރުކާރާއިއެކު މަޝްވަރާކޮށްފިއެވެ. އިންޑިއާގެ ހިލޭ އެހީގެ ދަށުން 65 ޕްރޮޖެކްޓެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވެއެވެ. އެ ޕްރޮޖެކްޓްތަކުގެ ޖުމްލަ އަގަކީ 360 މިލިއަން ރުފިޔާއެވެ.
27 May 2024
ރާއްޖެ ބޮއިކޮޓް ކުރި އިންޑިއާގެ އީޒްމައިޓްރިޕްއަށް 15 ކްރޯޑް ގެއްލުންވުމުން ސަސްޕެންޝަން އުވާލައިފި
ދިވެހިރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓް ކުރުމަށް އިންޑިއާގެ ހުރިހައި މީޑިއާއެއް އެއްގަލަކަށްއަރައި ހިންގި ވަރުގަދަ ކެމްޕޭންތެރޭގައި އެންމެ ވަތަނީގޮތަކަށް ރާއްޖެ ބޮއިކޮޓްކުރި ޓްރެވަލް އެޖެންސީއެއްކަމަށްވާ "އީޒީމައިޓްރިޕް" އިން އަޑެއްބަޑެއް ނީއްވައި ހަމަހިމެނޭނުން ތިބެ އަނެއްކާވެސް ރާއްޖެއަށް ބުކިން ހަދައިދޭން ފަށައިފިކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެފިއެވެ.
22 May 2024
ޗައިނާ އާއި އިންޑިއާއާއެކު ކުރެވޭ މަސައްކަތްތަކުން ޑޮލަރުގެ ޑިމާންޑް ދަށްވާނެ‏⁦
ޗައިނާ އާއި އިންޑިއާ ސަރުކާރާއެކު ކުރައަންނަ މަސައްކަތްތަކުން ދިވެހި ރުފިޔާގެ އަގު ވަރުގަދަކުރެވޭނެ ކަމަށް އިގްތިސާދީ ތަރައްގީ އާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
21 May 2024
އިންޑިއާއިން ދިން ލޯނުތަކުން 15.7 ބިލިއަން ރުފިޔާ އަދި ނުލިބޭ: ފިނޭންސް
ދިވެހިރާއްޖޭގައި އެކި މަޝްރޫއުތައް ހިންގުމަށް ސަރުކާރުން ނަގާފައިވާ ލޯންތަކުގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ފައިސާ ނުލިބި ހުރީ އިންޑިއާގެ އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް އިންޑިއާ (އެގްޒިމް ބޭންކް) އިން ނަގާފައި ހުރި ފައިސާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.
18 May 2024
އިންޑިއާގެ ތިން މީހަކަށް އިމިގްރޭޝަނަށް ހާޒިރުވާން އަންގައިފި
އިންޑިއާގެ ތިން މީހަކަށް އިމިގްރޭޝަނަށް ހާޒިރުވާން އަންގައިފި އެވެ. މިއަދު އިމިގްރޭޝަނުން ފޮޓޯ ޢާންމުކޮށް، އެ އިދާރާއަށް ހާޒިރުވާން އަންގާފައިވަނީ، ރޯހިތް ކުމާރު (33އ) އާއި ގުރުޖަންތް ސިންގް (24އ) އަދި ޝަމްޝޭން އަލަމް (35އ) އަށެވެ.
14 May 2024
އިންޑިއާގައި ބިލްބޯޑެއް ވެއްޓި 14 މީހަކު މަރުވެއްޖެ
މޫސުންގޯސްވެ ވައިގަދަވުމާއި ގުޅިގެން އިންޑިއާގެ މުމްބާއިގައި ހުރި ބޮޑު ބިލްބޯޑެއް ވެއްޓި 14 މީހުން މަރުވެއްޖެއެވެ.
09 May 2024
އިންޑިއާ ސިފައިންގެ ފަހު ބެޗު ރާއްޖެއިން ފައިބައިފި
ރާއްޖޭގައި ޤާއިމުވެ ތިބި އިންޑިއާ ސިފައިންގެ ފަހު ބެޗު އަނބުރާ ފޮނުވާލައިފިއެވެ. އިންޑިއާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނާ ހަވާލާދީ އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ރާއްޖޭގައި ތިބި ހުރިހާ އިންޑިއާ ސިފައިން އަނބުރާ ގެންދިއުމަށްފަހު މިހާރު ސިފައިންގެ ބަދަލުގައި ޓެކްނިކަލް މަދަނީ މީހުން ވަނީ ގެނެސްފައެވެ.
09 May 2024
ޚާރިޖީ ވަޒީރު މޫސާ ޒަމީރު، އިންޑިޔާގެ ޚާރިޖީ ވަޒީރާ ބައްދަލުކުރައްވައިފި
ވަޒީރު މޫސާ ޒަމީރު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރު، ޖައިޝަންކަރުއާއި ބައްދަލުކުރައްވާ ވަނީ ރަސްމީ މަޝްވަރާ ތަކެއް ކުރައްވާފައެވެ.
08 May 2024
ކޮވިޝީލްޑް ވިއްކުން ހުއްޓާލަނީ
ކޮވިޑް 19 ގެ ބަލިމަޑުކަމާއި ދެކޮޅަށް އިންޑިއާއިން އުފެއްދި ކޮވިޝީލްޑް ޖެހުމުން ލޭގަނޑުވާ ކަމަށް އެއްބަސްވި، އެ ވެކްސިން ގެ މައި ކުންފުނި އެސްޓްރާޒެނެކާއިން ކޮވިޝީލްޑް ވެކްސިން ވިއްކުން ހުއްޓާލައިފިއެވެ.
07 May 2024
ރަސްމީ ދަތުރުފުޅެއްގައި، ޚާރިޖީ ވަޒީރު ޒަމީރު މާދަމާ އިންޑިޔާއަށް ވަޑައިގަންނަވަނީ
ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރު ރަސްމީ ދަތުރުފުޅެއްގައި މާދަމާ އިންޑިއާއަށް ވަޑައިގަންނަވާނެކަމުގައި ޚާރިޖީ ވުޒާރާއިން ބުނެފިއެވެ.