އީރާން/އެމެރިކާ ނުތަނަވަސްކަން
19 Mar 2026
އީރާންގެ ހަމަލާތަކެއް ޤަޠަރާއި ސައުދީގެ ތެލާއި ގޭސް އުފައްދާ މަރުކަޒުތަކަށް
އީރާނުން ޤަޠަރާއި، ސައުދީ އަރަބިއްޔާ އަދި ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ހަކަތަ އުފައްދާ މަރުކަޒުތަކަށް އަމާޒުކޮށް ވަރުގަދަ މިސައިލް އަދި ޑްރޯން ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކާ ގުޅިގެން ސައުދީ އަރަބިއްޔާއިން ބުނެފައިވަނީ އީރާނަށް އޮތް އިތުބާރު މުޅިން ގެއްލިފައިވާ ކަމަށެވެ.
19 Mar 2026
ބަދަލު ހިފުމުގެ ހަމަލާ ތަކެއްގައި، އީރާނުން ސައުދީ އަދި ޤަތަރަށް ހަމަލާދޭން ފަށައިފި
19 Mar 2026
އެންމެބޮޑު ހަކަތައިގެ މަރުކަޒަށް ދިން ހަމަލާއާ ގުޅިގެން އީރާނުގެ ރުޅިގަނޑު ފަޅައިގެން ހިނގައްޖެ
18 Mar 2026
ބަޣުދާދު އެއާޕޯޓު ކައިރިން ޑްރޯންތަކެއް ވައްޓާލައިފި
އިރާޤުގެ ވެރިރަށް ބަޣުދާދުގައި ހުންނަ ބައިނަލްއަޤުވާމީ ވައިގެ ބަނދަރު ކައިރީގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް އަމާޒުކޮށް ފޮނުވާލި ޑްރޯންތަކެއް އިރާޤުގެ ވައިގެ ދިފާއީ ނިޒާމުން ހުއްޓުވައިފި.
18 Mar 2026
އެމެރިކާއިން އީރާނަށް ހަމަލާދިނީ އިސްރާއިލުން ޕްރެޝަރުކޮށްގެން
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށާއި ޑިރެކްޓާ އޮފް ނެޝަނަލް އިންޓެލިޖެންސަށް ޓެރަރިޒަމްގެ ނުރައްކާތަކާ ގުޅޭ ގޮތުން ލަފާ ދޭ އެމެރިކާގެ ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓަރު ޖޯ ކެންޓް، އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް މަޤާމުން އިސްތިއުފާ ދީފިއެވެ.
18 Mar 2026
އީރާނުން އިސްރާއީލަށް ވަރުގަދަ ރައްދު ޙަމަލާތަކެއް ދީފި
ނިރުބަވެރި އިސްރާއީލުން އީރާނުގެ ސުޕްރީމް ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ ޢަލީ ލަރީޖާނީ ވައިގެ ޙަމަލާއެއްގައި އަވަހާރަކޮށްލުމާ ގުޅިގެން އީރާނުން އިސްރާއީލާއި އެމެރިކާގެ ބޭސްތަކަށް ވަރުގަދަ ރައްދު ޙަމަލާތަކެއް ދީފިއެވެ.
18 Mar 2026
ލަރިޖާނީ އަވަހާރަކޮށްލާފައިވާކަން އީރާނުން ޔަގީން ކޮށްދީފި
އީރާންގެ ގައުމީ ސަލާމަތާ ބެހޭ ވެރިޔާ އަލީ ލަރިޖާނީ އަވަހާރަކޮށްލާފައިވާ ކަމަށް އެ ގައުމުން ޔަގީންކޮށްދީފި އެވެ.
17 Mar 2026
ޗައިނާއިން މެދުއިރުމަތީގެ ހަތަރު ޤައުމަކަށް ކުއްލި އެހީ ފޮނުވަނީ
ޗައިނާގެ ހާރިޖީ ވުޒާރާގެ ސްޕޯކްސްޕާސަން ލިން ޖިއާން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، މި އެހީގެ މައިގަނޑު ބޭނުމަކީ ހަނގުރާމައިގެ ސަބަބުން އާންމު ރައްޔިތުންނަށް ކުރިމަތިވެފައިވާ އިންސާނީ ތަކުލީފުތަކަށް ލުޔެއް ހޯދައިދިނުން ކަމަށެވެ. އަދި އެ ސަރަހައްދީ ހަމަޖެހުން ގާއިމުކުރުމަށް ބައިނަލްއަޤުވާމީ މުޖުތަމައުން މަސައްކަތް ކުރަންޖެހޭ ކަމަށްވެސް އޭނާ ފާހަގަ ކުރެއްވިއެވެ.