އީރާން/އެމެރިކާ ނުތަނަވަސްކަން
17 Mar 2026
މެދުއިރުމަތީގެ ތެލުގެ ކާރިސާއާ ގުޅޭގޮތުން ސަރުކާރުގެ ހާމަކަން ކުޑަ: އެމްޑީޕީ
މިއަދު އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދުނިޔޭގެ ތެލުގެ ބާޒާރަށާއި ފަތުރުވެރިކަމަށް މި ހަނގުރާމައިގެ ސަބަބުން ބޮޑެތި ލޮޅުންތަކެއް އަރަމުންދާ ކަމަށެވެ. ނަމަވެސް، މިފަދަ ނާޒުކު ދަނޑިވަޅެއްގައި ރައީސް ޑރ.މުހަޢްމަދު މުޢިއްޒު އިސްކަންދެއްވަނީ ގައުމުގެ އިގްތިސާދު ސަލާމަތްކުރުމުގެ ބަދަލުގައި، އަވަސް އަރުވައިލައިގެން ޤާނޫނުއަސާސީއަށް ބަދަލު ގެނައުމަށް ރިފަރެންޑަމެއް ބާއްވައި ބާރު ހޯދުންކަމަށް އެމްޑީޕީން ތުހުމަތު ކުރެއެވެ.
17 Mar 2026
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 5 އިންސައްތަ މައްޗައް
މެދުއިރުމަތީގެ މަސްރަހު ގޯސްވެ، ހޯރްމޫޒް ކަނޑުއޮޅި ބަންދުވުމާއި އީރާނުގެ ތެޔޮ މަރުކަޒުތަކަށް ދެވުނު ހަމަލާތަކާ ގުޅިގެން ތެލުގެ ސަޕްލައިއަށް ދަނީ ބުރޫއަރަމުންނެވެ. އެގޮތުން، ބްރެންޓް ކްރޫޑް ފީފާއެއްގެ އަގު 103 ޑޮލަރަށް ވުރެ މައްޗަށް އަރާފައިވާއިރު، މިއީ ބައިނަލްއަޤުވާމީ ބާޒާރުގައި ތެލުގެ ސަޕްލައިއަށް ކުރިމަތިވި ވަރަށް ބޮޑު ގޮންޖެހުމެކެވެ.
16 Mar 2026
އަބޫދާބީގައި މިސައިލެއް ވެއްޓި ފަލަސްތީނު ރައްޔިތެއް މަރުވެއްޖެ
އަބޫދާބީގެ ކަމާބެހޭ ފަރާތްތަކުން އެކްސްގައި ކުރި ޕޯސްޓްއެއްގައި ބުނީ ކަމާބެހޭ ފަރާތްތަކުން އަލް ބާޚިއާ ސަރަހައްދަ މިސައިލެއް ވެއްޓި ކާރެއް އޭގައި ދަށުވުމުގެ ރިޕޯޓް ލިބުމުން އެ ސަރަހައްދަށް ގޮސްފައިވާ ކަމަށާއި، އަދި ވަނީ ރަސްމީ މަސްދަރުތަކުން މައުލޫމާތު ހޯދުމަށް އިލްތިމާސް ކޮށްފައެވެ.
16 Mar 2026
އެމެރިކާއާއި ދެކޮޅަށް ސައުތު ކުޮރެއާގައި މުޒާހަރާކޮށްފި
މުޒާހަރާގެ ބައިވެރިން ގޮވާލީ ވީހާވެސް އަވަހަށް ސުލްހަ ގާއިމުކޮށް ހަނގުރާމަ ހުއްޓާލުމަށާއި އަދި ސައުތު ކުރެއާއިން އެމެެރިކާއަށް މެދުއިރުމަތީގެ ހަނގުރާމައިގައި އެއްވެސް އެހީތެރިކަމެއް ފޯރުނޮކޮށްދިނުމަށެވެ.
16 Mar 2026
މެދުއިރުމަތީގެ ހަނގުރާމައާއި ގުޅިގެން ސްރީލަންކާއިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އަޅަން މަޝްވަރާކޮށްފި
މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު މުހިންމު ކަންތައްތަކުގައި، ސަޕްލައި ޗޭނަށް ކުރާނެ ނޭދެވޭ އަސަރުތައް ކުޑަކުރާނެ ގޮތްތަކާއި، ދަނޑުވެރިކަމާއި މަސްވެރިކަމާއި އަދި ސިނާއީ މަސައްކަތްތަކަށް ބޭނުންވާ ތެޔޮ ނިޒާމު މެދުނުކެނޑި ލިބޭނެ ގޮތް ހެދުމަށްޓަކައި، ތެޔޮ ދޫކުރުމަށް ބޭނުންކުރާ ޑިޖިޓަލް ކޯޑު ނިޒާމު އިތުރަށް ހަރުދަނާ ކުރުން ހިމެނެއެވެ. މީގެއިތުރުން، ތެޔޮ ސޭވް ކުރުމުގެ ގޮތުން، ސަރުކާރާއި އަމިއްލަ އިދާރާތަކުގެ މުވައްޒަފުން ގޭގައި ތިބިގެން މަސައްކަތް ކުރެވިދާނެ ގޮތްތައް ދިރާސަކޮށް ރިޕޯޓެއް ހުށެހެޅުމަށް ރައީސް ވަނީ އަންގަވައިފައެވެ.
16 Mar 2026
ދުބައި އެއާޕޯޓުގެ އޮޕަރޭޝަންތައް ވަގުތީގޮތުން ހުއްޓާލައި، އެމިރޭޓްސްގެ ފްލައިޓްތައް ސަސްޕެންޑްކޮށްފި
ދުބައި އިންޓަނޭޝަނަލް އެއާޕޯޓު ކައިރީގައި ހުރި ތެޔޮ ޓޭންކަކަށް ޑްރޯން ހަމަލާއެއް އެރުމާ ގުޅިގެން އެ އެއާޕޯޓުގެ ފްލައިޓް އޮޕަރޭޝަންތައް ވަގުތީ ގޮތުން ހުއްޓާލައި، އެމިރޭޓްސް އެއާލައިނުން ދުބައިއަށް ދަތުރުކުރާ އަދި ދުބައިން ފުރާ ހުރިހާ ފްލައިޓެއް ސަސްޕެންޑްކޮށްފިއެވެ.
15 Mar 2026
މިހާރު މިފެންނަމުން މިދަނީ އޮމާނުން ތެޔޮ އެތެރެކުރަން ނިންމި ނިންމުމުގެ ފައިދާ؛ އަމްރު
މިހާރު ފެންނަމުން މިދަނީ އޮމާނުން ތެޔޮ އެތެރެކުރަން ނިންމި ނިންމުމުގެ ރަނގަޅު ނަތީޖާ ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކެޓަރ ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.
15 Mar 2026
އިންޑިއާގައި ކައްކާ ގޭސް ލިބުން ދަތިވެ، ރެސްޓޯރެންޓްތަކުގެ މެނޫތައްވެސް މަދުކޮށްލައިފި
15 Mar 2026
ސްވިޓްޒަރލޭންޑް އިން އެމެރިކާގެ ހަނގުރާމަމަތީ ބޯޓުތަކަށް ބުނީ ނޫނެކޭ
މިއަދު ސްވިޓްޒަރލޭންޑްގެ ސަރުކާރުން ކުރި އިއުލާނެއްގައި ވިދާޅުވީ އެމެރިކާއިން ވަނީ އެ ޤައުމުގެ ވައިގެ ސަރަހައްދު ދިރާސީ ބޭނުމައްޓަކައި ބޭނުން ކުރުމަށް އެދިފައެވެ. ނަމަވެސް، ސްވިޓްޒަރލޭނޑްގެ އިން ވަކި ކޮޅެއް ހަނގުރާމަަތަކުގައި ނުނެގުމުގެ އުސޫލުގެ މަތިން ވަނީ އެެމެރިކާގެ ހަނގުރާމަމަތީ ބޯޓުތަކަށް އެ ޤައުމުގެ ވައިގެ ސަރަހައްދު ބޭނުން ކުރުން މަނާ ކޮށްފައެވެ.
15 Mar 2026
ނަތަންޔާހޫ ފަހައި ހިފައި މަރާލާނެ ކަމުގެ އިންޒާރު އީރާނުން ދީފި
ނިރުބަވެރި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ފަހައި ހިފައި މަރާލާނެ ކަމުގެ އިންޒާރު އީރާނުގެ އިސްލާމީ ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ދީފިއެވެ.