ސްރީލަންކާގެ ރައީސް
ހަބަރު
16 Mar 2026 | 12:19
ތެލުގެ ޚަރަދު ކުޑަކުރުމަށް ސްރީލަންކާއިން ގިނަ ފިޔަވަޅުތަކެއް އަޅަން މަޝްވަރާކޮށްފި

މެދުއިރުމަތީގެ މަސްރަހު ގޯސްވަމުންދާތީ، ޒަރޫރީ ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމާ ގުޅޭގޮތުން ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކަ މިއަދު ސްރީލަންކާ ސަރުކާރުގެ އިސްވެރިންނާ ބައްދަލު ކުރައްވައިފިއެެވެ.

މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު މުހިންމު ކަންތައްތަކުގައި، ސަޕްލައި ޗޭނަށް ކުރާނެ ނޭދެވޭ އަސަރުތައް ކުޑަކުރާނެ ގޮތްތަކާއި، ދަނޑުވެރިކަމާއި މަސްވެރިކަމާއި އަދި ސިނާއީ މަސައްކަތްތަކަށް ބޭނުންވާ ތެޔޮ ނިޒާމު މެދުނުކެނޑި ލިބޭނެ ގޮތް ހެދުމަށްޓަކައި، ތެޔޮ ދޫކުރުމަށް ބޭނުންކުރާ ޑިޖިޓަލް ކޯޑު ނިޒާމު އިތުރަށް ހަރުދަނާ ކުރުން ހިމެނެއެވެ.

މީގެއިތުރުން، ތެޔޮ ސޭވް ކުރުމުގެ ގޮތުން، ސަރުކާރާއި އަމިއްލަ އިދާރާތަކުގެ މުވައްޒަފުން ގޭގައި ތިބިގެން މަސައްކަތް ކުރެވިދާނެ ގޮތްތައް ދިރާސަކޮށް ރިޕޯޓެއް ހުށެހެޅުމަށް ރައީސް ވަނީ އަންގަވައިފައެވެ.

މި ފިޔަވަޅުތަކުގެ މައިގަނޑު ބޭނުމަކީ ދުނިޔޭގެ މަސްރަހަށް އަންނަމުންމިދާ ބަދަލުތަކުގެ ސަބަބުން ސްރީލަންކާގެ އިޤްތިސާދަށް ކުރާނެ އަސަރު ކުޑަކޮށް، އަސާސީ ޚިދުމަތްތައް ހުއްޓުމެއްނެތި ގެންދިއުމެވެ.

މީގެ އިތުރުން، ތެލުގެ ދަތިކަމާ ގުޅިގެން ސަރުކާރު މުވައްޒަފުންނަށް ހަފުތާއަކު ހަތަރު ދުވަހު މަސައްކަތް ކުރާ ގޮތަށް ބަދަލުކުރުމަށްވެސް މަޝްވަރާކޮށްފައިވެއެވެ. މީގެ ބޭނުމަކީ ސަރުކާރު ދަތުރުފަތުރާއި ކޮމިއުޓިންއަށް ހޭދަވާ ތެޔޮ ބޮޑު ތަނުން މަދުކުރުމެވެ. ސަރުކާރު ޑިޕާޓްމަންޓްތަކުގެ ވެރިންނަށް ވަނީ މި ބަދަލު ގެންނަ ނަމަ އެކަން ތަންފީޒުކުރެވޭނެ ގޮތާ ބެހޭ ހުށަހެޅުންތައް ހުށަހެޅުމަށް އަންގާފައެވެ.

ދިވެހިރާއްޖެއިން ވެސް ވަނީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދިމާވެދާނެ ނުރައްކަލަށް ތައްޔާރުވުމުގެ ގޮތުން ފިޔަވަޅުތަކެއް އަޅައިފައެވެ. އޭގެތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ބާއްވަން ނިންމި ޢީދު ދިއްލުން ހަރާކާތް، ހަރަދު ކުޑަކުރުމުގެ ގޮތުން ވަނީ ހަމައެކަނި ސިޓީ ތަކުގައި ބޭއްވުމަށް ނިންމާފައެވެ. އަދީ ދިމާވެދާނެ ސަޕްލައި ޗޭއިން މައްސަލަތަކުން ރައްކާތެރިވުމުގެ ގޮތުން ދިވެހި ސަރުކާރުން ދަނީ އިންޑިއާއާއި މަޝްވަރާކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Sep 2026
ސޯސަންމަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ތިން މީހަކަށް ވަރަށް އަނިޔާވެއްޖެ
21 Sep 2026
ދިއްދޫ ބަލިކޮށް ބިސްބުރަށް ފުރަތަމަ ފަހަރަށް މޮޅެއް
މި މެޗަށްފަހު އިންޓަނޭޝަނަލް ބްރޭކާ ގުޅިގެން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ލީގުގެ ކުޅުން ދެން އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުއެވެ
20 Sep 2026
ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗްތަކަށް ރާއްޖޭގެ ޤައުމީ ޓީމް ފުރައިފި
މި އެކުވެރިކަމުގެ މެޗުތަކަކީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ކުޅޭ މުހިންމު މެޗުތަކެކެވެ.
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.