އީރާން/އެމެރިކާ ނުތަނަވަސްކަން
01 Apr 2026
އެއްބަސްވުމަކަށް ނާދެވުނަސް އީރާން ހަނގުރާމަ 2-3 ހަފްތާ ތެރޭގައި ނިމިދާނެ
އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ކުރިއަށް އޮތް ދެ ހަފްތާ ނުވަތަ ތިން ހަފްތާ ތެރޭގައި އެމެރިކާއިން ހުއްޓާލަފާނެ ކަމަށާއި، ހަނގުރާމަ ނިންމުމަށް އެއްބަސްވުމެއް ބޭނުންނުވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
31 Mar 2026
އީރާނު ހަނގުރާމަ ހުއްޓާލުމަށް ޓްރަމްޕް ވިސްނަނީ
30 Mar 2026
އޮސްޓްރޭލިއާ ސަރުކާރުން ތެލުން ނަގާ ޓެކްސް ކުޑަކޮށްފި
އިރާނާ ދެކޮޅަށް އެމެރިކާ އާއި އިސްރާއީލުން ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަމުންދާ ބަދަލުތަކާއެކު، އޮސްޓްރޭލިއާގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ލުޔެއް ހޯދައިދިނުމަށްޓަކައި އެ ގައުމުގެ ސަރުކާރުން ތެލުން ނަގާ ޓެކްސް ކުޑަކުރުމަށް ނިންމައިފިއެވެ.
30 Mar 2026
ބޭނުމީ އީރާނުގެ ތެޔޮ އެމެރިކާގެ ދަށަށް ގެންނަން: ޓްރަމްޕް
އީރާނުގެ ތެޔޮ އެމެރިކާގެ ބާރުގެ ދަށަށް ގެނެސް، އެ ގައުމުގެ މުހިންމު ތެޔޮ ބަނދަރެއް ކަމަށްވާ "ޚާރްގް އައިލެންޑް" ވެސް ހިފަން ބޭނުންވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
29 Mar 2026
އިތުރު މާކެޓްތަކުން ރާއްޖެއަށް މުދާ އެތެރެކުރަން ފަށަނީ
28 Mar 2026
މެދުއިރުމަތީގެ ހަނގުރާމަ ރަތް ކަނޑަށް
ބާބުލް މަންދަބަކީ ހޯރްމޫޒް ކަނޑުއޮޅިއަށްފަހު ދުނިޔޭގެ ހަކަތައާއި މުދާ އުފުލުމުގައި ދެން އެންމެ މުހިންމު އެއް "ޗޯކްޕޮއިންޓް" އެވެ. ހޫތީންގެ ހަމަލާތަކުގެ ސަބަބުން ގިނަ ޝިޕިންގް ކުންފުނިތަކަކުން މިހާރު ވަނީ ރަތްކަނޑު ދޫކޮށް، އެފްރިކާ ވަށައިގެން ދިގު މަގަކުން ދަތުރުކުރަން ފަށާފައެވެ. މީގެ ސަބަބުން މުދާ އުފުލުމަށް ހޭދަވާ ވަގުތު 10 އަކާއި 14 ދުވަހާ ދެމެދުގެ މުއްދަތަކަށް އިތުރުވެ، ދުނިޔޭގެ ބާޒާރުގައި ތެލާއި މުދަލުގެ އަގު އުފުލެމުންދެއެވެ.
28 Mar 2026
އިންޑިއާއިން ސްރީލަންކާއަށް ތެލުގެ ކުއްލި އެހީތެރިކަން ފޯރުކޮށްދެނީ
27 Mar 2026
އެމެރިކާއާ އިޒްރޭލުން އީރާންގެ ސުކޫލަށް ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި
ދިވެހި ހާރިޖިއްޔާއިން ބުނީ ދިވެހި ސަރުކާރުން ދެކޭގޮތުގައި މިއީ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާބެހޭ ގާނޫނުތަކާއި އިންސާނިއްޔަތާބެހޭ ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ޚިލާފު އަމަލެކެވެ.