އީރާން/އެމެރިކާ ނުތަނަވަސްކަން
07 Apr 2026
ލައިވް ބްލޮގް: ބަދަލުވަމުންދާ މެދުއިރުމަތީގެ ހާލަތު
- އެމެރިކާ އަދި އީރާނުން މިހާރު ވަނީ ދެ ހަފްތާގެ މުއްދަތަކަށް ހަމަލާތައް ބަދަލުކުރުން ވަގުތީގޮތުން ހުއްޓާލުމަށް ނިންމާފައި، އަދި އަންނަ ހުކުރުދުވަހު ދެ ޤައުމުގެ ދެމެދުގައި މަޝްވަރާތައް ފެށުމަށް ވަނީ އެއްބަސްވެފައި
07 Apr 2026
ކަރަންޓާއި ގޭހުގެ އަގުބޮޑުކުރުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް: ވަޒީރުން
07 Apr 2026
މިދިޔަ މަހު 525 ފްލައިޓް ކެންސަލްވި، މިހާރުވެސް ދުވާލަކު 16 ފްލައިޓް ކެންސަލްވޭ
މިނިސްޓަރު ތޯރިގް ވިދާޅުވި ގޮތުގައި މިދިޔަ މަހު އެވްރެޖްކޮށް ދުވާލަކު 20 ފްލައިޓް ކެންސަލްވި އެވެ. އަދި މުޅި މަހު 525 ފްލައިޓް ވަނީ ކެންސަލްވެފަ އެވެ.
07 Apr 2026
އީރާނުގެ އަސްކަރިއްޔާ ބަލި ނުކުރެވުމުން، ހަމަލާތައް އިގްތިސާދީ ކާރުހާނާތަކަށް އަމާޒުކުރަނީ
06 Apr 2026
ހޯރްމުޒް ކަނޑުއޮޅީގެ "ތަޅުދަނޑި" ގެއްލިއްޖެ ކަމަށް ބުނެ އީރާނުން ޓްރަމްޕަށް މަލާމާތްކޮށްފި
މިއީ ސީދާ ޓްރަމްޕްގެ ސިޔާސަތުތަކަށާއި އޭނާ ކުރައްވާ އަމުރުތަކަށް ގޮންޖަހައި، ބައިނަލްއަޤްވާމީ މައިދާނުގައި އެމެރިކާގެ ނުފޫޒު ކުޑަކޮށްލުމަށް ދިން ބަހުގެ ހަމަލާއެކެވެ. އީރާނުން މިމޭރުމުން ވާހަކަ ދެއްކީ ހޯރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލް އެގައުމުގެ އަތްމަތީގައި އޮތްކަން ހަނދާންކޮށްދެމުންނެވެ.
06 Apr 2026
އީރާނުގެ އެމްބަސީތަކުން ހަނގުރާމައާ ގުޅުވައިގެން ސޯޝަލް މީޑިއާގައި "މީމް" ތައް ފަތުރަނީ
މި މީމްތަކުގައި ގިނައިން ފާހަގަކޮށްލެވެނީ ހުޅަނގުގެ ގައުމުތަކާއި އިޒްރޭލުގެ އަސްކަރީ ބާރަށް ގޮންޖަހައި، އެ ފަރާތްތަކުގެ ނުފޫޒު ކުޑަކޮށް ދެއްކުމަށް މަސައްކަތްކޮށްފައިވާ މަންޒަރުތަކެވެ. މިސާލަކަށް، މަޝްހޫރު ފިލްމުތަކުގެ މަންޒަރުތަކާއި، ކާޓޫން ކެރެކްޓަރުން ބޭނުންކޮށްގެން ހަނގުރާމައިގެ މައިދާނުގައި ހިނގާ ހާދިސާތަކަށް މަލާމާތްކުރުން ހިމެނެއެވެ. މިއީ ޑިޕްލޮމެޓިކް މުއާމަލާތްތަކުގައި ފެންނަ އާދަޔާ ހިލާފު، އަދި ބައެއް ފަރާތްތަކުން "މަގްބޫލުކަން ހޯދުމަށް" ކުރާ ކަމެއްގެ ގޮތުގައި ވެސް ސިފަކުރެއެވެ.
06 Apr 2026
އީރާނުގެ މިސްކިތަކަށާއި ގޭސް ސްޓޭޝަނަކަށް ހަމަލާދީފި
އީރާނުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހަމަލާގެ ސަބަބުން ޔުނިވަރސިޓީގެ ގޭސް ސްޓޭޝަނަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ވެފައެވެ. މީގެ ސަބަބުން އެ ސަރަހައްދުގެ ގޭހުގެ ހިދުމަތް މެދުކެނޑި، އާންމު ދިރިއުޅުމަށް ވަނީ ދަތިތަކަކާ ކުރިމަތިލާން ޖެހިފައެވެ.
06 Apr 2026
ހޯރްމޫޒް ކަނޑުއޮޅި ނުހުޅުވައިފިނަމަ އީރާނަށް ވަރުގަދަ ހަމަލާތަކެއް ދޭނެ
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކަނޑައަޅާފައިވާ މުހުލަތުގެ ކުރިން ހޯރްމޫޒް ކަނޑުއޮޅި ނުހުޅުވައިފިނަމަ، އީރާނުގެ މަދަނީ އުމްރާނީ ވަސީލަތްތަކަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމަށް ބުނެ އިންޒާރު ދީފިއެވެ.