ހަމަލާތައް ބަދަލުކުރުން ހުއްޓާލާފައިވަނިކޮށް އީރާނުގެ ހުޅަނގު ދެކުނު ފާރްސް ޕްރޮވިންސްގެ ލާރް ސިޓީގެ ވައިގެ ސަރަހައްދަށް "ހާމީސް 900" މަރުކާގެ ޑްރޯނެއް ވަތް މައްސަލައެއް ފެންމަތިވެއްޖެ. އީރާނުން ވަނީ އެ ޑްރޯން ހަލާކުކޮށްލާފައި. މިކަމާ ގުޅޭގޮތުން އެ ގައުމުގެ އިސްލާމިކް ރިވެލޫޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އިން ބުނީ، އަސްކަރީ އެއްވެސް ހަރަކާތެއް ނުހިންގި ކަމުގައި ވިޔަސް، އިސްރާއީލް އަދި އެމެރިކާގެ އުޅަނދެއް ވަނުމަކީ އެއްބަސްވުމާ ހިލާފްވުންކަމަށް
ހުރްމުޒް ކަނޑުއޮޅީގެ ޓްރެފިކް މެނޭޖްކުރުމަށް އެމެރިކާ އޮތީ ތައްޔާރަށް: ޓްރަމްޕް
އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް
އީރާނާ އެމެރިކާ ހަމަލާތައް ބަދަލުކުރުން މެދުކަނޑާލާފައިވާ މި ދަނޑިވަޅުގައި އިސްރާއީލުން ލުބުނާނަށްދޭ ހަމަލާތައް ބަލައި ނުގަނެވޭނެ، އިސްރާއީލުން އެވަނީ ލުބުނާނުގެ މިނިވަންކަމާއި އިސްތިގްލާލަށް އަރައިގަނެފައި: ސްޕެއިންގެ ހާރިޖީ ވަޒީރު
ވަގުތީގޮތުން ހަމަލާތައް ބަދަލުކުރުން ހުއްޓާލައި، އިސްލާމްއާބާދުގައި ސުލްހައިގެ ވާހަކަތައް ފެށުނަސް އޭގެ މާނައަކީ އަދި ހަނގުރާމަ މުޅިން ނިމުމެއްނޫން: އީރާން
ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ ބޯޓުތަކަށް، އައިސް ގޮސް މަޑުކުރުމުގެ އެއްވެސް ނުރައްކަލެއް ނެތްކަމަށް އީރާނުން ޔަގީންކޮށްދީފައިވާކަމަށް އަލްޖަޒީރާއިން ބުނެފި
އެމެރިކާ އާއި އީރާނާ ދެމެދު ދެ ހަފުތާގެ މުއްދަތަކަށް ހަމަލާ ބަދަލުކުރުން ހުއްޓާލުމަށާއި، ތެޔޮ އުފުލުމުގައި އެންމެ މުހިންމު ރާސްތާ ކަމަށްވާ ހޯމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށް އެއްބަސްވުމާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ސުމާރެއްނެތި އުފުލެމުންދިޔަ ތެލުގެ އަގުތައް ވަރަށް ބޮޑަށް ދަށަށް ގޮސް، ބައިނަލްއަގުވާމީ ހިއްސާގެ ބާޒާރުތަކަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ.
ބައިނަލްއަގުވާމީ ބާޒާރުގައި ބްރެންޓް ކުރޫޑްގެ އަގު 15.9 އިންސައްތަ ދަށަށް ގޮސް، ފީފާއެއްގެ އަގު މިހާރު ހުރީ 92.30 ޑޮލަރުގައެވެ. އަދި އެމެރިކާގެ ބާޒާރުގައި ތެލުގެ އަގު 16.5 އިންސައްތަ ދަށަށް ގޮސް، ފީފާއެއްގެ އަގު ވަނީ 93.80 ޑޮލަރަށް ތިރިވެފަ.
ނަމަވެސް، މި އަގުތަކަކީ މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު ހަނގުރާމަ ފެށުމުގެ ކުރިން ތެޔޮ ފީފާއެއް ހުރި 70 ޑޮލަރާ އަޅާބަލާއިރު އަދިވެސް މަތީ އަދަދެއް.
މިއާއެކު އޭޝިއާ ޕެސިފިކް ސަރަހައްދުގެ ހިއްސާގެ ބާޒާރުތަކަށް މިއަދު ހެނދުނު ވަނީ ބޮޑު ކުރިއެރުމެއް ލިބިފަ
އެގޮތުން ޖަޕާނުގެ ނިކޭ 225 އިންޑެކްސް 4.5 އިންސައްތަ މައްޗަށް ދިޔައިރު، ދެކުނު ކޮރެއާގެ ކޮސްޕީ ވަނީ 5.5 އިންސައްތަ އުފުލިފައެވެ. މީގެ އިތުރުން ހޮންކޮންގްގެ ހޭންގް ސެންގް 2.8 އިންސައްތަ އަދި އޮސްޓްރޭލިއާގެ އޭއެސްއެކްސް 200 ވަނީ 2.5 އިންސައްތަ މައްޗަށް ޖެހިލާފައެވެ.
އެއްވެސް ޝަރުތަކާ ނުލައި އީރާނުން ހުރްމުޒް ކަނޑުއޮޅި ހުޅުވާލުމަށް އެއްބަސްވެއްޖެކަމަށް އިސްރާއީލްގެ މީޑިއާތަކުން ރިޕޯޓްކޮށްފި
ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފައި އޮންނަތާ މިއަދަށް 39 ދުވަސް
މައުލޫމާތު؛ ސްޓްރައިޓް އޮފް ހުރްމުޒް
މައުލޫމާތު؛ ސްޓްރައިޓް އޮފް ހުރްމުޒް
މައުލޫމާތު؛ ސްޓްރައިޓް އޮފް ހުރްމުޒް
އީރާނުން އިސްރާއީލުގެ ދެކުނަށް އެންމެފަހުން ރޭ ދިން ބެލިސްޓިކް މިސައިލް ހަމަލާތަކާ ގުޅިގެން، އިސްރާއީލުން ރުޅިގަދަވެއްޖެ. އެޤައުމުން ބުނީ ރޭ ދިން ހަމަލާތަކުގައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް
އީރާނާ އެމެރިކާ އާ ދެމެދު ޕާކިސްތާނުގެ އިސްލާމް އާބާދުގައި ސުލްހައިގެ ވާހަކަތައް ފެށުމަށް ނިންމާފައިވާކަމަށް އަލްޖަޒީރާއިން ވަނީ ބުނެފައި. މި ވާހަކަތައް ބޭއްވުމަށް ހަަމަޖެހިފައިވަނީ އަންނަ ހުކުރުދުވަހު. މިފަހަރުގެ ވާހަކަތަކުގައި މައިގަނޑު 10 ކަމެއްގެ މައްޗަށް މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައި. ރިޕޯޓްތައް ބުނާގޮތުގައި މިއީ އީރާން އަދި އެމެރިކާ ދެމެދު ދާއިމީ ސުލްހައަކަށް ދިއުމަށް މަގުފަހިވެގެންދާނެ ވާހަކަތަކަކަށް ވެގެންދާނެ..
ހަމަލާތައް ބަދަލުކުރުން 15 ދުވަހަށް ހުއްޓާލުމާ ގުޅޭގޮތުން ޓްރަމްޕް ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ، މި މުއްދަތުގެ ތެރޭގައި ހުރްމުޒް ކަނޑުއޮޅިއަށް ފުރިހަމައަށް ރައްކާތެރިކަންދީ ހުޅުވާލުމަށް އީރާނުން އެއްބަސްވެފައިވާކަމަށް. ނަމަވެސް އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލުން ނެރުނު ބަޔާނުގައިބުނެފައިވަނީ، ހުރްމުޒް ކަނޑުއޮޅީގެ ފުރިހަމަ ބާރު އީރާނަށް އޮންނަންޖެހޭނެކަމަށް
އަލްޖަޒީރާއިން ބުނާގޮތުގައި އީރާނުންވެސް ވަނީ ދެހަފްތާގެ މުއްދަތަކަށް ހަމަލާތައް ދިނުން މެދުކަނޑާލުމަށް އެއްބަސްވެފައި. އީރާނުން މިގޮތަށް ނިންމާފައިވަނީ، އެޤައުމާ ގާތް ބައިވެރިންގެ އެދުމުގެވެސް މަތިން. އެމެރިކާއިން އެންމެ ފަހުވަގުތާ ހަމަޔަށްވެސް އިންޒާރުދެމުން ދިޔައީ ޖީލެއް ނައްތާލައިގެން ނަމަވެސް އީރާނުގެ ކަންތައް މިރޭ ނިންމާނެކަމަށް
އެންމެފަހުން ދެ ހަފްތާގެ މުްދަތަކަށް ވަގުތީގޮތުން ހަމަލާތައް ދިނުން ހުއްޓާލުމަށް ޓްރަމްޕު އަމިއްލަފުޅަށް ނިންމަވައިފި
ޓްރަމްޕް ދީފައިވާ ސުންގަނޑި ހަމަވުމާ ދިމާކޮށް އީރާނުން ތެލް އަވީވަށް މިސައިލްތަކެއް ފޮނުވާލާފައިވާކަމަށް އިސްރާއީލްގެ ޑިފެންސް މިނިސްޓްރީން ބުނެފައިވާކަމަށް އެޤައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފި
އިރާނުން މިއަދު އިސްރާއީލަށް އަމާޒުކޮށް ފޮނުވާލި ކަމަށް ބުނާ ބެލަސްޓިކް މިސައިލެއް.. ފޮޓޯ: އިސްރާއީލް ޓައިމްސް
ޤަތަރުގެ ވެރިރަށް ދޯހާއިން ގޮވުންތަކެއްގެ އަޑު. އެޤައުމުން ބުނަނީ އީރާނުން ފޮނުވާލި ވައިގެ ހަމަލާތަކެއް އަމާޒަށް ވާސިލްނުވަނީސް ގޮށްވާލެވިއްޖެ ކަމަށް
މުޖުތަމައެއްގެ އުމްރާނީ ވަސީލަތްތައް މުޅިން ސުންނާފަތިކޮށްލައި އާންމު ރައްޔިތުންނަށް ގަސްދުގައި ވޭންދެނިވި ހާލަތްތައް ކުރިމަތިކުރުވުމަކީ، އަސްކަރީ ގޮތުން އެއްވެސް މަގްސަދެއް ހާސިލްކުރުމަށް ކުރެވިގެންވާނެ ކަމެއްނޫންކަމަށް ނޫންކަމަށް ބުނެ އދ ގެ ފާޑުކިޔުން ޓްރަމްޕަށް.
އީރާނު ހަނގުރާމަ ނިއުކްލިއާ ހަނގުރާމައަކަށް ބަދަލުވެދާނެ ކަމުގެ ބިރު އެބައޮތްކަމަށް ޤާނޫނު ހަދާ މަޖިލީހުގައި ވާހަކަދައްކަވަމުން މިއަދު އިޓަލީގެ ދިފާޢީ ވަޒީރު ގީދޯ ކްރޮސެއްޓޯ ވަނީ ދެއްވާފައި.
ގީދޯ ކްރޮސެއްޓޯ
ހަނގުރާމައަށް އެޤައުމުގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދަ ނުދޭނޭކަމަށް ބުނާބުނުން އިޓަލީން އަންނަނީ ތަކުރާރުކުރަމުން.
އެމެރިކާއިން އީރާނަށް ދެމުންދާ އިންޒާރުތަކާ ގުޅިގެން އީރާނުގެ އިސްލާމީ އިންގިލާބީ ގާޑުންގެ ލަޝްކަރު (އައިއާރުޖީސީ) އިން ބުނެފައިވަނީ، އީރާނުގެ އާންމު ހިދުމަތްތަކާ ގުޅުންހުރި އެއްވެސް ތަނަކަށް ހަމަލާދީފިނަމަ، ރައްދުގައި ހަމަލާތައް ދޭނޭކަމަށް.
އެގޮތުން އެމެރިކާއާއި އެޤައުމުގެ ބައިވެރިންނަށް "ގިނަ އަހަރުތަކަކަށް" ތެލާއި ގޭސް ލިބުން ހުއްޓުވާލާނެ ކަމުގެ އިންޒާރު އައިއާރުޖީސީން ވަނީ ދީފަ
އީރާނުގެ އަސްކަރިއްޔާގެ ބާރު ކަނޑުވާލުމަށް އެމެރިކާ އަދި އިސްރާއީލް ގުޅިގެން އީރާނާ ދެކޮޅަށް މިދިޔަ ފެބުރުއަރީމަހުގެ 28 ވަނަ ދުވަހު ދޭންފެށި އުދުއާންތަކުގައި އެމެރިކާ އެންމެ ރުޅިއައި ކަމެއްގެ ގޮތުގައި ފެނިގެންދިޔައީ އީރާނުން ހުރްމުޒް ކަނޑުއޮޅި ބަންދުކުރި މައްސަލައެވެ. ހުރްމުޒް ކަނޑު އޮޅި ހުޅުވުމަށް ތަކުރާރުކޮށް އެމެރިކާއިން އިންޒާރު ދިނުމުންވެސް އީރާނުން އެކަމަށް ދީލާލާފައެއް ނުވެއެވެ.
އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ސޯޝަލް މީޑިއާ އެކައުންޓްގައި މިއަދު ކުރި ޕޯސްޓެއްގައިވަނީ އީރާނުގެ ޖީލެއް ނައްތާލައިގެން ނަމަވެސް މިރޭ އެމެރިކާއިން ހާސިލްކުރަން ބޭނުންވާ ކަންކަން ހާސިލް ކުރާނޭކަމުގެ އިންޒާރުދީފައެވެ.
މިކަމާ ގުޅިގެން ވައިޓްހައުސްއިން ބުނެފައިވަނީ، ސުލްހައިގެ ވާހަކަތައް ފެށުމަށް އީރާނަށް ދީފައިވާ މިހުލަތު ހަމަވާއިރު، ދެން ކަންކުރަންވީގޮތް އެނގިވަޑައިގަންނަވާނީ ރައީސް ޓްރަމްޕަށް ކަމަށް ވިދާޅުވެފައެވެ. އަދި މިކަމުގައި ޓްރަމްޕް ނިންމަވާނޭ ގޮތެއް ހަމަ އެއްގޮތަކަށްވެސް އެނގިވަޑައި ނުގަންނަވާކަމަށް ވައިޓްހައުސްއިން ވަނީ ބުނެފައެވެ.
މިކަމާ ގުޅޭގޮތުން އީރާނުން ބުނެފައިވަނީ، އެޤައުމާއެކު ވާހަކަދައްކައި ސުލްހަވުމުގެ ޝައުގުވެރިކަމެއް ނެތްކަމަށެވެ.
މި ލައިވް ބްލޮގަކީ އީރާނު މައްސަލައިގެ އެންމެ ނުރައްކާތެރި ހިސާބަށް ދާތީވެ އެކަމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ކިޔުންތެރިންނާ ހިއްސާކުރުމަށް ގެނެސްދޭ ބްލޮގެކެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists