އެމެރިކާގެ ރައީސް، ޑޮނަލްޑް ޓްރަމްޕް؛ ފޮޓޯ / ރިއުޓާސް
ދުނިޔެ
31 Mar 2026 | 11:09
ހޯރްމުޒް ކަނޑުއޮޅި ބަންދުކޮށްފައި އޮތަސް އީރާން ހަނގުރާމަ ހުއްޓާލުމަށް ޓްރަމްޕް ވިސްނަނީ

ހޯރްމުޒް ކަނޑުއޮޅި އެއްކޮށް ނުހުޅުވުނު ކަމުގައި ވިޔަސް އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުންދާ އަސްކަރީ ހަރަކާތްތައް، ނިންމާލުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ވޯލް ސްޓްރީޓް ޖާނަލްއިން އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ ބުނެފައިވާ ގޮތުގައި، ޓްރަމްޕް މިހާރު ގެންގުޅުއްވަނީ ހަނގުރާމައިގެ މުއްދަތު ކުރުކުރުމުގެ ވިސްނުމެކެވެ.

މީޑިއާތަކުން ރިޕޯޓްކުރާ ގޮތުން، ބާރުގެ ބޭނުންކޮށްގެން ހޯރްމުޒް ކަނޑުއޮޅި ހުޅުވަން މަސައްކަތް ކޮށްފިނަމަ، ޓްރަމްޕް ބޭނުންފުޅުވާ 4 ހަފްތާއާއި 6 ހަފްތާއާ ދެމެދުގެ ތާވަލަށްވުރެ ހަނގުރާމަ ދިގުލައިގެންދާނެއެވެ. އެހެންކަމުން، އެމެރިކާގެ އަސްކަރީ ވެރިންނާއެކު ދާދި ފަހުން ބޭއްވި ބައްދަލުވުންތަކުގައި، ކަނޑުއޮޅި ހުޅުވުމަށްވުރެ ބޮޑަށް އެހެން އަމާޒުތަކަކަށް އިސްކަންދިނުމަށް މަޝްވަރާކޮށްފައިވާކަމަށް ހަބަރު ލިބެއެވެ.

މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި އެމެރިކާގެ މިހާރުގެ މައިގަނޑު އަސްކަރީ އަމާޒަކީ އީރާނުގެ ކަނޑުގެ ސިފައިންގެ ގާބިލްކަން ކުޑަކުރުމާއި، އެ ގައުމުގެ މިސައިލް ރައްކާކޮށްފައިވާ ތަންތަނަށް ހަމަލާދީ ބާރުކަނޑުވާލުމެވެ. މި މަގްސަދުތައް ހާސިލްވުމުން، ހަނގުރާމައިގެ އޮޕަރޭޝަންތައް ނިންމާލުމަށްފަހު، ކަނޑުއޮޅި ހުޅުވުމުގެ މައްސަލައިގައި ޑިޕްލޮމެޓިކް މަގުން އީރާނަށް ޕްރެޝަރު ކުރުމަށް ޓްރަމްޕް ގަސްދުކުރައްވާ ކަމަށް މީޑިއާތަކުން ބުނެއެވެ.

މި ރޭވުމުގެ ދަށުން، ހަނގުރާމަ ހުއްޓާލުމަށްފަހު ބައިނަލްއަގުވާމީ ވިޔަފާރީގެ މަގުތައް ހުޅުވުމަށް ބާރުއެޅުމުގެ ޒިންމާ ޔޫރަޕްގެ ގައުމުތަކާއި ގަލްފުގެ އިއްތިހާދީ ގައުމުތަކާ ހަވާލުކުރުމަށް އެމެރިކާއިން ބޭނުންވެއެވެ. މިއީ އެމެރިކާގެ ސިފައިން ދިގު މުއްދަތަކަށް އެ ސަރަހައްދުގައި ތިބެންޖެހޭ ހާލަތްތަކުން ބަރީއަވުމަށް އެޅޭ ފިޔަވަޅެއްގެ ގޮތުގައި ބެލެވެއެވެ.

ހޯރްމުޒް ކަނޑުއޮޅިއަކީ ދުނިޔޭގެ ތެލުގެ 40 އިންސައްތަ އަށްވުރެ ބޮޑު އިންސައްތައެއް ދަތުރުކުރާ މައި މަގަށް ވީއިރު، މި ކަނޑުއޮޅި ބަންދުވުމަކީ ދުނިޔޭގެ އިގްތިސާދަށް ބޮޑު ނުރައްކަލެކެވެ. ނަމަވެސް، ޓްރަމްޕްގެ މި ވިސްނުމަކީ އަސްކަރީ ހަމަލާތައް ދިގުލައިގެން ދިޔަ ނުދިނުމަށްޓަކައި ގެންގުޅުއްވާ އުކުޅެއް ކަމަށް މާހިރުން ފާހަގަކުރެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ