އިނގިރޭސި ބޮޑުވަޒީރު ކިއަރ ސްޓާމަރ
ދުނިޔެ
02 Apr 2026 | 08:24
އިނގިރޭސިވިލާތަކީ އީރާނުގެ ހަނގުރާމައިގެ ބައިވެރިއެއް ނޫން، އެ ހަނގުރާމައިގެ ތެރެއަށް ނުވަންނާނަން: ސްޓާމަރ

އެމެރިކާއާއި އިސްރާއިލުން އީރާނާއި ދެކޮޅަށް ކުރަމުންދާ ހަނގުރާމައަކީ އިނގިރޭސިވިލާތުގެ ހަނގުރާމައެއް ނޫން ކަމަށާއި، އެ ހަމަނުޖެހުމުގެ ތެރެއަށް އެގައުމު ނުވެއްދޭނެ ކަމަށް އިނގިރޭސި ބޮޑުވަޒީރު ކިއަރ ސްޓާމަރ ވިދާޅުވެއްޖެއެވެ. 

ބުދަ ދުވަހު ޑައުނިންގް ސްޓްރީޓްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ސްޓާމަރ ވިދާޅުވީ، މަސްރަހު ފިނިކުރުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް އިނގިރޭސި ސަރުކާރުން ބާރުމިނުގައި ކުރަމުންދާ ކަމަށެވެ. ނަމަވެސް، މި ހަނގުރާމައިގެ ސަބަބުން ދިގު މުއްދަތެއްގައި އިނގިރޭސިވިލާތަށް އޭގެ އަސަރުތަކެއް ކުރާނެކަން ގަބޫލުކުރައްވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މި ހަފުތާގެ ތެރޭގައި ފޮރިން ސެކްރެޓަރީ އިވެޓް ކޫޕަރ ބާއްވާ ބައްދަލުވުމެއްގައި، ގަލްފް ސަރަހައްދުގެ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ސްޓާމަރ ވިދާޅުވިއެވެ.

އަދި މި ބައްދަލުވުމަށްފަހު، ހަނގުރާމަ ނިމުމުން "ސްޓްރެއިޓް އޮފް ހޯމޫޒް" އަކީ ރައްކާތެރި އަދި ދަތުރުފަތުރަށް ހުޅުވިފައިވާ ތަނެއްގެ ގޮތުގައި ބޭއްވުމަށްޓަކައި އިނގިރޭސި އަސްކަރީ މާހިރުން ހާއްސަ ދިރާސާތަކެއް ކުރާނެ ކަމަށްވެސް ބޮޑުވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން، ދިފާއީ، ސަލާމަތީ އަދި އިގްތިސާދީ ކަންކަމުގައި ވިލާތުގެ އެކުވެރި ގައުމުތަކާއެކު ގާތުން މަސައްކަތް ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑަށް ކުރިމަތިވާ ފިއްތުންތަކާއި، ދެކެވޭ ވާހަކަތައް ކޮންމެ ގޮތަކަށް ހުރި ނަމަވެސް، އަޅުގަނޑު ނިންމާ ކޮންމެ ނިންމުމެއް ނިންމާނީ އިނގިރޭސިވިލާތުގެ ގައުމީ މަސްލަހަތަށް އިސްކަންދީގެން. އެހެންކަމުން އަޅުގަނޑު ވަރަށް ސާފުކޮށް މި ބުނަނީ، މިއީ އަޅުގަނޑުމެންގެ ހަނގުރާމައެއް ނޫން، އަދި މިކަމުގެ ތެރެއަށް އަޅުގަނޑުމެން ނުވަންނާނަން."ސްޓާމަރ ވިދާޅުވިއެވެ.

ސްޓާމަރ މިހެން ވިދާޅުވެފައިވަނީ، އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގައި އެހީތެރިނުވާނަމަ ނޭޓޯއިން އެމެރިކާ ވަކިވުމާ މެދު ވިސްނަމުންދާ ކަމަށް ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ