އެމެރިކާގެ ރައީސް ޓްރަމްޕް
ދުނިޔެ
30 Mar 2026 | 08:10
ބޭނުމީ އީރާނުގެ ތެޔޮ, އެމެރިކާގެ ދަށަށް ގެންނަން: ޓްރަމްޕް

އީރާނުގެ ތެޔޮ އެމެރިކާގެ ބާރުގެ ދަށަށް ގެނެސް، އެ ގައުމުގެ މުހިންމު ތެޔޮ ބަނދަރެއް ކަމަށްވާ "ޚާރްގް އައިލެންޑް" ވެސް ހިފަން ބޭނުންވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

އާދީއްތަ ދުވަހު "ފައިނޭންޝަލް ޓައިމްސް" އަށް ދިން ބަސްދީގަތުމެއްގައި ޓްރަމްޕް ބުނީ، އޭނާ އެންމެ ބޮޑަށް ބޭނުންވަނީ އީރާނުގެ ތެޔޮ އަތުލުމަށް ކަމަށެވެ. އެގޮތުން، ވެނެޒުއޭލާގެ ލީޑަރު ނިކޮލަަސް މަދޫރޯ އަތުލައިގަތުމަށްފަހު އެ ގައުމުގެ ތެޔޮ ސިނާއަތް މުއްދަތެއް ނެތް ގޮތަށް އެމެރިކާގެ ބާރުގެ ދަށުގައި ބޭއްވުމަށް ގަސްތުކުރާ ފަދައިން، އީރާނާމެދުވެސް އަމަލުކުރެވިދާނެ ކަމަށް ޓްރަމްޕް ބުންޏެވެ.

އީރާނުގެ ހުޅަނގު އައްސޭރީގައި އޮންނަ ޚާރްގް އައިލެންޑަކީ އެ ގައުމުގެ ތެޔޮ ބޭރުކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ މަރުކަޒެވެ.

ޓްރަމްޕް ބުނީ، އެ ރަށުގެ ދިފާއީ ބާރު ވަރަށް ބަލިކަށި ކަމަށާއި، ވަރަށް ފަސޭހައިން އެމެރިކާއަށް އެތަން ހިފިދާނެ ކަމަށެވެ.

އެމެރިކާގެ އަސްކަރިއްޔާގެ މައި މަރުކަޒު، ޕެންޓަގަން އިން މިހާރު ދަނީ އެ ސަރަހައްދުގައި އެއްގަމު މަގުން ހިންގާނެ އަސްކަރީ އޮޕަރޭޝަންތަކަކަށް ތައްޔާރުވަމުންނެވެ. ނަމަވެސް، މިއީ މުޅި އީރާނަށް އަރައިގަތުން ނޫން ކަމަށް އެމެރިކާއިން ބުނެއެވެ.

މީގެ އިތުރުން، ރައީސް ޓްރަމްޕް ވަނީ އީރާނުގައި ވެރިކަން ބަދަލުވެފައިވާ ކަމަށްވެސް ބުނެފައެވެ.

އެގޮތުން އެއަރ ފޯސް ވަންގައި ނޫސްވެރިންނާ ވާހަކަދައްކަމުން އޭނާ ބުނީ، މަހެއްހާ ދުވަހުގެ ހަނގުރާމައިގައި އީރާނުގެ ގިނަ އަދަދެއްގެ ލީޑަރުން މަރާލެވިފައިވާތީ، މިހާރު އޮތީ މުޅިން ތަފާތު ލީޑަޝިޕެއް ކަމަށެވެ.

އީރާނާއެކު އައު އެއްބަސްވުމަކަށް އާދެވިދާނެ ކަމުގެ އުންމީދު އޮތް ނަމަވެސް، އެމެރިކާގެ މި ނިންމުމާއެކު މެދުއިރުމަތީގެ މަސްރަހު ވަނީ އިތުރަށް ނުތަނަވަސްވެފައެވެ. މިހާރުވެސް އެމެރިކާއިން ދަނީ އެތައް ހާސް ސިފައިންނެއް މެދުއިރުމައްޗަށް ފޮނުވަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ