ލައިފްސްޓައިލް
09 Mar 2025
ކަފަބުރު ލައިގެން ކަންފަތް ސާފުކުރަންޖެހޭތަ؟
ކަފަބުރުން ކަންފަތް ސާފުކުރުމަކީ އަހަރެމެން އެންމެންހެން އާދަވެގެން ކުރަމުން އަންނަކަމެކެވެ. ބައެއް ފަހަރު ކަންފަތް ކަހާލަން ބެނުންވިނަމަވެސް ކަފަބުރުން އެތައް އިރެންވަންދެން ކަންފަތް ކަހާލަ ކަހާލާ އިނދެވެއެވެ. އެހެން އުޅުމުގެ ތެރޭގައި ކަންފަތުގެ މާ ބޮޑަށް އެތެރެއަށް ކަފަބުރުވަދެ، އެކަމުގެ ތަދު ވެސް އިހްސާސް ކުރަންޖެހޭފަހަރު އާދެއެވެ.
09 Mar 2025
ރެސިޕީ: ކްރިސްޕީ ޗިކަން ފިންގާސް
ކްރިސްޕީ ޗިކަން ފިންގާސް އަކީ ރޯދަމަހު ރޯދަ ވީއްލާ ގަޑިއަށް ހެދިކާއެއްގެ ގޮތުގައި ކާލަންވެސް ކަމުދާނެ އެއްޗެކެވެ. އެހެންކަމުން، މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ މުރަނަކޮށް ޗިކަން ފިންގާސް ހަދާނެ ގޮތުގެ ރެސިޕީއެވެ.
07 Mar 2025
ރެސިޕީ: ޝަވަރުމާ ސޯސް
މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ވަރަށް ފަސޭހައިން ހެދޭނެ އަދި ވަރަށް ރަހަމީރު ޝަވަރުމާ ސޯހެއްގެ ރެސިޕީއެވެ. ފިހާރައިން ގަންނަ ސޯސްތަކަށްވުރެ މާ މީރުވާނެއެވެ.
06 Mar 2025
ރެސިޕީ: ކޮފީ ކޭކު
ކޮފީ ކޭކަކީ ރަހަ މީރު ހަދާލަންވެސް މާ ގިނަ ވަގުތެއް ނުނަގާނެ ޑެޒާޓެކެވެ. އެހެން ކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ކޮފީ ކޭކުގެ ރެސިޕީއެވެ.
04 Mar 2025
ހާރުދަމުގެ ކެއުމުގައި މި ބާވަތްތައް ކޮންމެހެންވެސް ހިމަނަންވާނެ!
ހާރު ކެއުމަކީ ޒަމާނުއްސުރެ ދިވެހިންގެ އާދަކާދައިގެ ތެރެއިން ހިމެނިގެންވެސް އަމަލުކުރަމުން އައި އިސްލާމީ ރިވެތި އާދައަކަށް ވާއިރު މިފަހަކަށް އައިސް އެ އާދަ އުވިދާތަން އަންނަނީ ފެންނަމުންނެވެ.
04 Mar 2025
ރެސިޕީ: އަނބު ޕުނޑިން
މި ދުވަސްވަރަކީ އަނބު މޫސުން ކަމުން، ވަރަށް ގިނަ ގޭގޭގައި އަނބު ގިނަވެ، އެއިން ތައްޔާރު ކުރާނެ އެއްޗެއް ނެތީގެން އުޅެން ވަނީ ޖެހިފައެވެ. ނޫނީ އަނބުން މީރު އެއްޗެއް ހަދާލައިގެން ކާލާ ހިތްވެފައި، ހަދާނެ އެއްޗެއް ކަނޑަނޭޅިގެން އުޅޭ މީހުން މަދެއް ނޫނެވެ. އެހެން ކަމުން، މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ އަނބުން މީރު ޑިޝްއެއް ތައްޔާރު ކުރާނެ ގޮތުގެ ރެސިޕީއެވެ.
03 Mar 2025
ރެސިޕީ: ފިލާ މަސްހުނި
ކުއްޅަފިލާފަތު މަސްހުންޏަކީ ރޯދަ ވީއްލާ ގަޑީގައި ބަތްޕެނާއި، ރޮށްޓާއި އަދި ބަތާއި އެކު ކާލަންވެސް ވަރަށް މީރު އެއްޗެކެވެ. އެހެންކަމުން، މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ވަރަށް މީރުކޮށް ފިލާ މަސްހުނި ތައްޔާރު ކުރާނެ ގޮތެވެ. ޔަގީނުންވެސް ތަފާތުވެފައި މީރުވާނެ އެވެ.
02 Mar 2025
ރެސިޕީ: މަސްދަޅު ބިސްކީމިޔާ
ބިސްކީމިޔާ އަކީ މަސްދަޅު ލައިގެން އަދި ނުލައި ވެސް މީރުކޮށް ތައްޔާރު ކުރެވޭ އެއްޗެކެވެ. މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ މަސްދަޅު އަޅަައިގެން ބިސްކީމިޔާ ތައްޔާރު ކުރާނެ ގޮތުގެ ރެސިޕީ އެވެ.