ރައްޔިތުންގެ މަޖިލިސް
16 Jan 2025
އެޗްއާރްސީއެމްގެ ނާއިބަކަށް މޫމިނާ އައްޔަންކުރަން ރުހުން ހޯދަން މަޖިލީހަށް!
ހިޔުމަންރައިޓްސް ކޮމިޝަންގެ ނައިބު ރައީސްގެ މަގާމަށް، އެ ކޮމިޝަންގެ މެންބަރު ކަމުގެ މަގާމުގައި ހުންނެވި، މ. ޖިއެނާ، މޫމިނާ ވަޙީދުގެ އައްޔަނު ކުރެއްވުމަށް މަޖިލީހުގެ ރުހުން ހޯއްދެވުމަށް ފޮނުއްވައިފިއެވެ.
12 Jan 2025
ވެރިކަން ބަދަލުކުރަން މަޖިލީހުގެ ތެރެއިން މަސައްކަތްކުރިން: އާޒިމް
ދައުރު ހަމަވަންދެން މި ވެރިކަން އޮންނަން ޖެހޭ ކަމަށް ޤަބޫލު ނުކުރައްވާ ކަމަށާ، މަޖިލިސް މެންބަރެއްގެ ގޮތުގައި ހުންނެވިއިރު މި ވެރިކަން ބަދަލުކުރަން ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު އަލީ އާޒިމް އިއުތިރާފްވެޑައިގެންފިއެވެ.
09 Jan 2025
ފެބުރުއަރީމަހުގެ 6 ވަނަ ދުވަހު، ރިޔާސީ ބަޔާން އިއްވަނީ!
މިއަހަރުގެ ރިޔާސީ ބަޔާން، އަންނަ ފެބުރުއަރީމަހުގެ 6 ވަނަ ދުވަހު އިއްވާގޮތަށް ނިންމައިފިއެވެ.
09 Jan 2025
މަޖިލީހުގެ ދައުރުން ބޭރު ދެ ޖަލްސާއެއް މިމަހު ބާއްވަނީ
ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރު ދެ ޖަލްސާއެއް މިމަހު ބާއްވަން ނިންމައިފި އެވެ. ދައުރުން ބޭރު ޖަލްސާ ބާއްވަން ނިންމާފައިވަނީ މިމަހުގެ 16 އަދި 20 ވަނަ ދުވަހުގައެވެ.
18 Dec 2024
ބިންވެރިޔާ ސްކީމުގެ އުސޫލްތަކުން ބޭރުން ގޯތި ދިން މައްސަލަ މަޖިލީހަށް
ބިންވެރިޔާ ސްކީމުގެ އުސޫލްތަކާ ހިލާފަށް ބަޔަކަށް ގޯތިތަކެއް ދީފައިވާތީވެ، އެ މައްސަލަ ބަލައިދިނުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ
12 Dec 2024
ބޭރުފައިސާ މާރުކުރުމާބެހޭ ބިލް މަޖިލީހުން ފާސްކޮށްފި
ޓޫރިޒަމް ވިޔަފާރިތަކުން ބޭރުފައިސާ މާރުކުރަންޖެހޭގޮތަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި ބިލް، މަޖިލީހުގެ ތަޅުމުން މިއަދު ފާސްކޮށްފިއެވެ.
12 Dec 2024
ބްރޯޑްކޮމްއަށް 12 ބޭފުޅެއްގެ ނަން ހުށަހަޅުއްވައިފި
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ހުސްވެފައިވާ ދެ މެންބަރުގެ މަގާމަށް 12 ބޭފުޅެއްގެ ނަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.
11 Dec 2024
މަޓީން އެދުނުގޮތަށް ކުޑަނުކޮށް, ބޭރުފައިސާ އާ ބެހޭ ބިލް ކޮމިޓީން ފާސްކޮށްފި
ރިސޯޓްތައް ހިއްސާވާ ޖަމިއްޔާ، މަޓީން ހުށަހެޅިގޮތަށް ކުޑަނުކޮށް, ބޭރުފައިސާ އާ ބެހޭ ބިލް ކޮމިޓީން ފާސްކޮށްފިއެވެ.