ރައްޔިތުންގެ މަޖިލިސް
28 Oct 2024
”ސްޓޭޝަން އަޅަން ދިން ކުންފުނިން ބިގުގެ ހިއްސާ ގަނެ، ހަދަނީ މޫނިމާގެ!“
މިދިޔަ ސަރުކާރުގައި 60 ރަށެއްގައި ޕޮލިސް ސްޓޭޝަން އަޅަން ހަވާލު ކުރި އިންޑިއާގެ އިންދިރާ ޕްރްޖެކްޓްސް ކުންފުނިން، އެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އާއިލީ މަސްލަހަތު އޮންނަ ބިގް ކުންފުނީގެ ހިއްސާ ގަތުމަށް ފަހު މާލޭގޭ ގަލޮޅުގައި ހުންނަ މޫނިމާގެ އިމާރާތް ކުރަމުންދާ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ތުހުމަތު ކުރައްވައިފި އެވެ.
28 Oct 2024
އެކްސްޕެޓް ސިސްޓަމް ހެދި ކުންފުންޏަށް ބަދަލުދޭން ލަފާދިނީ ކުރީސަރުކާރުން
ރާއްޖެއަށް ބިދޭސީން ގެނައުމުގެ ޚިދުމަތްފޯރުކޮށްދޭ އެކްސްޕެޓް ސިސްޓަމް ހެދި މޭލޭޝިއާގެ ބެސްޓިނެޓް ކުންފުންޏަށް ބަދަލުދޭން ލަފާ ދެއްވީ ކުރީ ސަރުކާރުގެ ބަންޑާރަނައިބު ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
28 Oct 2024
25 ރަށެއްގައި އަލަށް، ފުލުހުންގެ ޚިދުމަތް ޤާއިމް ކުރެވިއްޖެ
އެއްވެސް ވަރަކަށް ފުލުހުންގެ ޚިދުމަތް ޤާއިމް ނުކުރެވި އޮތް 25 ރަށެއްގައި އެ ޚިދުމަތް ޤާއިމް ކުރެވިފައިވާ ކަމަށް ހޯމް މިނިސްޓަރ ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
27 Oct 2024
ކޮމިޓީއަށް މާލީ ވަޒީރާއި، ގަވަރުނަރާއި، އޮޑިޓަރ ޖެނެރަލް ހާޒިރުކުރަނީ
ދައުލަތުގެ ސަޕްލިމެންޓަރީ ބަޖެޓު ދިރާސާކުރަން އެކުލަވާލާފައިވާ ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީއަށް މާލީ ވަޒީރު މޫސާ ޒަމީރާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަޙްމަރު މުނައްވަރާއި، އޮޑިޓަރ ޖެނެރަލް ޙުސައިން ނިޔާޒީ ހާޒިރުކުރުމަށް ކޮމިޓީން ފާސްކޮށްފިއެވެ.
27 Oct 2024
ރައްޔިތުންގެ މަޖިލީހަށް މީޑިއާ ޑިރެކްޓަރަކު ހޯދަނީ
ރައްޔިތުންގެ މަޖިލީހަށް މީޑިއާ ޑިރެކްޓަރަކު ހޯދަން އިއުލާނުކޮށްފިއެވެ.
24 Oct 2024
ޓެކްސް ޓްރިބިއުނަލަށް އައްޔަނުކުރުމަށް މަޖިލީހުން 4 ނަމެއް ފާސްކޮށްފި
ޓެކްސް އެޕީލް ޓްރައިބިއުނަލް އިން ހުސްވެފައިވާ 4 މެމްބަރަކު އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހެޅި ނަންތަކުގެ ތެރެއިން 4 ބޭފުޅެއްގެ ނަން ފާސްކޮށްފިއެވެ.
24 Oct 2024
ޓެކްސް އެޕީލް ޓްރައިބިޔުނަލަށް 7 އަހަރުން ބެލުނީ 2 މައްސަލަ: ޠާރިޤު
ބޮޑު ޚަރަދު ދީފައި އެޅި ޓެކްސް އެޕީލް ޓްރައިބިޔުނަލް އިމާރާތުގައި ކޯޓް ރޫމެއް ވެސް ނެތް ކަމަށާ، އެތަނަށް 7 އަހަރުން ބެލުނީ އެންމެ 2 މައްސަލަކަން ފާހަގަ ކުރައްވައި، އެފަދަ ތަނެއް ބެހެއްޓުމުގެ މަޤުޞަދާއިމެދު މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤު (ޓޮމް) ސުވާލު އުފައްދަވައިފިއެވެ.
24 Oct 2024
ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަކުރުމަށް ހުށަހެޅި ކުއްލި މައްސަލަ ބޭރު
މި ސަރުކާރުން ސިޔާސީ މަގާމުތަކަށް އައްޔަނުކޮށްފައިވާ މީހުންގެ އަދަދާއި ސަރުކާރު ކުންފުނިތަކުން މުސާރައިގެ ގޮތުގައި ހޭދަކުރަމުންދާ އަދަދު ހާމަކުރުމަށް ގޮވައިލައި ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.