މަޖިލީހުގެ ނާއިބު ރައީސް އަހުމަދު ނާޒިމް މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ވާހަކަދައްކަވަނީ: ފޮަޓޯ/ މަޖިލިސް
ހަބަރު
21 Nov 2024 | 12:51
އިސްރާއީލްގެ ޕާސްޕޯޓަށް ވީތީ މަނާކުރާކަށް ނުފެނޭ؛ އެ ޕާސްޕޯޓްގައި އަރަބިންނާ މުސްލިމުން އުޅޭ: ނާޒިމް

އިޒްރޭލް ޕާސްޕޯޓް އޮންނަ އެންމެން ރާއްޖެ އައުން މަނާކުރަން ނުފެންނަ ކަމަށާ، އެ ޕާސްޕޯޓް އޮންނަ އަރަބިންނާއި މުސްލިމުން އުޅޭ ކަމަށް، މަޖިލީހުގެ ނާއިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އިޒްރޭލްގެ ޕާސްޕޯޓު މަނާކުރުމަށް އިމިގްރޭޝަން ގާނޫނަށް ހުށަހެޅި އިސްލާހާ ގުޅޭ ގޮތުން މިއަދު ބޭއްވި 241 ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ، އިޒްރޭލްގެ ޕާސްޕޯޓު މަނާކުރުމުގެ ވާހަކަ ދެކެވޭއިރު، ތަފާސް ހިސާބުތަކަށް ރިޢާޔަތްކޮށް ކަންކަން ބަލަންޖެހޭ ކަމަށެވެ.

އެގޮތުން ރާއްޖެ އެތެރެވީ މީހުންގެ ތެރެއިން އިސްރާއީލް ޕާސްޕޯޓް އޮތް މީހުންގެ އަދަދަށް ބަލަންޖެހޭ ކަމަށާ، އަދި އިސްރާއީލްގެ ޕާސްޕޯޓް އޮންނަ އެހެން ގައުމުތަކުގެ މީހުން އުޅޭއިރު އެކަންކަމަށްވެސް ބަލަންޖެހޭ ކަމަށް ވިދާޅުވިއެވެ.

”އިސްރާއީލްގެ ޕާސްޕޯޓް އޮންނަ މީހުން އުޅޭ އެހެން ގައުމުތަކުގައިވެސް.  ސައުތު އެމެރިކާ އާއި އެމެރިކާގެ ގައުމު ތަކުގައިވެސް. އެހެންވީމާ، އިސްރާއީލް ޕާސްޕޯޓް އޮންނަ އެހެން ގައުމެއްގެ މީހަކަށްވެސް އެމީހާ ވެދާނެ. އެހެންވީމާ މިހުރިހާ ތަފްސީލެއް އެނގޭގޮތަށް ބަލަން ފެނޭ“

"މިސާލަކަށް ދަންނަވާ ކަމަށް ވަންޏާ އާޖެންޓީނާ އަކީ ވަރަށް ގިނަ އިޒްރޭލް މީހުން ތިބޭ ގައުމެއް، ވަރަށް ގިނަ ޔަހޫދީން ހިޖުރަ ކުރި ގައުމެއް. ދެވަނަ ބޮޑު ހަނގުރާމައަށްފަހު. އެ މީހުން އާޖެންޓީނާ ޕާސްޕޯޓަށް ވުރެ ގިނައިން އިޒްރޭލް ޕާސްޕޯޓު ބޭނުން ކުރަނީ. އެއީ އެމެރިކާ އަށް ވެސް ފަސޭހައިން ދެވޭތީ. އެގޮތަށް އިސްރާއީލް ޕާސްޕޯޓް އޮތް މީހުން އުޅޭނެ. ޖޯޑަން ގަވެސް. އަރަބިންގެ ތެރޭގައިވެސް. ފަލަސްތީނު މީހުންގެ ތެރޭގައިވެސް އުޅޭނެ،"

އަޙުމަދު ނާޒިމް

އެހެންކަމުން، އިޒްރޭލް ޕާސްޕޯޓު މަނާ ކުރުމުގެ ކުރިން އެފަދަ ތަފާސްހިސާބު ހޯދުމަށް ފަހު، އެއީ ކިހާ އަދަދެއްގެ މީހުންތޯ ބަލަން ޖެހޭ ކަމަށް ނާޒިމް ވިދާޅުވި އެވެ. އަދި އިސްރާއީލް ޕާސްޕޯޓްގައި އަންނަ މީހުން ރާއްޖެ އަންނަ ބޭނުންވެސް ބަލަންޖެހޭ ކަމަށާ، އެއީ، ވިޔަފާރި ބޭނުމަށްތޯ، ޓޫރިޒަމްގެ ބޭނުމަށް އަންނަ ބައެއްތޯ ބަލައި އެފަދަ މައުލޫމާތުވެސް ހޯދަންޖެހޭ ކަމަށް ނާޒިމް ވިދާޅުވި އެވެ.

"ކޮމިޓީގައި ބައެއް ބޭފުޅުން ދައްކާފައިވާ ވާހަކައަށް ބަލާއިރު، އަޅުގަނޑުމެންނަށް ބުރައެއް ނުވެވޭ، ބްލޭންކެޓް ބޭން އެއް، އިޒްރޭލްގެ ޕާސްޕޯޓަކަށް ވީތީ ބޭން ކުރާކަށް. އެއީ އިސްރާއީލް ޕާސްޕޯޓް އޮންނަ އަރަބިންވެސް މުސްލިމުންވެސް އެބައުޅޭ“

އަޙުމަދު ނާޒިމް

މިއާއެކު ނާޒިމް ވިދާޅުވީ އދ. އިން ވެސް އެފަދަ މައްސަލަތަކުގައި ފިޔަވަޅު އަޅައި މަނާކުރަނީ، އަސްކަރީ ހަރަކާތްތަކުގައި ބައިވެރިވާ ފަރާތްތަކާއި އިންސާނީ ހައްގުތައް ހިފެހެއްޓުމުގައި އުޅޭ މީހުންނަށް ކަމަށެވެ.

”އެހެންވީމާ، އިސްރާއީލް ޕާސްޕޯޓް އޮންނަ، އިސްރާއީލް މިލިޓަރޫއަށް ނިސްބަތްވާ ނޫނީ، މިލިޓަރީ އެސްޓަބްލިޝްމެންޓަށް ނިސްބަތްވާ މީހުންގެ ޕާސްޕޯޓް، ވާހަކައަކީ އެތެރެ ނުވެވޭ ގޮތް ހެދުންވެސް.“ ނާޒިމް ވިދާޅުވިއެވެ. 

އަދި އެކަން ކުރުމަށްޓަކައި އެ މައުލޫމާތުތައް ވެސް ހޯދަން ޖެހޭ ކަމަށް ނާޒިމް ވިދާޅުވި އެވެ.

މީގެ އިތުރުން، އިޒްރޭލް ޕާސްޕޯޓު މަނާ ކުރަން ސަރުކާރުން ނިންމާފައިވިޔަސް، މަޖިލީހުން ދިރާސާ ކުރުމަށް ފަހު އެހެން ގޮތަކަށް ލަފާ ދޭން ބޭނުން ނަމަ އެކަން ވެސް ކުރެވިދާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Sep 2026
ސޯސަންމަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ތިން މީހަކަށް ވަރަށް އަނިޔާވެއްޖެ
21 Sep 2026
ދިއްދޫ ބަލިކޮށް ބިސްބުރަށް ފުރަތަމަ ފަހަރަށް މޮޅެއް
މި މެޗަށްފަހު އިންޓަނޭޝަނަލް ބްރޭކާ ގުޅިގެން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ލީގުގެ ކުޅުން ދެން އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުއެވެ
20 Sep 2026
ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗްތަކަށް ރާއްޖޭގެ ޤައުމީ ޓީމް ފުރައިފި
މި އެކުވެރިކަމުގެ މެޗުތަކަކީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ކުޅޭ މުހިންމު މެޗުތަކެކެވެ.
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.