22 Oct 2024
ވޭޕާއި އީ ސިނގިރޭޓް މަނާ ކުރާ ބިލް މަޖިލީހަށް ހުށަހަޅައިފި!
ސިނގިރޭޓާއި ދުންފަތުން ނަގައި ޓެކްސް ބޮޑުކޮށް، އީ-ސިނގިރޭޓު އަދި ވޭޕު މަނާކުރާގޮތަށް އެކްސްޕޯޓް އިންޕޯޓް ގާނޫނަށް އިސްލާޙް ހުށަހަޅައިފިއެވެ.
22 Oct 2024
ޓެކްސް އެޕީލް ޓްރައިބިއުނަލް މެމްބަރުކަމަށް ކުރިމަތިލި މީހުންގެ ނަން ކޮމިޓީއަށް
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހުސްވެފައިވާ މަގާމު ތަކަށް ބޭފުޅުން އައްޔަންކުރުމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ފޮނުއްވި 13 ނަން، ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް މިއަދު ފޮނުވައިފިއެވެ.
21 Oct 2024
މަޖިލީހުގެ ކޮމިޔުނިކޭޝަން ޑިރެކްޓަރުގެ މަގާމުން ޒިޔާއު ވަކިކޮށްފި
ރައްޔިތުން މަޖިލީހުގެ އިދާރާގެ ކޮމިޔުނިކޭޝަން ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި ހަސަން ޒިޔާޢު، ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފިއެވެ.
21 Oct 2024
އޮޑިޓާ ޖެނެރަލްގެ އޮފީހަށް 114 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި
އޮޑިޓާ ޖެނެރަލްގެ އޮފީހަށް އަންނަ އަހަރަށް 114.4 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފިއެވެ.
21 Oct 2024
ކަރަންޓް ބިލު ކުޑަކުރުމަށް ކުރެވޭނެ ކަންކަން ކުރަމުން މިދަނީ: ޠާރިޤް
ކަރަންޓް ބިލު ބޮޑުވާ ސަބަބު ބަލައި، ކުޑަކުރުމަށް ކުރެވޭނެ ކަންކަން ކުރަމުން ގެންދަވާ ކަމަށް ތިމާވެއްޓާއި ހަކަތައާއު ބެހޭ ވުޒާރާގެ ވަޒީރު ޠާރިޤް އިބްރާޙީމް ވިދާޅުވެއްޖެއެވެ.
21 Oct 2024
ހަމަހަމަ ކަމާއެކު ހުރިހާ ގެއެއްގައިވެސް ސޯލާ ހަރުކުރެވޭ ގޮތް ހަދަނީ
ހަމަ ހަމަ އުސޫލެއްގެ ތެރެއިން، ސޯލާ ޕެނަލް ހަރުކުރުމުގެ ފުރުޞަތު އާއްމު ރައްޔިތުންނަށް ދެވޭނެ ގޮތަކަށް އުސޫލު ބަދަލު ކުރަން މަސައްކަތް ކުރައްވަމުންދާ ކަމަށް މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.
20 Oct 2024
ސިނގިރޭޓްތަކުންނާއި ބިޑިން ނަގާ ޓެކްސް ބޮޑުކުރުމުން އާމްދަނީގެ ގޮތުގައި ބިލިއަނަކަށްވުރެ ގިނަ ރުފިޔާ
ދުންފަތް ބޭނުންކޮށްގެން ތައްޔާރުކޮށްފައި ހުންނަ ސިނގިރޭޓާއި ބިޑި ފަދަ ތަކެތިން އިމްޕޯޓް ޑިއުޓީ ބޮޑުކުރުމުން އަންނަ އަހަރުން ފެށިގެން އެ ބާވަތްތަކުން އެކަނިވެސް ދައުލަތަށް އާމްދަނީގެ ގޮތުގައި ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ލިބޭނޭކަމަށް ލަފާކޮށްފިއެވެ.
16 Oct 2024
ގްރީން ޓެކްސް އަދި އެއާޕޯޓު ފީ ބޮޑު ކުރާ ބިލް ކޮމިޓީއަށް
ގްރީން ޓެކުހާއި އެއާޕޯޓް ޓެކްސް ބޮޑުކުރަން ސަރުކާރުން ހުށައެޅި ބިލްތައް މަޖިލީހަށް ބަލައިގަނެ ދިރާސާކުރަން ކޮމެޓީއަށް ފޮނުވައިފިއެވެ.