241 ކޮމިޓީގެ މުގައްރިރުގެ ނައިބު، ފަލާހް
ހަބަރު
10 Nov 2024 | 16:53
އެންމެ އިސްކަންދޭނީ އިޒްރާއީލް ޕާސްޕޯޓް މަނާކުރާ ބިލް އަވަހަށް ނިންމަން: ފަލާހް

އިޒްރާއީލް ޕާސްޕޯޓް މަނާކުރާ ބިލުގެ މަސައްކަތް މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއަށް މިއަދު ހުށަހަޅާފައިވާއިރު، އެންމެބޮޑު އިސްކަމެއްދޭނީ ބިލުގެ މަސައްކަތް އަވަހަށް ނިންމުމަށްކަމަށް އެ ކޮމިޓީގެ މުގައްރިރުގެ ނައިބު، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.

މިކަމާ ގުޅިގެން ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ މުގައްރިރުގެ ނައިބު އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް ވަނީ އިޒްރާއީލް ޕާސްޕޯޓް މަނާކުރުމުގެ މައްސަލަ ކޮމިޓީއަށް މިއަދު އެޖެންޑާކޮށްފައި ވާކަމަށެވެ.

ފަލާހް ވިދާޅުވީ އެންމެ މުހިއްމު ކަމަކަށް އޮންނާނީ ބިލްގެ މަސައްކަތް ނިންމާނޭ ތާރީހެއް ކަނޑައެޅުން ކަމަށާއި، އެއާއެކު ކޮމިޓީގައި މަޝްވަރާކުރެވިގެން ކަމާބެހޭ ފަރާތްތަކުގެ ހިޔާލު ހޯދުމަށް ފޮނުވާނޭކަމަށެވެ.

ކަމާ ގުޅުންހުރި ފަރާތްތައް ހަމަ ކޮމިޓީއަށްވެސް ގެނެސް، އެބޭފުޅުންނާއި ގުޅިގެން މިކަމާ ފުޅާދާއިރާއެއްގައި މަޝްވަރާކުރެވޭނެ

ފަލާހް ވިދާޅުވިއެވެ.

ފަލާހް ވިދާޅުވީ ސަރުކާރުންވެސް އިޒްރާއީލް ޕާސްޕޯޓް މަނާކުރުމުގެ ބިލް އަވަހަށް ނިންމުމަށް އަމާޒުހިފާފައިވާއިރު، މިކަން އަވަހަށް ނިންމުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާނޭކަން ފަލާހްވަނީ ފާހަގަކުރައްވާފައެވެ.

އިސްރާއީލުގެ ޕާސްޕޯޓް މަނާކުރަން ޤާނޫނަށް ބަދަލުގެންނަން ވަޒީރުންގެ މަޖިލީހުން ނިންމާފައިވަނީ މިއަހަރުގެ ޖޫންމަހުގެ ތެރޭގައެވެ. އިސްރާއީލް ޕާސްޕޯޓް މަނާކުރާ ބިލް މަޖިލީހަށް ވައްދާފައިވަނީ އެމްޑީޕީގެ މެމްބަރު މީކާއީލެވެ. 

އިމިގްރޭޝަންޤާނޫނަށް މިހާރު ހުށަހަޅާފައި އޮތް އިސްލާހުގައި ވާގޮތުން އިޒްރާއީލް ޕާސްޕޯޓް އޮންނަ އެހެން ޤައުމުތަކުގެ މީހުންނަށްވެސް ރާއްޖެ އައުމުގެ ފުރުސަތު ގެއްލިގެންދާނެއެވެ.

މިކަމާ ގުޅިގެން އެޓާނީ ޖެނަރަލް އަހުމަދު އުޝާމް ވިދާޅުވެފައި މިހާރު ބިލް އޮތްގޮތަށް ފާސްކޮށްފިނަމަ އެކަމުގެ ސަަބަބުން ރާއްޖެއަށް އުނދަގޫތަކެއް ކުރިމަތިވެދާނެ ކަމަށާއި، އިޒްރާއީލް ޕާސްޕޯޓް އޮންނަ އެހެން ޤައުމުތަކުގެ މީހުން އިސްތިސްނާކުރަން ޖެހޭ ކަމަށެވެ. ސަބަބަކީ އިޒްރާއީލް ޕާސްޕޯޓްގައި އަރަބިންނާއި ފަލަސްތީނު މީހުންވެސް އުޅޭތީއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Jun 2026
ތިން ދުވަހުން ޓީޖެޓީ ސަރަހައްދު 46 ޓަނުގެ ކުނި، ކުނިއަޅާ މީހުންގެ ފޮޓޯ ފޮނުވައިދޭން އެދިއްޖެ
މާލެ ސިޓީގެ މަގުތަކަށް ކުނި އަޅާ މީހުން ފާހަގަކުރެވޭނަމަ، އެކަމުގެ ފޮޓޯ ނުވަތަ ވީޑިއޯ ކައުންސިލްގެ ހޮޓްލައިން ނަންބަރު 9341144 އަށް ފޮނުއްވައިދިނުމަށް ކައުންސިލުން އެދެއެވެ.
26 Jun 2026
ފޮތްކިޔުމުގެ އާދަ މުހިއްމުވަނީ ކީއްވެ؟
ފޮތްކިޔުމަކީ ކޮންމެ އިންސާނެއްގެ ގައިގައިވެސް އަށަގަންނަވަން ޖެހޭ ވަރަށް މުހިންމު އާދައެކެވެ. މިއީ ވަރަށް އާދައިގެ ކަމެއްގެ ގޮތުގައި ފެނުނުކަމުގައި ވިޔަސް، ކުޑަކުދިންނާއި، ބޮޑެތި މީހުން އަދި ސްކޫލް ނުވަތަ ޔުނިވާސިޓީ ދަރިވަރުންނަށްވެސް ފޮތް ކިޔުމުގެ ސަބަބުން ވަރަށް ގިނަ ފައިދާތަކެއް ކުރެއެވެ. ގަވަޢިދުން ފޮތްކިޔާ މީހަކަށް އާ މަޢުލޫމާތު ލިބުމުގެ އިތުރުން، ބަހުގެ ހުނަރުތައް ކުރިއަރައި، ވިސްނުން ތޫނުވެ، ދުނިޔެއަށް ލޯހުޅުވިގެންދެއެވެ. މިއަދުގެ ދުނިޔޭގައި ގިނަ ބަޔަކު ފޯނާއި، ޓީވީ އަދި ސޯޝަލް މީޑިއާގައި ގިނަ ވަގުތުތަކެއް ހޭދަކުރެއެވެ. އެހެން ކަމުން ކުރިޔަށްވުރެ ބޮޑަށް ފޮތް ކިޔުމުގެ އާދައަށަގެންނެވުމަށް ކުރަންޖެހޭ މަސައްކަތް މިވަނީ ވަރަށް ބޮޑަށް އިތުރު ކުރަން ޖެހިފައެވެ.
26 Jun 2026
މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެއިން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އަބުގަސްދޮށުގެ / ވ.ފެލިދޫ، ސާޖިދު ޢަބްދުލްމުހައިމިން (27އ) އެވެ.
26 Jun 2026
އެންމެ ބޮޑަށް ރައްކާތެރިވާންޖެހިފައިވާ އެއް އަމާނާތަކީ، ޢާންމު ރައްޔިތުންގެ މުދާ
އަހަރެމެން އެންމެ ބޮޑަށް ސަމާލުވެ، ރައްކާތެރިވާންޖެހިފައިވާ އެއް އަމާނާތަކީ ދައުލަތާއި ޢާންމު ރައްޔިތުންގެ މުދަލާއި ފައިސާ ކަމަށާ، މީހެއްގެ އަމިއްލަ މުދަލަކަށް ޚިޔާނާތްތެރިވުމަށް ވުރެ، ރައްޔިތުންގެ މުދަލަށް ޚިޔާނާތްތެރިވުމުގެ ފާފަ މާ ބޮޑު ކަމުގައި މިއަދުގެ ޚުތުބާގައި ބުނެފިއެވެ.
26 Jun 2026
ސްވީޑެންގެ ވަޒީރު އީޔޫގެ ބައްދަލުވުމަށް ވަޑައިގަތީ ތިން މަހުގެ ދަރިފުޅު ގޮވައިގެން
މޫސުމީ ސިޔާސަތުތަކާ ގުޅޭ ގޮތުން ބުރާސްފަތި ދުވަހު ބޭއްވި މި ބައްދަލުވުމަށް ދަރިފުޅު ގެންދެވީ ވިހެއުމާ ގުޅިގެން ދެވޭ ޗުއްޓީގެ ސިޔާސަތުތަކުގެ ފައިދާ ހާމަކޮށްދެއްވުމަށާއި ވަޒީފާއާއި ޢާއިލީ ޒިންމާތަކުން ކުރެ އެކަތި ޚިޔާރުކުރުމުގެ ބަދަލުގައި ދެކަންވެސް ކުރެވޭނެކަން ދައްކަވައިދެއްވުމަށް ކަމަށް ޕޯރމޮޚްތާރީ ވިދާޅުވިއެވެ.
26 Jun 2026
ގްރޫޕް ޑީން އޮސްޓްރޭލިއާ، އެމެރިކާ އަދި ޕަރަގުއޭ އަނެއް ބުރަށް
މެޗަށް ނިކުތްއިރުވެސް އެމެރިކާ އޮތީ ގްރޫއްޕްގެ އެއްވަނަ މަގާމް ކަށަވަރުކޮށްފައި
26 Jun 2026
ޖަރުމަނު ފަހަތުން އިކުއެޑޯވެސް އަނެއްބުރަށް
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗް ޖަރުމަނުގެ މައްޗަށް އިކުއެޑޯ ކުރި ހޯދީ 2-1 ގެ ނަތީޖާއިންނެވެ
26 Jun 2026
އަޒުމަކީ އަބަދުވެސް ރައްޔިތުންގެ ޙައްޤުގައި މަސައްކަތްކުރުމުގައި ދެމިތިބުން
ރައީސް ޞާލިޙްގެ މެސެޖުގައި ފާހަގަކުރެއްވި ގޮތުގައި، ރާއްޖެއަށް އިޞްލާޙީ ސިޔާސީ ބަދަލުތަކާއި ހަގީގީ ޑިމޮކްރަސީ ހޯދައިދިނުމުގައި އެމްޑީޕީން ކުރި ބުރަ މަސައްކަތް ތާރީޚުން ފެންނަން އެބައޮތެވެ.