ކެންދޫ ދަާއިރާގެ މެންބަރު މައުރޫފް ޒާކިރު
ހަބަރު
13 Nov 2024 | 12:02
ބަޖެޓުން ޕެންޝަނަށްދޭ ފައިސާ ކުޑަކުރުމަށްވުރެ ކުރީގެ ރައީސުންގެ އެލަވަންސް މަދުކުރުން ރަނގަޅު: މައުރޫފް

2025 ވަނަ އަހަރުގެ ބަޖެޓުގައި، އުމުރުން ދުވަސްވީ މީހުންގެ ޕެންޝަން ފައިސާއަށް ދޭން ކަނޑައަޅާފައިވާ މިންވަރު މަދު ކުރުމުން ކެންދޫ ދަާއިރާގެ މެންބަރު މައުރޫފް ޒާކިރު އެކަމަށް ފާޑުވިދާޅުވެއްޖެއެވެ. 

އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައިވާ ގޮތުން އެ ބަޖެޓުގައި، ދެމެހެއްޓެނިވި ގޮތުގައި ޕެންޝަން ނިޒާމު ކުރިއަށް ގެންދިއުމަށް ގިނަ އިސްލާހީ ފިޔަވަޅުތައް އެޅުމަށް ވަނީ ނިންމާފައެވެ. 

އެގޮތުން، 65 އަހަރުން މަތީގެ މީހުންނަށް ދޭ ބޭސިކް ޕެންޝަން އިނާޔަތް ވެސް ފޯރުންތެރި ކަމަށް ބަލައިގެން އެންމެ މަދުން އާމްދަނީ ލިބޭ ފަރާތްތަކަށް ދޭ ގޮތަށް އަންނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ބަދަލުތަކެއް ގެންނާނެ ކަމަށް ބަޖެޓުގައި ބުނެފައިވެ އެވެ.

އެ ބަދަލުތަކާއެކު، ޕެންޝަންގެ އިނާޔަތް ބަދަލުވާނީ ޓާގެޓް ޕެންޝަން ނިޒާމަކަށް ކަމަށް އެ ބަޖެޓުގައި ބުންޏެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި 2025 ވަނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓަށް ބަހުސް ކުރައްވަމުން މައުރޫފް ވަނީ އެފަދައިން ކަން ކުރަންވީ ސަބަބާމެދު ސުވާލު އުފައްދަވާފައެވެ.

އަސާސީ ޕެންޝަންގެ ގޮތުގައި 5000 ރުފިޔާ ދޭން އޮތް އަދަދު، ބަޖެޓުގައި އޮތީ ކުޑަކޮށްފައި. ކީއްވެގެންތޯ އަސާސީ ޕެންޝަން، އެ 5000 ރުފިޔާ ކުޑަކުރާ ގޮތަށް، ނުވަތަ ބަޖެޓުގައި ޖަހާ އަދަދު ކުޑަކޮށްގެން ތިޔަ އުޅެނީ. ކޮން ކަމެއް އެ ބޭފުޅުން ކުރީތޯ؟ އެއަށްވުރެ މާ ރަނގަޅުވާނެ، ކުރީގެ ރައީސުންނަށް ދޭ އިނާޔަތްތަކާއި ދެންވެސް އެހެން ކަހަލަ ފަރާތްތަކަށް ދޭ އިނާޔަތް މަދުކޮށްފައި، އެ 5000 ރުފިޔާ އުމުރުން ދޮށީ މީހުންނަށް ދޭން ބޭއްވިއްޔާ

މައުރޫފް ޒާކިރު

މީގެ އިތުރުން، މައުރޫފް ވަނީ، ބަޖެޓް ހަދާފައިވަނީ މަޖިލީހުގެ މަދު މެންބަރުން ކޮޅެއް ބޭނުންވާ ގޮތަށް، އެ މެންބަރުންގެ ދާއިރާއަށް އެކަނި ފައިދާވާ ގޮތަށް ކަމަށް ތުހުމަތު ކުރައްވާފައެވެ. 

އަދި 2025 ވަނަ އަހަރަށް ލަފާކުރާ ބަޖެޓްގައި ކެންދޫ ދާއިރާގެ ރަށްތަކަށް އެއްވެސް ޕްރޮޖެކްޓެއް ބަޖެޓްގައި ހިމަނާފައި ނުވާކަން ފާހަގަކުރައްވައި އެއީ ރާއްޖޭގައި ފުރަތަމަ ފަހަރަށް މެންބަރުގެ ސިޔާސީ ފިކުރަށް ބަލައިގެން ތައްޔާރު ކުރެވިފައިވާ ބަޖެޓް ކަމަށް ތުހުމަތު ކުރައްވާފައެވެ. 

އަދި އެފަދައިން، ކަން ނުކުރައްވައި، ކެންދޫ ދާއިރާގެ ރަށްތަކުގެ ތަރއްގީއަށް، ބޭނުންވެފައިވާ ކަންކަން ބަޖެޓުގައި ހިމަނައި ދެއްވުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ. 

ހަމަ އެހެންމެ، 2025 ވަނަ އަހަރުގެ ބަޖެޓަކީ ގެދޮރުވެރިކަމުގެ ބަޖެޓްކަމަށް ސަރުކާރުން ބުނި ނަމަވެސް، އެ ބަޖެޓްގައި ގެދޮރުވެރިކަމަށް އޮތީ އެންމެ 15 އިންސައްތަ ކަމަށް އޭނާ ވިދާޅުވިއެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.