މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ފޮޓޯ/ މަޖިލިސް
ހަބަރު
12 Nov 2024 | 14:25
ޕާޓީއެއް އުވައިލުމުން އެ ޕާޓީގެ ނަމާއި ކުލަ އިތުރު ބަޔަކަށް ބޭނުންނުކުރެވޭ ގޮތް ހަދަނީ

ސިޔާސީ ޕާޓީއެއް އުވައިލުމުން އެ ޕާޓީގެ ކުލައާއި ނަން އިތުރު ބަޔަކަށް ފަސް އަހަރުގެ މުއްދަތަކަށް ބޭނުންނުކުރެވޭ ގޮތަށް ގާނޫނަށް މާއްދާއެއް އިތުރުކުރަން ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ދިރާސާކުރަން މިއަދު ބޭއްވި މުޅި މަޖިލީހުގެ ކޮމިޓީގައި ގާނޫނަށް މިގޮތަށް މާއްދާއެއް އިތުރުކުރަން ހުށަހެޅުއްވީ ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފު ރަޝީދެވެ. 

މި އެގޮތުން އަޝްރަފް ހުށަހެޅުއްވި އިސްލާހް ތަކަކީ؛ 

ޕާޓީއެއް އުވައިލުމުން އެ ޕާޓީގެ ނަމާއި ނިޝާނާއި ކުލައާއި ސިއްކަ ފަދަ ޕާޓީގެ ރަމްޒުތައް އެ ޕާޓީއެއް އުވާލާ މުއްދަތުން ފެށިގެން ފަސް އަހަރުގެ މުހުލަތަކަށް ބޭނުންނުކުރެވޭ ގޮތަށް ގާނޫނުގައި މާއްދާއެއް އިތުރު ކުރުން

ފަސް އަހަރުން އެއްފަހަރު ގައުމީ ބައްދަލުވުމެއް ނުބޭއްވި ނަމަވެސް ޕާޓީ އުވައިނުލެވޭ ގޮތަށް ގާނޫނު ބަދަލުކުރުން

މުޅި މަޖިލީހުގެ ކޮމިޓީންވަނީ މި ދެ އިސްލާހު، ސިޔާސީ ޕާޓީ ތަކުގެ ގާނޫނަށް އިސްލާހް ގެނައުމުގެ ބިލުގައި ހިމެނުމަށް ފާސްކޮށްފަ އެވެ. އަދި މީގެ އިތުރުން ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާޙް ހުށަހަޅާފައިވާ ބިލު ވެސް މުޅި މަޖިލީހުގެ ކޮމެޓީން ވަނީ ފާސްކޮށްފަ އެވެ.

ސަރުކާރުން ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައިވާ ގޮތުން ސިޔާސީ ޕާޓީއެއްގެ މެންބަރަކު ގާނޫނާ ހިލާފު ކަމެއް ކޮށްފި ނަމަ، އެ މީހަކު ޖޫރިމަނާ ކުރުމުގެ އިތުރުން، އެ މީހަކު ނިސްބަތްވާ ޕާޓީ 100،000ރ. އިން ޖޫރިމަނާ ކުރެވޭނެ އެވެ.

އިތުރަށް އެ ބިލުގައި އޮތީ ޕާޓީއެއްގެ ޕްރައިމަރީން ބަލިވާ ކެންޑިޑޭޓުންނަށް އަމިއްލަ ގޮތުން އިންތިހާބުތަކުގައި ވާދަނުކުރެވޭ ގޮތަށް 2016 ވަނަ އަހަރު ގާނޫނަށް އިތުރުކުރި މާއްދާ އުނިކުރުމަށް ހުށަހަޅާފައިވާ އިސްލާހެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Aug 2026
މުއައްޒަފަކާ ގުޅުވައިގެން ދައްކަމުންގެންދާ ވާހަކަތަކުގައި ހަގީގަތެއްނެތް: ހުޅުމާލެ ހޮސްޕިޓަލް
އެކަށިގެންވާ، ގޮތުގައި ޚިދުމަތްތައް ފޯރުކޮށްދިނުމުގައި، ދަތިތަކާ ކުރިމަތިވެގެން ދިޔަ ނުދިނުމަށް ކަށަވަރުނުވާ "ހަގީގަތާ ޚިލާފު މަޢުޫމާތުތައް ނުފެތުރުމަށް އެދޭކަމަށް ހުޅުމާލެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ
09 Aug 2026
ގެއްލުނު ތިން މީހުން ހޯދުމަށް ކަނޑުމަގުން އެކަނިވެސް 1370.10 އަކަ ނޯޓިކަލް މޭލު ބަލައިފި
މި އޮޕަރޭޝަނުގައި އެންމެބޮޑު ސަރަހައްދެއް ބަލާފައިވަނީ ވައިގެމަގުންނެވެ. ގެއްލުނު މީހުންގެ ހަބަރެއް އަދިވެސް ނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ
08 Aug 2026
ކެނދިކުޅުދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކް ހުޅުވައިފި
08 Aug 2026
ލިއޮނެލް މެސީގެ ބައްޕަ، ޖޯޖް މެސީ މަރުވެއްޖެ
އުމުރުން 68 އަހަރުގައި ޖޯޖް ނިޔާވީ އޭނާ އުފަން ރަށް ކަމަށްވާ އާޖެންޓީނާގެ ރޮސާރިއޯގެ ހޮސްޕިޓަލެއްގައެވެ
08 Aug 2026
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް ފަށައިފި
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް މިއަދު ފެށުމާއެކު އެ އަތޮޅުގެ ދެ ރަށަކުން މިހާރު ޕާސްޕޯޓްގެ ހިދުމަތް ލިބޭނެއެވެ. މީގެ ކުރިން ވެރިކަންކުރާރަށް ތިނަދޫގައި ވަނީ ޕާސްޕޯޓްގެ ހިދުމަތް ދޭން ފަށާފައެވެ.
08 Aug 2026
އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު ސާފްކުރުމުގެ މަސައްކަތް ފަށައިފި
"މަދިރިން ރައްކާ" ކެމްޕޭނުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު މިއަދު ވަނީ ސާފްކުރުމުގެ މަސައްކަތް ފަށާފައި
08 Aug 2026
ބީއެމްއެލް ވީރަން ކޯޕަރޭޓްސް ކާމިޔާބުކަމާއެކު ނިންމާލައިފި
މި ރޭހަކީ ރާއްޖޭގައި ހިންގާ ކުންފުނިތަކާއި އިދާރާތަކާއި ޖަމްޢިއްޔާތަކަށް ހުޅުވައިލައިގެން ބޭއްވި ހަރަކާތެކެވެ
08 Aug 2026
ނޯވޭގެ ފުޓްބޯޅަ ފެޑަރޭޝަނުން ފީފާގެ ރައީސް އިންފަންޓީނޯގެ އިސްތިއުފާއަށް ގޮވާލައިފި
ދަ ގާޑިއަން އާ ވާހަކަދައްކަވަމުން ކްލެވެނެސް ވިދާޅުވީ، އިންފެންޓީނޯއާ މެދު އެ ފެޑެރޭޝަނުގެ އިތުބާރު މިހާރު މުޅިން ގެއްލިފައިވާ ކަމަށެވެ