ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ): ފޮޓޯ/ މަޖިލިސް
ހަބަރު
12 Nov 2024 | 09:49
އިޒްރޭލު ޕާސްޕޯޓު މައްސަލަ ލަސްވާތީ އެމްޑީޕީގެ ގަރާރެއް މަޖިލީހަށް

އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރުމަށް އިމިގްރޭޝަން ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ މަސައްކަތް ކުރިއަށް ނުދާ ކަމަށް ބުނެ އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް މިއަދު ގަރާރެއް ހުށަހަޅައިފި އެވެ.

އެމްޑީޕީގެ ފަރާތުން މި ގަރާރު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ.

އެ ގަރާރުގައި މެންބަރު ވިދާޅުވީ، ބިލު ހުށަހެޅި ދުވަހު ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ވެސް އިޒްރޭލް މީހުން ރާއްޖެ އެތެރެވުން މަނާ ކުރުމަށްޓަކައި ގާނޫނު އިސްލާހު ކުރުމަށް ނިންމާފައިވާކަން ސަރުކާރުން އިއުލާން ކޮށްފައިވާ ކަމަށެވެ.

އެހެންނަމަވެސް އެކަމަށް އަމަލީ ސިފައެއް ގެންނަން ސަރުކާރުން އެއްވެސް މަސައްކަތެއްކޮށްފައެއް ނުވާ ކަމަށާ، ބިލުގެ މަސައްކަތް ކުރިއަށް ނުގޮސް ކޮމެޓީގައި އޮންނަތާ ހަތަރު މަހަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަން ފާހަގަކުރެއްވިއެވެ.

މިއާއެކު އެ ގަރާރުގައި މެންބަރު ވިދާޅުވީ، ސަރުކާރުގެ އަގުލަބިއްޔަތު ހިނގަމުން މިދާ މަޖިލީހަށް ލިބިފައިވާ ކަމަށާ، އަދި ސަރުކާރުން އެ ހިނދަކަށް ބޭނުންވާ ކަމެއް ބޭނުންވާ ގޮތަށް މަޖިލީހުގެ ތެރެއިން ނިންމަމުން ގެންދާ ކަމަށެވެ.

އެގޮތުން ދައުރުން ބޭރުން ޖަލްސާތައް ބާއްވައިގެން ވެސް ބައެއް ބިލުތައް ފާސްކޮށްފައިވާކަން ފާހަގަކުރެއްވިއެވެ.

"މުޅި އިސްލާމީ އުއްމަތަށް އިސްރާއީލުން ޖައްސަމުން މިދާ ގިލަންވެރިކަމާއި އާފާތް ކުށްވެރިކޮށް އަޅުގަނޑުމެން އެކަމާއި ކަނޑައެޅިގެން ދެކޮޅުވެރިކަން ހާމަކޮށްދިނުމަށްޓައި ކޮންމެހެން ކުރަން ޖެހޭ ކަމެއްގެ ގޮތުން އިޒްރޭލު ޕާސްޕޯޓް މިހާރުން މިހާރަށް މަނާކުރުމަށްޓަކައި ގާނޫނު ނަމްބަރު 1/2007 (ދިވެހިރާއްޖޭގެ އިމިގްރޭޝަން ގާނޫނު)އަށް އިސްލާހު ގެނައުމަށް ހުށަހަޅައިފައިވާ ބިލު އަވަހަށް ފާސްކުރުމަށް ބާރުއަޅައިދިނުމަށް ސަރުކާރަށް ގޮވައިލުމަށްޓަކައި މި ގަރާރު ހުށަހެޅީމެވެ،" މުހައްމަދު އިބްރާހީމްގެ ގަރާރުގައި ވިދާޅުވެފައިވެއެވެ.

ހައްދުފަހަނައަޅާފައިވާ އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ޤަތުލު ޢާއްމަށް 400އަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، އެކަމާއި ގުޅިގެން އިޒްރޭލު ޕާސްޕޯޓް މަނާކުރުމަށް ގޮވާލާ އެމްޑީޕީގެ ފަރާތުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ބިލު ހުށަހެޅުއްވީ މީގެ ފަސް މަސް ކުރިން ޖޫން މަހު 10ގަ އެވެ.

އެފަހުން އެ ބިލުގެ މަސައްކަތް ކުރިއަށް ނުގޮސް ސަލާމަތީ ހިދުމަތްތަކާ ބެހޭ 241 ކޮމިޓީގައި އޮތް އިރު، އެ ކޮމިޓީން ވަނީ އެ ބިލުގެ ދިރާސާއަށް ފުރަތަމަ ކޮމެޓީ ބައްދަލުވުން މިއަދު ހެނދުނު 9:30 އަށް ތާވަލްކޮށްފަ އެވެ. 

އިޒްރޭލު ޕާސްޕޯޓް މަނާ ކުރުމަށް ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ވެސް އޭރުގެ އިދިކޮޅުން ގޮވާލިއެވެ. ނަމަވެސް، އޭރު އެ ސަރުކާރާއި އެމްޑީޕީ މެޖޯރިޓީ އޮތް މަޖިލީހުން އެ މައްސަލާގައި އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ޕީއެންސީގެ ނައިބުރައީސްކަމުގެ މަގާމަށް ނިމާލް
06 Aug 2026
ގެސްޓުހައުސްތަކަށް ސްކޭމް ހުއްޓުވުމުގެ ހަރަކާތެއް
ބ. މާޅޮހުގައި، ގެސްޓުހައުސް ހިންގާ ފަރާތްތައް އޮޅުވާލުމުގެ އެކި އުކުޅުތަކުން ރައްކާތެރިކުރުމުގެ ގޮތުން އެ ރަށުގެ ފުލުހުން މައުލޫމާތު ދިނުމުގެ ޚާއްޞަ ހަރަކާތެއް ހިންގައިފިއެވެ.
06 Aug 2026
އިންޖިނިއަރުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެ ދާއިރާގައި ޝާމިލުވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ "އިންޖިނިއަރސް އެވޯޑު 2026" އަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.
06 Aug 2026
ރައީސްގެ ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި
ސިޑްސް-އެސް.އޭ.އައި ސިމްޕޯޒިއަމް އަދި އައި.ޑީ.އައި ގްލޯބަލް ސަމިޓުގައި ބައިވެރިވެވަޑައިގެން ރައީސް ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންފި. ދަތުރުފުޅުގައި ވޮލީ ކޯޓު ހުޅުއްވައިދެއްވުމާއި ގަސް އިންދުމުގެ ޙަރަކާތުގައި ވެސް ބައިވެރިވެވަޑައިގެންނެވި.
06 Aug 2026
ތައިލެންޑުގައި, ފުޓުބޯޅަ ކުޅެން ހުރި ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައިފި
ތައިލެންޑުގެ ދެކުނުގެ ސަރަހައްދެއްގައި ފުޓްބޯޅަ މެޗެއް ކުޅެމުން ދަނިކޮށް ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައި، އެ ކުޅުންތެރިޔާ މަރުވެ، އިތުރު 12 ކުޅުންތެރިއަކަށް އަނިޔާވެއްޖެއެވެ.
06 Aug 2026
ގެއްލުނު މީހުން ހޯދަން ޑްރޯން އާއި މޯލްޑިވިއަންގެ ފްލައިޓެއް ބޭނުންކުރަން ފަށައިފި
މި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕިއެވެ. އެމްއެންޑީއެފް އިން މައުލޫމާތު ދޭ ގޮތުގައި، މި މީހުން ހޯދުމުގެ މަސައްކަތް މިހާރު ވަނީ ވައިގެ މަގުންނާއި ކަނޑުމަގުން އިތުރަށް ފުޅާކޮށްފައެވެ.
06 Aug 2026
ފީފާގެ ރައީސް އިންފަންޓީނާ ވަގުތުން އިސްތިއުފާ ދޭންޖެހޭ: ލުއިސް ފީގޯ
ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މަގާމުން އިސްތިއުފާ ދެއްވުމަށް ފުޓުބޯޅަ ލެޖެންޑް ލުއިސް ފީގޯ ގޮވާލައިފިއެވެ. ޕޯޗުގަލްގެ ކުރީގެ ތަރި މިކަމަށް ގޮވާލާފައިވަނީ ފީފާގެ ރައީސްގެ އިތުބާރު ގެއްލިފައިވާކަމަށް ބުނެ ނެރުނު ބަޔާނެއްގައެވެ.
06 Aug 2026
ހަމަލާދީފިނަމަ ގަލްފުގެ ގައުމުތަކަށް ހަމަލާދޭނެކަމުގެ އިންޒާރު އިރާނުން ދީފި
އެމެރިކާއިން އިރާނުގެ ބިމަށް އަމާޒުކޮށް އާ ހަމަލާތަކެއް ދީފިނަމަ، މުޅި ގަލްފު ސަރަހައްދުގެ ހަކަތައާ ބެހޭ މުހިންމު ވަސީލަތްތަކަށް ރައްދު ހަމަލާދޭނެ ކަމުގެ ހަރުކަށި އިންޒާރު އިރާނުން ދީފިއެވެ.