މޯލްޑިވްސް އިމިގްރޭޝަން
29 Apr 2026
މިއަދުން ފެށިގެން ދިވެހީންނަށް ވިސާއަކާއި ނުލައި އަޒަރުބައިޖާނުގައި 90 ދުވަހަށް ހުރެވޭނެ
ކުރިން އޮތް އެއްބަސްވުމުގެ ދަށުން، އަޒަރުބައިޖާނުގައި ވިސާއަކާއި ނުލައި ހުރެވޭނީ ހަމައެކަނި ދެވެހި އޮފިޝަލް ނުވަތަ ޑިޕްލޮމެޓިކް ޕާސްޕޯޓް ހުންނަ ފަރާތްތަކަށެވެ. ނަމަވެސް، މި އާ އުސޫލުގެ ދަށުން ދިވެހި ޕާސްޕޯޓު އޮންނަ ކޮންމެ މީހަކަށްވެސް އަޒަރުބައިޖާނަށް އެތެރެވާ ތާރީޚުން ފެށިގެން 90 ދުވަހުގެ މުއްދަތަށް އެ ގައުމުގައި މަޑުކުރެވޭނެއެވެ.
02 Mar 2026
ފްލައިޓް ކެންސަލް ވެގެން ނުފުރުނު ފަތުރުވެރިންގެ ވިސާ އިތުރުކޮށްދެނީ
މެދުއިރުމަތީގެ ފްލައިޓްތައް ކެންސަލް ވުމުގެ ސަބަބުން ރާއްޖޭގައި ވަރަށް ގިނަ އަދަދެއްގެ ފަތުރުވެރިން މިހާރުވެސް ނުފުރިފައި އެބަތިބި
12 Feb 2026
95 ބިދޭސީއެއް ބަލައިފާސްކޮށް، ގަވާއިދާ ހިލާފު 10 މީހުން ހައްޔަރުކޮށްފި
ހުޅުމާލެ ފޭސް 2 ގެ ހިޔާ ފްލެޓު ސަރަހައްދުގައި ހިންގި އޮޕަރޭޝަނެއްގައި 10 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
10 Feb 2026
ތިން ދައުވާއަށް އެއްބަސްވުމުން އިބްރާހިމަށް 11 މަހުގެ ޖަލު ހުކުމެއް, ތިންލައްކައިގެ ޖޫރިމަނާއެއް
މީގެ އިތުރުން ބިދޭސީ މީހާއަށް ލިބުނު ގެއްލުމަށް 50,000ރ ދިނުމަށާއި އިތުރު 3,500 ޑޮލަރު ދިނުމަށް ވަނީ އަމުރުކޮށްފަ އެވެ.
29 Jan 2026
ހުއްދަނެތި ވިޔަފާރި އުސޫލުން ރޮށި ފިހެ ވިއްކަމުންދިޔަ ތަނެއް ބަންދުކޮށްފި
އެއްވެސް ހުއްދައެއް ނެތި ވިޔަފާރި އުސޫލުން ރޮށި ފިހެ ވިއްކަމުންދިޔަ ތަނަކާއި، ގަވާއިދާ ހިލާފަށް ހިންގަމުންދިޔަ ފިހާރައެއް ބަންދުކޮށް ޖުމްލަ 15 ބިދޭސީއަކު ކަމާބެހޭ އިދާރާތަކުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
20 Jan 2026
ދެކުނު އޭޝިޔާގެ އެންމެ ވަރުގަދައީ އަދިވެސް ރާއްޖޭގެ ޕާސްޕޯޓު
ސައުތް އޭޝިޔާ ސަރަހައްދުގައި އެންމެ ބާރުގަދަ ޕާސްޕޯޓުގެ މަގާމު ދިވެހިރާއްޖެއިން ދަމަހައްޓައިފި އެވެ. މިއީ ރާއްޖެއިން މި މަގާމު ހޯދި ހަތްވަނަ ފަހަރެވެ.
14 Jan 2026
ޤަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ތަންތަން ބަލައިފާސްކޮށް 3 މީހަކު ހައްޔަރުކޮށްފި
ގަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރިކުރާ ތަންތަން ބަލައިފާސްކުރުމަށް މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލޮޕްމަންޓާއި ޓާސްކްފޯސްއިން ކުރިއަށް ގެންދާ އޮޕަރޭޝަނުގައި 3 މީހުން ހައްޔަރުކޮށްފިއެވެ.
13 Jan 2026
އެކަމަޑޭޝަން ބްލޮކަކުން ގަވާއިދާ ޚިލާފު 03 ބިދޭސީއަކު ހައްޔަރުކޮށްފި
މާލޭގެ ގުލާބީ މަގުގައި ހުންނަ އެކަމަޑޭޝަން ބްލޮކެއް ބަލައި ފާސްކޮށް، ގަވާއިދާ ޚިލާފަށް އުޅެމުންދިއަ 03 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.